ޓީ ޖެޓީ ރެސްޓޯރެންޓުން ޕްރޮމޯޝަނުގެ ނަސީބުވެރިންނާ އެކު ތަނުގެ އިސް ވެރިން
27 ޖޫން 2019 - 14:44
ފުޑް ކޯޓުގައި ހުންނަ ޓީ ޖެޓީ ރެސްޓޯރެންޓުން ރޯދަމާއި ފިތުރު އީދާ ދިމާކޮށް ކުރިއަށްގެންދިޔަ ޕްރޮމޯޝަނުގެ ނަސީބުވެރިން ހޮވައިފި އެވެ.
ޓީ ޖެޓީ ރެސްޓޯރުންޓްގެ ރޯދަމަހުގެ ޕްރޮމޯޝަނަށް ހުށަހެޅި އުމްރާ ދަތުރު ލިބުނީ ކ. ކާށިދުއަށް ނިސްބަތްވާ އާމިނަތު އިސްމާއީލް އަށެވެ. ފިތުރު އީދާ ދިމާކޮށް ހުޅުވި ޕްރޮމޯޝަންގެ ނަސީބުވެރިޔަކީ ހއ. ހޯރަފުށީ ޝަޒިއްޔާ ނަސީރެވެ. އޭނާއަށް ވަނީ ބީއެމްއެލްގެ 2،000 ރުފިޔާގެ ގިފްޓު ކާޑެއް ލިބިފަ އެވެ.
ޓީ ޖެޓީ ރެސްޓޯރެންޓުގެ އުމްރާ ދަތުރުގެ ނަސީބުވެރިޔާ އައިމިނަތު (ކ) އަށް އިނާމު ހަވާލުކުރަނީ
ޓީ ޖެޓީ ރެސްޓޯރުންޓުގެ ވެރިޔާ އަބްދުﷲ ވަހީދު (ވައްޑެ) ވިދާޅުވީ ޕްރޮމޯޝަންތަކަށް ގިނަ ބައެއްގެ ތަރުހީބު ލިބުނު ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ އިތުރު ޕްރޮމޯޝަންތައް އެ ރެސްޓޯރެންޓުން ކުރިއަށްގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ޓީ ޖެޓީ ރެސްޓޯރެންޓް ހިންގަނީ ފުޑް ކޯޓުގެ 19 ނަންބަރު ގޮޅީގަ އެވެ. މިއީ އާންމުންގެ މަގުބޫލުކަން ބޮޑު ރެސްޓޯރެންޓެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުފާވެރި
30 June 2019
އައިންތު ދައްތަ އަކީ ކާށިދޫގައި ދިރިއުޅޭ ފަރާތެއް. މާލެ އައީ ޑޮކްޓަރަށް ދައްކާލަން. ދަރިފުޅުބުނެގެން ޓީ.ޖެޓީ އަށް ދިޔައީ އެންމެ ދުވަހަކު. އައިންތު ދައްތަ ހުރީ ވަރަށް އުފަލުން އެންމެ ކޫޕަނެއް ލައިގެން މި ފުރުޞަތު ލިބުމުން. މާތް ﷲ ގެ އިރާދަފުޅާއިއެކު މި އަހަރު ޑިސެމްބަރު މަހު ފިރިމީހާ އާ އެކު ޢުމްރާ ދަތުރު ދިއުމަށް ދައްތަ ހުރީ ތައްޔާރުވެގެން. ޝުކުރިއްޔާ ޓީ ޖެޓީ ރެސްޓޯރަންޓުގެ ވެރިފަރާތަށް. ތިބާގެ ވިޔަފާރީގައި ﷲ ރަޙްމަތުން ބަރަކާތް ލައްވާށި. އާމީން
ކާށިދޫގެ ކޭބަލްކާރު
27 June 2019
ހޯރަ ނަމުގަ ކޮމެންޓް ކޮށްފަ އިން ފަރާތް އަދި އެއްފަހަރު އާޓިކަލް ކިޔާފަ ކޮމެންޓް ކުރަން ފެނޭ. ކާށިދޫ އަށް ނިސްބަތްވާ ފަރާތެކޭ އާޓިކަލްގަ އެބަ އޮތެެއްނު.
ހޯރަ
27 June 2019
ހޯރަފުށީ ކުއްޖަކު ހިންގާ ކެފޭގެ ނަސީބު މި ދިމާވީވެސް ހޯރަފުށީ ކުއްޖަކަށް. ކޮންކަހަލަ އިންތިފާގެއްބާ
މާހޯރަ.
27 June 2019
ބޮޑު އިނާމަ އުމްރާ ދަތުރު ލިބުނީ ކާށިދޫ ބޭފުޅަކަށް.. ހަބަރުގެ އެއްބައި ކިޔާފަ ތި ކޮމެންޓު ކުރަނީ..ދެން ރަށު މީހުން ހިންގާތަންތަނަށް ގިނައިން ވަންނާނީވެސް އެރަށެއްގެ މީހުން އެހެންވީމަ ކުޑަ ކުޑަ އިނާމެއް ނަމަވެސް ލައްވާލުމަކީ އެކަށޫގެންވާކަމެއް..
ތިއީ އިތިރުވުމެއް
27 June 2019
އުމްރާގެ ނަސީބުވެރިޔާ އައިމިނަތު އިސްމާއިލް ދުޅަހެޔޮ ސިއްހަތެއްގައި އެ އަޅުކަން ފުރިހަމަ ކުރުމުގެ ތައުފީޤު ދެއްވުމަށް ދުއާ ކުރަން. އަދި ތިކަމުގައި މެދުވެރި އެއްގެ ދައުރު އަދާ ކުރި ޓީޖެޓީ އަދި އެތަނުގެ ވެރި އަބްދުﷲ އަށާއި މުވައްޒަފުންނަށް މައްކާ އަދި މަދީނާގެ، މި މާތް ބިންތަކުގައި ހެޔޮ ދުއާ ކުރުމަަށް ނަސޭހަތްތެރިވަން.
ކީޕް އިޓް އަޕް
27 June 2019
މަށަކީ ވަރަށް ކްރިޓިސައިޒް ކުރާ މީހެއް. ކަސްޓަމަރެއްގެ ހައިސިއްޔަތުން ދޭ ކޮމެންޓް ތައް ބަލައިގަންނަ ވެރިޔެއް ހިންގާ ތަނެއްތީ. މުވައްޒަފުންނަށްވެސް ބޮސް ވަރަށް ރަނގަޅު ކަމަށް ވަނީ
ވާއު
27 June 2019
ދެން ކޮން އިރަކުންތޯ މިކަހަލަ ކަމެއް އޮތީ؟
އަހަންނަށްވެސް ލިބުނު ނަމަ
27 June 2019
ތިވިޔަފާރިގައި ބަރަކާތް ލައްވާށީ. އާމީން.
ނަސީބު
27 June 2019
މަރުހަބާ
މީރު
27 June 2019
ޓީޖެޓީ ފުޑް އިސް ދަ ބެސްޓް ހަމަ.. ވަރަށް ވަރަށް މީރު ޓީޖެޓީ ކާއެއްޗެހި.. އެތަނުގެ ވިޔަފާރީގަ މާތްﷲ ބަރަކާތް ލައްވާށި.. އާމީން..
މީރު
27 June 2019
ޓީ ޖެޓީ އަކީ ފުޑްކޯޓުގަ ހުންނަ އެންމެ ކާއެއްޗެހި މީރު ތަން. އަދި ސަރވިސް ވެސް ވަރަށް ރަނގަޅު. އަހަރެންނަކީ ވަރަށް ގިނައިން ޓީޖެޓީއަށް ދާމީހެއް. ބޮޑެތި ރެސްޓޯރެންޓް ތަކަށް ވުރެ މާ ރަނގަޅު މިތަން ވެސް. ޓީ ޖެޓީގެ ވިޔަފާރީގަ މާތްﷲ ބަރަކާތްލައްވާ އަދި ވިޔަފާރިން ލިބޭ މަންފާ އިތުރުކޮށް ދެއްވާންދޭވެ.. އާމީން..