މިދިޔަ މެއި މަހު ހުޅުމާލޭގައި ބެހެއްޓި ސޭފްޓީ ބޯޑުތައް ދައްކާލައި ޓޫރިސްޓް ސޭފްޓީ ޕްރޮގްރާމް އިފްތިތާހު ކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން-- ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ
08 ޖުލައި 2019 - 17:00
ޓޫރިސްޓުންގެ ސަލާމަތީ ކަންކަން ކަށަވަރު ކުރުމަށް ރާއްޖޭގެ 19 ރަށެއްގައި 43 ސޭފްޓީ ބޯޑު ބަހައްޓަން ހަވާލުކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
މިއީ ރާއްޖެ އަންނަ ޓޫރިސްޓުންގެ ސަލަމަތީ ކަންތައްތައް ހަރުދަނާ ކުރުމަށް ފެށި ސޭފްޓި ޕްރޮގްރާމުގެ ދަށުން ޓޫރިޒަމް މިނިސްޓްރީ އާއި ސަރުކާރާ ގުޅިގެން ބަހައްޓާ ބޯޑުތަކެކެވެ. އެންމެ ފުރަތަމަ މި ބޯޑުތައް ބަހައްޓާފައި ވަނީ ހުޅުމާލޭގަ އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ސޭފްޓީ ބޯޑުތައް ބަހައްޓަން އިސްކަން ދީފައިވަނީ 100 އަށް ވުރެ ގިނަ އެނދު ހުންނަ ރަށްތަކަށް އިސްކަން ދޭ އުސޫލުން ކަމަށެވެ. ކުރިއަށް އޮތް 45 ދުވަސް ތެރޭގައި މި ބޯޑުތައް ބަހައްޓާ ނިމޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
"މިނިސްޓްރީ އާއި ލިކަމެކްއާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން 45 ދުވަސް ތެރޭގައި މި މަސައްކަތް ނިންމަން ޖެހޭނެ. މިގޮތުން އަޅުގަނޑުމެންގެ މިނިސްޓްރީން މިހާރު ވަނީ ބޯޑުތައް ބަހައްޓާނެ ރަށްތައް ނިންމާފައި. އެގޮތުން އަޅުގަނޑުމެން ބެލީ 100 އެނދަށް ވުރެ ގިނަ އެނދު ހުންނަ ރަށްތަކަށް އިސްކަން ދިނުމަށް،" އަލީ ވަހީދު ވިދާޅުވި އެވެ.
- ބ. ދަރަވަންދޫ
- އއ. އުކުޅަސް
- އއ. ރަސްދޫ
- އއ. ތޮއްޑޫ
- ތ. ދިގުރަށް
- އދ. ހަންޏާމީދޫ
- ކ. ދިއްފުށި
- ކ. ގުޅި
- ކ. ގުރައިދޫ
- ކ. ތުލުސްދޫ
- ކ. މާފުށި
- ކ. ހިންމަފުށި
- ކ. ހުރާ
- ވ. ތިނަދޫ
- ލ. ގަން
- އައްޑޫ ސިޓީ ހިތަދޫ
މި ރަށްތަކުގައި ސޭފްޓީ ބޯޑުތައް ބަހައްޓަނީ ޓޫރިޒަމް މިނިސްޓްރީ އާއި ލިކަމެކް ޕްރައިވެޓް ލިމިޓެޑާއި ގުޅިގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަރުބަތު
08 July 2019
މިދައުރުގަ އެލިބުނީ ބޯޑެއް. އަންނަ ދައުރުގަ މޮހޮރުކޮޅެއް.
ބިސްބެ
08 July 2019
ދިވެހި ، އިގިރޭސި ، ބަގަލާ ބަހުން - ކަރުކެހިފަ މަގު މައްޗައް ކުޅު ނުޖަހާތި! މިހެންވެސް ލިޔެދޭށެވެ.
ސަންޕަ އަހަންމަދު
08 July 2019
ހާދަ ވަރުގަދަ ޕުރޮޖެކްޓެކޭ މިހިންގާލީ.
ބުއްޅަބޭ
08 July 2019
މި ހާދަ ފައްކާ ކަމަކަށް ވާނެތާއެވެ....... މި ބޯޑްތައް ބެހެއްޓުމުން ސޭފްވީއެވެ........ދެން ނައިފަރު ބަޔަކަށް ތި ބޯޑްތައް ހަދަން ދޭންވީނު ހެއްޔެވެ. އެމީހުން ކައިރީ މީ "ސާފް ބޯޑް" ތަކެކޭ ބުނެފިއްޔާ ކަލޭމެން ތި ބޭނުންވާ ގޮތަށް އެމީހުން ހަދާއިރު "ސޭފް ބޯޑް" ތަކަކަށް ބަދަލު ވާނެ ތޯއްޗެކެވެ........
ޢަފިރިން
08 July 2019
ގަލޮޅު ރަތްޔިތުންނައް ހިދުމަތް ކޮއްދޭނަމޭ ކިޔާފައި މަގާމު ހޯދީ.. އެކަމަކު ޕާޓީ ހިންގުމާއި ސަރުކާރު އެކި އެކި ދާއިރާ ތަކަށް ބޯކޮއްޕާލައިގެން އަމިއްލަ މަންފާއައް އުޅޭތަން މި ފެންނަނީ.. ދައްކާ ވާހަކަޔާ އަމަލަކާ ދިމާނުވާ