ރާއްޖޭގައި ހިންގާ ރިސޯޓެއް: ސަރުކާރުން ދަނީ ޓޫރިޒަމް ދާއިރާ އިންސްޕެކްޓް ކުރަމުން--
08 ޖުލައި 2019 - 18:33
ޓޫރިޒަމް ދާއިރާގެ ކަންކަން އިސްލާހު ކުރުމަށް ކުރިއަށް ގެންދާ އިސްޕެކްޝަން އަންނަ ސެޕްޓެމްބަރު މަހު ނިމޭނެ ކަމަށް ޓޫރިޒަމް މިިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވީ މިހާތަނަށް 10 އަތޮޅެއްގެ އިންސްޕެކްޝަން ނިމިފައިވާ ކަމަށެވެ. މީގެ ތެރޭގައި 37 ރިސޯޓާއި ތިން ޓޫރިސްޓް ހޮޓަލާއި 121 ގެސްޓްހައުސްގެ އިތުރުން 47 ޑައިވް ސެންޓަރާއި ޔޮޓް މެރީނާއެއް ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މި އިންސްޕެކްޝަނަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިރުޝާދުގެ ދަށުން ޓޫރިޒަމް މިނިސްޓްރީ އާއި ފުލުހުންނާއި ސިފައިން ކުރިއަށް ގެންދާ އިންސްޕެކްޝަނެކެވެ.
މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މި އިންސްޕެކްޝަނުގެ ތެރެއިން ޓުރިޒަމް ދާއިރާގެ މުވައްޒަފުންނަށް ގާނޫނީ ގޮތުން ލިބިދޭން ޖެހޭ ހުރިހާ ހައްގުތަކެއް ކަށަވަރުވެފައިވޭތޯ އާއި ޓޫރިސްޓުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ބަލަމުން ދާކަމަށެވެ.
"އަޅުގަނޑުމެން މި އިންސްޕެކްޝަނުގައި މި ބަލަނީ މުވައްޒަފުންނަށް ލިބެން ހުރި ހިދުމަތްތަކާއި ވަޒީފާ އާއި ބެހޭ ގާނޫނުގެ ދަށުން މުވައްޒަފުންނަށް ލިބިދެވޭ ހައްގުތަކާއި ސާވިސް ޗާޖް އަދި ދިވެހި މުވައްޒަފުން ތިބި މިންވަރު. މީގެ އިތުރުން ޓޫރިސްޓުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅާފައިވާ ފިޔަވަޅުތަކާއި އަލިފާނުގެ ހާދިސާއަކުން ސަލާމަތްވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ވެސް އަޅުގަނޑުމެން އެބަ ބަލަން،" މިނިސްޓަރު އަލީ ވަހީދު ވިދާޅުވި އެވެ.
މީގެ އިތުރުން އަންނަ ސެޕްޓެމްބަރު މަހު މި އިންސްޕެކްޝަންތައް ނިމުމުން އެ މިނިސްޓްރީގެ "މިނިމަމް ރިކުއަޔަމަންޓް އެޕްރޫވަލް" ސްޓިކާ ކޮންމެ ޓޫރިސްޓް ފެސިލިޓީއަކަށް ދޭނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ކޮންމެ އަހަރަކު އިތުރު އިންސްޕެކްޝަނެއް ކުރުމަށް ފަހު ސްޓިކާ ބަދަލު ކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ކުރީ ސަރުކާރުން ޓޫރިޒަމް ދާއިރާ ކުރިއެރުވުމުގެ ބަދަލުގައި މަސައްކަތް ކުރީ ރަށްތައް ވިއްކަން ކަމަށާއި މިހާރު މިއޮތް ހާލަތަށް މި ދާއިރާ ވެއްޓުނީ އޭގެ ސަބަބުން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނެވިމީހާ
09 July 2019
ގޮސް ދެތިން ރެސްޓޯރަންޓުން ސައި ބޯލާފައި މަސްދަތުރުގަ ގޮސްފަ އަދި ސްޕާއިން މަސާޖެއް ހޯދާގެން ދަނީމަ ރަނގަޅު ކުރާނެ އެއްވެސް ކަމެއް ނޯންނާނެ! ހަމަ ނަމެއްގަ ކުރާކަމެއް.
ފަގީރުކޮއި
08 July 2019
ކިހިނެެއްތޯ ބައްލަވަނީ ރިިސޯޯޓަށް އެރުމާއިއެކު އެންމެ އަގުބޮނޑު ކޮޓަރީގަ ތިއްބަވަނީ ދެދުވަހު ތިއްބެވުމަށްފަހު ޖެހިހެން އަންނަދުވަހު ފުރާގެންދަނީ މުއައްޒަފަކާއި ސްވާލެއްނުކުރޭ ކިހިނެއް ކަންތައްތައް އެގޭނީ މިހާރުވެސް ވިލާގެ ރިސޯޓްތަކުގައި %80 މީހުންނަކީ ބޭރުމީހުން މިކަން އައްުައަށް ބެލޭނެބާ؟؟؟ ހިއްވަރު އެބަހުތިތަ؟؟
ޅައްކަ ވަރުބަލި ވެފައިވާ ޒުވާނާ
08 July 2019
ޥަރަށް ގިން ރިސޯޓްތަކަށް ވަޒީފާއަށް ހުށަހެޅިއްޖެ. 4 ފަސް އަހަރު އެކްސްޕީރިއަންސް މައްސަލައަކީ. ޚިހިނެއްމިކަން ހައްލު ވާންއޮތީ.
ރިސޯރޓްބަލާށޭ
08 July 2019
ޓޫރިޒަމް ދާއިރާގެ އިންސްޕެކްޝަން ސެޕްޓެމްބަރުގައި ނިމޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ވިދާޅުވިނަމަވެސް މިހާރުވެސް ޓޫރިޒަމް މިނިސްޓްރީން ސާރކިއުލަރސް ތައް ރިސޯރޓްސް ތަކަށް ފޮނުވި ނަމަވެސް ޓޫރިޒަމް މިނިސްޓްރީން ރިސޯރޓްގެ މަގާމް ތަކުގައި ދިވެހިންނަށް ވަޒީފާ ނުދީ ގަވާއިދާއި ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ނަށް ވަޒީފާ ދީގެން އެމެން މެދުވެރިިކޮށް ގެސްޓުންނަށް ޚިދްމަތް ދޭން ރިސޯރޓްސް ހިންގާ ފަރާތުން ނިންމުން މިހާރު ރާ އަތޮޅު މަޑުއްވަރީ ކުރިމަތީ އޮތް
ސަންޕަ އަހަންމަދު
08 July 2019
ދިވެހިންގެ ވަޒީފަށް ދިވެހިންނަށް! އިތުރު އެއްޗެއް ބުނާކަށްނެތީމު.