މޯލްޑިވް ގޭހުން ކާލްޓަން ބްރޭންޑުގެ އުފެއްދުންތައް ރާއްޖެ އަށް

މޯލްޑިވް ގޭހުން ރާއްޖޭގެ މާކެޓަށް ކާލްޓަން ބްރޭންޑްގެ ރެފްރިޖެރެންޓް ގޭހުގެ ބާވަތްތައް ތައާރަފްކޮށްފި އެވެ،


މިއަދު ހަވީރު އެސްޓީއޯ ޓްރޭޑް ސެންޓަރުގައި އޮތް ހަފްލާގައި ކާލްޓަން ބްރޭންޑުގެ ހަ ބާވަތެއް ވަނީ މާކެޓަށް ނެރެފަ އެވެ. އެގޮތުން ހައުސް ހޯލްޑްތަކުގައި ބޭނުންކުރާ އެއާކޮންޑިޝަނަރަށް ހާއްސަ ގޭހާއި ކުދި ފިހާރަތަކަށް ބޭނުންވާ ކޫލަރު ފަދަ ސާމާނަށް ބޭނުންވާ ގޭހާއި ގެސްޓް ހައުސް ނުވަތަ ރިސޯޓުތަކުގައި ތަކެތި ފިނިކޮށް ބެހެއްޓުމަށް ބޭނުންވާ ގޭހުގެ އިތުރުން މަހުގެ ބާވަތްތައް ރައްކާކުރާ ކޯލްޑް ސްޓޯރޭޖުތަކުގައި ބޭނުންވާ ގޭސް ވަނީ ތައާރަފްކޮށްފަ އެވެ.

އެ ކުންފުނީގެ މާކެޓިން އެންޑް ބިޒްބަސް ޑިވެލޮޕްމެންޓް މެނޭޖަރު އައިމިނަތު މުހައްމަދު ސައީދު ވިދާޅުވީ، މި އުފެއްދުން ރާއްޖެ އަށް ތައާރަފްކޮށްފައި ވަނީ މި ދާއިރާގެ ތަޖުރިބާކާރުންނާއި މަޝްވަރާ ކުރެވި ފުރިހަމަ މާކެޓް ރިސާޗަކަށް ފަހު ކަމަށެވެ. މިއީ މިފަދަ ގޭހުގެ ބާވަތްތައް އެންމެ ރަނގަޅު އެއް ބްރޭންޑް ކަމަށް އޭނާ ވިދާޅުވި އެވެ.

މޯލްޑިވް ގޭހުން ރާއްޖެ އަށް ރެފްރިޖެރެންޓް ގޭސް ތައާރަފްކުރީ 2016 ވަނަ އަހަރު އެވެ.

މި ތަކެތި ހެޔޮ އަގުގައި މޯލްޑިވް ގޭހުގެ ފިހާރަތަކުން ލިބިގެންދާނެ އެވެ.