ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މީޑިއާތަކަށް މައުލޫމާތު ދެއްވަނީ-- ފޮޓޯ:ނިޝާން އަލީ/މިހާރު
22 ޖުލައި 2019 - 13:44
ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ލިސްޓުގެ ދެ ވަނަ އަށް އިންޑިއާ އަރާފައި ވާއިރު އެ ގައުމުން އަންނަ ޓޫރިސްޓުންގެ އަދަދު މި އަހަރުގެ ނިޔަލަށް ދެ ގުނަ އިތުރުވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.
ނޫސްވެރިންގެ ބައްދަލުވުމެއްގައި އަލީ ވަހީދު ވިދާޅުވީ، ޓޫރިސްޓުން އަންނަ މިންވަރު އިތުރުވަނީ ރާއްޖޭގެ މާހައުލު އަމާން ވުމުން ކަމަށެވެ.
މިއީ ދެވަނަ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމުގެ ގޮތުގައި އިންޑިއާ ހިމެނުނު ފުރަތަމަ ފަހަރެވެ.
"ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެ، ކިލަނބުވެރިކަމުގައި މި އޮތް ކަންކަން ކާމްވޭ. އަޅުގަނޑުދެކޭ ގޮތުގައި މިހާރަކު ނުފެނޭ ރާއްޖޭގެ މަގުތަކުގައި ހަލަބޮލިކަމެއް،" އޭނާ ވިދާޅުވި އެވެ.
އަލީ ވަހީދު ވިދާޅުވީ، ރާއްޖެއާ އިންޑިއާއާ ދެމެދު ޒަމާނުއްސުރެ އޮތް ގުޅުން އިތުރަށް ބަދަހިވަމުން އަންނަ ކަމަށެވެ. މިއަހަރުގެ ފަހުކޮޅު އިންޑިއާގެ ޓޫރިޒަމް މިނިސްޓަރު ރާއްޖެ ވަޑައިގަތުމަށް ދައުވަތު ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި މި ދަތުރުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ އެވެ.
މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް އިންޑިއާ އިން ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ވަނީ 82،140 އަށް އަރައިފަ އެވެ. މިދިޔަ އަހަރު އިންޑިޔާއިން 90،474 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ.
ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އައި ގައުމު، ޗައިނާ އިން 140،263 ޓޫރިސްޓުން އައިސްފައިވެ އެވެ. ތިންވަނަ އަށް ޓޫރިސްޓުން އެންމެ ގިނައިން އައި އިޓަލީން 75،376 ޓޫރިސްޓުން އައެވެ. ހަތަރު ވަނަ އަށް އެންމެ ގިނައިން ޖަރުމަނުވިލާތުން އައި އިރު ފަސް ވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އައީ އިނގިރޭސިވިލާތުންނެވެ.
މިއަހަރުގެ މިހާތަނަށް ރާއްޖެ އަށް 862،589 ޓޫރިސްޓުން އައިސްފައިވާ އިރު މިއީ މިދިޔަ އަހަރާ އަޅާބަލާ އިރު 18.7 ޕަސެންޓުގެ ކުރި އެރުމެކެވެ. މިއަހަރުގެ ޖޫން މަހު އެކަނި ވެސް 113،457 ޓޫރިސްޓުން ޒިޔާރަތްކުރި އެވެ. މިއީ މިިދިޔަ އަހަރުގެ ޖޫން މަހާ އަޅާބަލާ އިރު 21 ޕަސެންޓުގެ އިތުރުވުމެކެވެ.
ޖޫން މަހުގެ ނިޔަލަށް ޓޫރިސްޓް އެނދު ބޭނުންކުރި މިންވަރު 66 ޕަސެންޓުގައި ހުރި އިރު މި މުއްދަތުގައި ޓޫރިސްޓުން އެވްރެޖްކޮށް ރާއްޖޭގައި ހަ ދުވަސް ހޭދަކޮށްފައިވެ އެވެ.
އަލީ ވަހީދު ވިދާޅުވީ، ރާއްޖޭގެ ޓޫރިޒަމް ދާއިރާ އަށް ހެޔޮ ބަދަލެއް އަންނަމުންދާ އިރު އިންޑިއާގެ އެވޯޑް ހަފުލާތައް ވެސް ރާއްޖޭގައި ބޭއްވުމާ ގުޅޭ ގޮތުން މަޝްވަރާ ކުރަމުންދާ ކަމަށެވެ. ފިލްމްފެއާ ފަދަ އެވޯޑް ހަފުލާތައް ރާއްޖޭގައި ބޭއްވިއްޖެ ނަމަ ރާއްޖެ އިތުރަށް އިޝްތިހާރުވާނެ ކަމަށެވެ.
އިންޑިއާ އިން އަންނަ ޓޫރިސްޓުން އިތުރު ކުރުމަށްޓަކައި އިންޑިއާގެ ރަނގަޅު މާކެޓުތަކަށް އަމާޒުކުރަންޖެހޭ ކަމަށެވެ. އެގޮތުން އިންޑިއާގެ އެކި ސްޓޭޓްތަކުން ރާއްޖެ އަށް އަންނަ ފްލައިޓްތައް އިތުރުކުރުން މުހިއްމު ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނެތީމޭ
22 July 2019
އިންޑިއާ އިން އަންނަ ޓޫރިސްޓުން އިތުރުވެގެން ރާއްޖޭގެ ޓޫރިޒަމް ސްޕެޝަލީ ރިސޯރޓްސް ތަކާއި ގެސްޓް ހައުސް ތައް ނުހިނގާނެއޭ މިއޯވަރ ހެޑް ކޮސްޓް ކަވަރު ވެސް ނުވާނެއޭ އަލީ ވަހީދު މެން ތިޔާ ނޫން އެހެން ކަނޑުކޮހެއް ގޮވޭތޯ ބެލިއްޔާ މާރަނގަޅުވާނެއޭ މަމެން ބުނަން ނެތީމޭ...
ނުވާ
22 July 2019
އިންޑިއާ މީހުންނާ އެހެން ފަތުރުވެރިން ބިރުގެންނެވީ އަލީ ވަހީދުމެން ބޭރު ގައުމުތަކުގަ ތިބެގެން. ޓޫރިސްޓުންނަށް އެއްވެސް އިރެއްގައި މިތަނުގައި ނެތް ބިރުވެރިކަމެއް. ނެތްކަމެއް އޮތްކަން ދެއްކީ އަމިއްލަ އެދުމާ ހެދި ހޭބަލިވެފައިވާ ބަޔަކު. މިސަރުކާރު އައި ފަހުން ފަތުރުވެރިން ހާދިސާތަކުގައި މަރުވެފައިވާ އަދަދު އެއީ ބޭރު މީހުންނަށް އަންގާލައިފިނަމަ އެކަމުން ހީނަރުކަން އަންނާނެކަމެއް. އެކަމު އެކަހަލަ ނުލަފާ ކަންކުރަން މިހާރު އިދިކޮޅުގައި ތިބި މީހުން ނޫޅޭ.
ނަން
22 July 2019
އިންޑިއާއަކީ ޓުއަރިސްޓުންއަކީ ހިދުމަތްދޭ މީހުން ސުކުރު ކުރަންދަންނަށް ބައެއްނޫނެވެ. އެތަނުގައި އަގުހެޔޮ މަސަކަތު މީހުން ލިބޭތީ އެމީހުން މިތަނަށް ވެސް އަހިސް ހީކުރަނީ ހަމަ އެހެނެވެ. ޓިޕްސް އެއް ނުދޭތާ އަބަދު ކުރަނީ ސަކުވާއެވެ. ދެން އަގު ބޮޑުވާހަކައެވެ. ޔޫރަޕް މީހުން މިޔާ ހިލާފު ވާނެއެވެ. އެމީހުން ހިދުމަތް ދޭމީހުން ފާހަގަ ކޮއް އެމީހުން ނަށް ޓިޕްސްދީ ސުކުރު އަދާކުރެއެވެ.
ޓުކުރި
23 July 2019
އަދިވެސް ތިފެންނަނީ ޓްރިވެންޑްރަމްގެ ޗާލާ ބާޒާރު މަތި އެކަނި. ކޮންމެ ގައުމެއްގައިވެސް މުއްސަނދިން އަދި ފަގީރުން، ދީލަތި މީހުންނާއި ދަހި މީހުން އުޅޭ. އިންޑިއާގައިވެސް ފުދުންތެރި މީހުން ގިނަ.
ރޫހީ
22 July 2019
ފޯސީޒަންސް ލަނޑާ އަދި ކުޑަހުރާއަށް ކޮންމެ ހަފްތާއަކު އިންޑިއާ ސްޓާފުންގެ ކޮންޓެއިނާއެއް. ޖަޒީރާ އިންޑިއާ އަޅުވެތިކަމަށް މަރުހަބާ
އަލީ ރާޖާ
22 July 2019
ދަމުން ދަީ ރޫމަށް އެމިނިޓީގެ ގޮތުގަ ލާފަ ހުންނަ ސައިފަތާ ކޮފީއާ ލޯޝަނާ އެންޓި މޮސްކިޓީ ސްޕްރޭ ފުޅިއަށް ދާންދެން ދަބަހަށް ކަހާލައިގެން
އެމީހާގެ
23 July 2019
އެއީ ރޫމްގަ ހުންނަމީހާގެ ހައްގެއް.
Dhaadhey
22 July 2019
އަލީ ގައުމުތަކުން މީހުން ގެންނަވަރު ގިނަކުރުމެއްނޫން މުހިންމު ވެގެން މިއުޅެނީ. މިއުޅެނީ މިގައުމުގެ ވެރިކަމަށް އަރާތިބި ބަޔަކަށް ދުނިޔެ ދަސްނުވުމުން ލިބުނު، ލިބޭ، ލިބޭނެ ކަމަށް ބެލެވޭ ގެއްލުމުން ސަލާމަތްވާން ނޭގިގެން.
ބަބުރުލް ސަލީމް
22 July 2019
އިންޑިޔާމީހެއް އަތުން އެއްޗެއް ލިބޭނީ ހާދަވަރަކުންނޭ. މީ ރިސޯޓުތަކުގައި މަސައްކަތްކުރާމީހުންނަށް ހިތާމަހުރި ޚަބަރެއް.
ފަޅުތައްހިއްކައިގެންނޭ
22 July 2019
އިންޑިއާ ޓޫރިސްޓުންގެ އަދަދު ދެ ގުނަ ވާނެ ކަމަށް އަލީވަހީދު ބުނުން އެއީ އެއްވެސް ކޮންކްރީޓް ޕްރެޑިކްޝަންސް ތަކެއް ނޫނޭ ކޮބާތޭ އިންޑިއާ އިން އަންނަ ޓޫރިސްޓުންގެ އިންކްރީޒިންގް ރޭޝިއޯ އަކީ އެ ރޭޝިއޯ ނޫޅޭ ދޯ 1.003 ގަވެސް ދެން އެއީ އިންޑިއާ އިން މިދިޔަ ފަސް އަހަރުގައި އައި ގެސްޓުންގެ އިންކްރީޒިންގް ރޭޝިއޯ ކަމަށްވާނަމަ ރާއްޖޭގެ ރިސޯރޓްސް ތަކުގެ ފުލް ބޯރޑް ދުވާލަކު 50 ޑޮލަރަށް ނުވެއްޓޭނަމަ އިންޑިއާ އިން ގެސްޓުން ނާންނާނެއޭ އެކަންވާނީ މާލެ ސަރަހައްދު
ކަމެއްނޫނޭ
22 July 2019
އިންޑިއާ ޓޫރިސްޓުންގެ އަދަދު ދެ ގުނަ ވާނެ ކަމަށް އަލީވަހީދު ބުނާއިރު ތިޔާ އިން ގިނަ މީހުން ނަކީ އެއީ އުނގު ވިޔަފާރި ކުރަން ރާއްޖެ އަށް އަންނަ މީހުންނޭ އެއީ ރިސޯރޓްސް ތަކަށް ގެސްޓުންގެ ގޮތުގައި ދާ މީހުންނޫނޭ ތަމެން ދައްކަގަ ރިސޯރޓްގެ އޮކިއުޕެންސީގެ ކިތައް ޕަރސެންޓް ތޭ އިންޑިއާ މީހުން ކަވަރު ކުރީ އެންމެ ޕަރސެންޓެއް ވެސް ނެތޭ އިންޑިއާ ގެ ފަގީރު ކަމާއި އަޅާބަލާއިރު އިންޑިއާ މީހުން ރާއްޖޭގެ ރިސޯރޓްސް ތަކަށް ނާންނާނެއޭ ޗުއްޓީ ހޭދަ ކޮށްލަން އެއީވާނެ