މިދިޔަ މަހު އެންމެ ބޮޑު ސާވިސް ޗާޖެއް ދިނީ ވޮއްމުލި ރިސޯޓުން-- ފޮޓޯ: ސެއިންޓް ރެޖިސް ވޮއްމުލި
07 އޯގަސްޓް 2019 - 10:27
މިދިޔަ މަހު އެންމެ ބޮޑު ސާވިސް ޗާޖު ދިނީ ސެއިންޓް ރެޖިސް ވޮއްމުލި ރިސޯޓުންކަން ހާމަވެއްޖެ އެވެ.
ރާއްޖޭގެ ރިސޯޓުތަކުން ކޮންމެ މަހަކު ދޭ ސާވިސް ޗާޖް އާންމުކުރާ ވެބްސައިޓް "މޯލްޑިވްސް ސާވިސް ޗާޖް"ގައި ބުނެފައިވާ ގޮތުގައި ވޮއްމުލިން ވަނީ ސާވިސް ޗާޖުގެ ގޮތުގައި ބޮލަކަށް 725.57 ޑޮލަރު (11،188 ރުފިޔާ) ބަހައިފަ އެވެ. މިއީ ޖޫން މަހާ އަޅާ ބަލާއިރު 122.92 ޑޮލަރު (1،895 ރުފިޔާ) އިތުރު އަދަދެކެވެ.
ދެވަނަ އަށް އެންމެ ބޮޑު ސާވިސް ޗާޖެއް ދީފައިވަނީ ޖުމެއިރާ ވިޓަވެލި ރިސޯޓުންނެވެ. މިއީ މިދިޔަ ޖޫން މަހާ އަޅާބަލާއިރު ވަރަށް ބޮޑު ކުރިއެރުމެކެވެ. ޖޫން މަހު ބޮލަކަށް 540 ޑޮލަރު (8،326 ރުފިޔާ) ސާވިސް ޗާޖުގެ ގޮތުގައި ބަހާފައިވާއިރު މިދިޔަ މަހު ބަހާފައި ވަނީ ބޮލަކަށް ބޮލަކަށް 692.53 (10،678 ރުފިޔާ) އެވެ.
ޖޫން މަހާ އަޅާ ބަލާއިރު ދުސިތް ސާނީ މޯލްޑިވްސް އިން ވެސް ވަނީ ސާވިސް ޗާޖު އިތުރުކޮށްފަ އެވެ. އެ ރިސޯޓު ވަނީ މިދިޔަ މަހު އެންމެ ގިނައިން ސާވިސް ޗާޖް ދިން ރިސޯޓުތަކުގެ ލިސްޓުގެ ތިން ވަނަ އަށް އަރައިފަ އެވެ. މިދިޔަ މަހު އެ ރިސޯޓުން ވަނީ ބޮލަކަށް 690 ޑޮލަރު (10،639 ރުފިޔާ) ސާވިސް ޗާޖުގެ ގޮތުގައި ބަހައިފަ އެވެ.
ފާއިތުވި ދެ މަހު އެންމެ ބޮޑު ސާވިސް ޗާޖެއް ދިން ވެލާ ރިސޯޓުގެ މިދިޔަ މަހުގެ ސާވިސް ޗާޖު ވަނީ ދަށްވެފަ އެވެ. މިދިޔަ މަހުގެ ސާވިސް ޗާޖް ލިސްޓުގެ ހަ ވަނަ އަށް އެ ރިސޯޓު ވަނީ ވެއްޓިފަ އެވެ. ވެލާއިން މިދިޔަ މަހު ބަހާފައި ވަނީ މުވައްޒަފަކަށް 605.35 ޑޮލަރު (9،334 ރުފިޔާ) އެވެ. މިއީ ޖޫން މަހާ އަޅާ ބަލާއިރު 2،082 ރުފިޔާ ދަށް އަދަދެކެވެ.
މިހާރު ރާއްޖޭގައި 151 ރިސޯޓު އޮންނައިރު މިދިޔަ މަހުގެ ސާވިސް ޗާޖްގެ މައުލޫމާތު މޯލްޑިވްސް ސާވިސް ޗާޖް ވެބްސައިޓަށް ފޮނުވާފައި ވަނީ އެންމެ 54 ރިސޯޓުންނެވެ. މިއީ އެ ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ފަރާތުން "މޯލްޑިވްސް ސާވިސް ޗާޖް"އަށް ލިބޭ މައުލޫމާތުތަކެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަދީމް މަހޫ
08 August 2019
ދަތުރުފަތުރުގެ ރަށް :( ގަދަ އިގޭ ވާމިލިއަން ?
ޙަބީބު
08 August 2019
މަޖިލީހުން އެބަޖެހޭ ހުރިހާ ރިސޯޓެއްގެ ސާވިސްޗާޖުގެ މައުލޫމާތު ހުށައަޅަންޖެހޭގޮތައް ގަވައިދު އިސްލާހުކުރަން އަދި މީގެ އިތުރުން ކޮންޕްލިމަންޓްރީގެ ގޮތުގަ ފަތުރުވެރިން ތިބިކަމުގާވިޔަސް އެރޫމެއް ވިއްކާ އެންމެބޮޑު އަގުގެ %10 ސާވިސްޗާޖު މުވައްޒަފުންގެ މަސަތްކަތައް ދައްކަންޖެހޭގޮތައް ގަވައިދު އިސްލާހުކޮއް ހުށައަޅަން އެހެންނޫންނަމަ އޮޅުވާލައިގެން އޯނަރުން ކަޓުޖައްސާނެ
ބުރުމާ
07 August 2019
ވިލާ ރިސޯޓުތަށް ކޮބައިތޯއެވެ? ސަރވިސްޗާރޖް މުވައްޒިފުން މެނޭޖްމަންޓަށް ދޭންޖެހުނީ ހެއްޔެވެ?
އިބުރޭ.
07 August 2019
އެންމެ ފުލުގައި މާފުށީ ގެސްޓް ހައުސްތައް. އެކަމަކު އޮކިއުޕެންސީ އެންމެ މަތީގައި.
ސަނީން
07 August 2019
އޮކިއުޕެންސީ މަތިވުމަކީ ލިބޭ އާމްދަނީ މަތިވުމެއްނޫން.
ރިޒޯޓް ލައިފް
07 August 2019
އަހަރެމެންނަށް ހައި ސީޒަންގައިވެސް ލިބެނީ އެންމެ ގިނަވިއަސް 2000 ރުފިޔާ. އަދި މި ސީޒަންގައި އުޅެނީ 500 އާއި 700 އާ ދެމެދު. ސަރުކާރުން ކޮށްދިން ކަމެއްނެތް އަހަރެމެންނަކަށް
އަހަރެންނޫން
08 August 2019
ބްރޯ އަހަރެމެންނޭ ބުނީމަ ކިއުންތެރިންނަށް އެނގޭނެބާ ތީ ކޮން ރިސޯޠެއްކަން
ަައާޝޯހު
07 August 2019
ޝެރެޓަން މޯލްޑިވްސްއަށް ތިޔަ ލިސްޓުން ވަނަ ނުލިބެނީ ދޭ ބަައިވެރު ގިނަވީމަތޯއްޗެއް؟