ރައީސް އުރީދޫގެ މޫލީ ޕްލެޓްފޯމް އިފްތިތާހު ކޮށްދެއްވަނީ- ފޮޓޯ: ޕްރެޒިޑެންސީ މޯލްޑިވްސް
07 އޯގަސްޓް 2019 - 22:46
އޮންލައިންކޮށް ވިޔަފާރި ކުރާ ފަރާތްތަކަށް ހާއްސަކޮށްފައިވާ އުރީދޫގެ އީ ކޮމާސް ޕްލެޓްފޯމް "މޫލީ" އިފްތިތާހުކޮށްފި އެވެ.
މި ހިދުމަތް އިފްތިތާހުކޮށްދެއްވީ މިރޭ ކުރުނބާ މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. މި ހިދުމަތަކީ މައި އުރީދޫ އެޕްލިކޭޝަން ބޭނުންކޮށްގެން ދޭ ހިދުމަތެކެވެ.
އުރީދޫން މިރޭ އިފްތިތާހު ކުރި މި ހިދުމަތަކީ އޮންލައިންކޮށް ވިޔަފާރި ކުރަން ބޭނުންވާ ފަރާތްތަކަށް މުހިންމު ހިދުމަތެއް ކަމަށް އުރީދޫން ބުނެ އެވެ. އެ ކުންފުނީގެ ސިއީއޯ ނަޖީބް ޚާން ވިދާޅުވީ މި ހިދުމަތަކީ ދުނިޔޭގެ މަޝްހޫރު އީ ކޮމާސް ޕްލެޓްފޯމް ކަމަށްވާ އެމެޒޯން ފަދަ ހިދުމަތެއް ކަމަށެވެ.
މި ހިދުމަތަކީ އަލަށް ވިޔަފާރި ފަށާ ފަރާތްތަކަށް ވެސް ވަރަށް މުހިންމު ވާނެ ހިދުމަތެކެވެ. ނަޖީބް ޚާން ވިދާޅުވީ މި ހިދުމަތުގެ ސަބަބުން ވިޔަފާރިތަކަށް އުރީދު އާ ގުޅިގެން އެ ވިޔަފާރިތަކުން ވިއްކާ މުދާ މޫލީ ބޭނުންކޮށްގެން ވިއްކާލެވޭނެ ކަމަށެވެ.
އުރީދޫގެ މޫލީ އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔަތުގައި ރައީސް ވާހަކަފުޅު ދައްކަވަނީ- ފޮޓޯ: ޕްރެޒިޑެންސީ މޯލްޑިވްސް
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ މޫލީއަކީ އިލެކްޓްރޯނިކް ވިޔަފާރި އަށް ފަހި މާހައުލަކަށް ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. ހާއްސަކޮށް ހަލުވިކަމާ އެކު ކުރިއަރަމުން އަންނަ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މި ޕްލެޓްފޯމް ވަރަށް ބޭނުންތެރި ޕްލެޓްފޯމަކަށް ވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"މޫލީ ޕްލެޓްފޯމް، އިލެކްޓްރޯނިކް ވިޔަފާރި އަށް ފަހި މާހައުލަކަށް ވާނެކަމަށް އުންމީދުކުރަން. ވަކިން ހާއްސަކޮށް، ހަލުވިކަމާ އެކު ކުރިއަރަމުން އަންނަ، ކުދި އަދި މެދުފަންތީގެ އިލެކްޓްރޯނިކް ވިޔަފާރިތައް ހިންދެމިލުމަށް، ވަރަށް ބޭނުންތެރި ޕްލެޓްފޯމަކަށް ވާނެ ކަމަށް އަޅުގަނޑު ދެކެން. މިރޭ މި ތައާރަފްކުރި މޫލީ ޕްލެޓްފޯމަކީ ވެސް ރާއްޖޭގެ ކޮންމެ ގޭބިސީއެއްގައި، އޭގެ ބޭނުން ހިފޭނެ ގޮތަށް ފަރުމާކޮށްފައިވާ ޕްލެޓްފޯމެއް ކަން އެނގިއްޖެ. އެހެންކަމުން، މިފަދަ ބޭނުންތެރި ވަސީލަތެއް ތަޢާރަފްކުރެއްވި ކަމަށްޓަކައި، އުރީދޫ މޯލްޑިވްސްގެ މެނޭޖްމަންޓަށް ޝުކުރެއް ދަންނަވަން." ރައީސް ވިދާޅުވި އެވެ.
އުރީދޫގެ މޫލީ އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން- ފޮޓޯ: ޕްރެޒިޑެންސީ މޯލްޑިވްސް
މޫލީ ބޭނުންކޮށްގެން ވިޔަފާރި ކުރާ ފަރާތްތަކަށް ހުރިހާ ބާވަތެއްގެ މުދާ އެއްތަނަކުން ލިބޭނެ އެވެ. މީގެ އިތުރުން ތިން ދުވަސްތެރޭގައި ގެއަށް ޑެލިވަރީ ކޮށްދިނުމާއި ގަންނަ މުދަލާ މެދު ހިތްހަމަ ނުޖެހޭ ކަމުގައި ވާނަމަ އެ ރިޓާން ކުރުމުގެ ހިދުމަތް ވެސް ލިބޭނެ އެވެ.
މޫލީ އިފްތިތާހު ކުރުމަށް ބޭއްވި ހަފްލާގައި ރައީސްގެ އިތުރުން ޓެލެކޮމިއުނިކޭޝަން މިނިސްޓަރު މަލީހު ޖަމާލް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުދުހޯރަ
08 August 2019
މޫނީ ޕޫލީ އަށްވުރެ އިންޓަނެޓްގެ އަގު ހެޔޮ ކުރުމުން ލިބޭ ފައިދާ ކުދި ވިޔަފާރިތަނަކަށް ބޮޑުވާނެއެވެ.
މުހަައްމަދު ވަޖީހު
07 August 2019
ސަޕޯޓް ދެވޭނީ 100% ދިވެހި އުފެއްދުމައް
ހަސީނު
07 August 2019
ރައިސްމީހާ އެކައުންޓަށް 4މިލިއަން ޔޫރޯ އާދެ 74 މިލިއަން ރުފިޔާ ވައްދައިގެން އޭސީސީއަށް ހުށަހަޅައިފިޔޯ. ޒީރޯ ޓޮލަރެންސްއަކީ އެކައުންޓަށް ވައްދާ މިލިއަނުގެ ސުމަކަށް ޓޮލަރޭޓް ކުރުން ދޮއެއްތޯ.
buddy
08 August 2019
ތިބޭފުޅާތޯ ވެއްދީ؟ ނޫނީ ކޮންމެވެސް ވަރެއްގެ ތަފްސީލެއް ދެއްވާ. މިއަދު އެކައުންޓަށް ވަންނަ ފައިސާ ތިބޭފުޅާއަށްވެސް ފެންނަގޮތަށް އާއްމުކުރަމުން އެދަނީ.