12 އޯގަސްޓް 2019 - 09:39
މިފަހަރުގެ އަޟްހާ އީދު ބަންދުގައި އެންމެ ގިނަ ބަޔަކު ދިޔައީ ލަންކާ އަށް ކަމަށް ސްރީލަންކަން އެއާލައިންގެ ޖެނެރަލް ސޭލްސް އޭޖެންޓް އޭސް އޭވިއޭޝަނުން ބުނެފި އެވެ.
އޭސް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު ވިދާޅުވީ، މި އީދު ޗުއްޓީގައި އެންމެ ބޮޑު ޑިމާންޑެއް އޮތީ ސްރީލަންކާ އަށް ކަމަށެވެ. އެގޮތުން މި މަހުގެ 8 ވަނަ ދުވަހުން 11 އަށް 1،478 މީހުން ރާއްޖެއިން ލަންކާ އަށް ދަތުރުކުރި ކަމަށް އޭނާ ވިދާޅުވި އެވެ.
"މިދިޔަ އަހަރުގެ އީދުގައި ވެސް ހަމަ ފުލްކޮށް އުޅެނީ. މިހާރު އީދު ބަންދެއް ވެއްޖިއްޔާ ދިވެހިން ބޭރު ގައުމުތަކަށް ދާ ވަރު އިތުރު،" އޭނާ ވިދާޅުވި އެވެ.
ފިރާގު ވިދާޅުވީ، އާންމުކޮށް ވެސް ލަންކާއަކީ ދިވެހިން ޗުއްޓީ އަށް ގޮސް އުޅޭ ގައުމެއް ނަމަވެސް، މިއަހަރުގެ ފިތުރު އީދުގައި އެއަދަދު ދައްވީ، އޭޕްރީލް މަހު ލަންކާއަށް ދިން ބޮމުގެ އހަމަލާއާ ގުޅިގެންނެވެ. ކުޑަ އީދުގައި ދިވެހިން ދިޔަ މިންވަރު ގާތްގަނޑަކަށް 70 ޕަސެންޓް ދަށްވި އެވެ. އެހެން ނަމަވެސް އަނެއްކާ ވެސް ދިވެހިން އަންނަނީ ލަންކާ އަށް ދަތުރު ކުރަމުންނެވެ.
މިދިޔަ އަހަރާ ހިލާފަށް މި އަހަރުގެ ބޮޑު ޢީދު ބަންދުގައި އިތުރު ބަންދު ދުވަސްތަކެއް ލިބެ އެވެ. އެގޮތުން 9 ދުވަހުގެ ޗުއްޓީއެއް ލިބެ އެވެ. ފިރާގު ވިދާޅުވީ، ސްރީލަންކާގެ އިތުރުން މެލޭޝިއާ އާއި ސިންގަޕޫރާއި ތައިލެންޑަށް ވެސް މި ޗުއްޓީގައި ގިނަ ބަޔަކު ދަތުރުކުރާ ކަމަށެވެ.
އެގޮތުން މެލޭޝިއާ އަށް އީދު ބަންދުގައި 388 މީހުން ދަތުރު ކުރާ އިރު ސިންގަޕޫރަށް 272 މީހުން ދަތުރު ކުރެ އެވެ. އަދި ބެންކޮކަށް 319 މީހުން ދަތުރު ކުރެ އެވެ.
މި ޗުއްޓީ އަށް ގާތްގަނޑަކަށް 30 ދުވަސް ކުރިން ބުކްކުރި ކަމަށް ފިރާގު ވިދާޅުވި އެވެ.
ދިވެހިންގެ ދަތުރުތަކާ ގުޅޭ ގޮތުން މަރުކަޒީ ބޭންކް އެމްއެމްއޭ އިން 2018 ގައި ކުރި ސާވޭއިން ދައްކާ ގޮތުން ރާއްޖެއިން ބޭރަށް ދާ ދިވެހިންގެ ތެރެއިން ގާތްގަނޑަކަށް 30 ޕަސެންޓް މީހުންގެ މަންޒިލަކީ ލަންކާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަމަހަމަ
12 August 2019
އަސްލު ގައި ވެސް ލަންކާ އަށް ވުރެ ގިނަވާނެ އަތޮޅު ތަކު ރައްރަށަށް ދިޔަ ގެސްޓުން...މަ މިހުރީ ވެސް އަތޮޅު ތެރޭ ރަށެއްގަ އެވެ.ވަރަށް ސަޅި އެވެ
މާވަށުން
12 August 2019
ލ އަތޮށް އާދެ ބަލަ. ސަޅި ވާނެ އެވެ. އަގު ހެޔޮ ވެފައި ހިތްހެޔޮ ވާނެއެވެ.
ހުސެންް
12 August 2019
ހިލޭ ޓިކެޓް ދިނަސް ލަންކާ އައް ނުދާނަން.. އެތަނައް ގޮސްސަ ގަންޑަތެޅެން ޖެހޭނީ... ރާއްޖެގެ ރިސޯޓަކައް ދިޔައިޔާ މާރަގަޅު
ސަމްސު
12 August 2019
ހިލޭދީފިއްޔާ ހާދަ ހީނުވެޔޭ ނުގޮސްހުންނާނެހެން. ދެނޭވާ ދޭތެރޭގާވެސް ދިވެހިން އެދަނީ އެތަނަށް ބިލިޔާޑުކުޅެލަން.
ބަބުރުކަލޯ
12 August 2019
މުސްލިމުންނަށް އެތާ ހިތަނީ ވަރަށް ނުބައިކޮށޯ. މިހާރުމިޖެހުނީ ކޮންތާކު؟
ޖުލައި
12 August 2019
ހުސް ދޮގު. މިހާރުވެސް މިހުރީ ލަންކާގަ ޗުއްޓީ އަށް އައިސް. ވަރަށް ގިނަ ތަން ތަނަށް ދެވިއްޖެ ހަމަ ބުރުގާ އަޅައިގެން. މުސްލިމެކޭކިޔާފަ އެއްވެސް އުނދަގުލެއް ނުވޭ.
ތުނިޔަ
12 August 2019
ހާދަ ރީތި ފޮޓޯއެކޭ...އެތަކެއްހާސް ލޯތްބާއި ކުލުނު..ވަރަށް އަސަރުގަދަ އަސްލުވެސް.