13 އޯގަސްޓް 2019 - 19:20
އަހަރުގެ މެދުތެރޭގައި އަންނަ އޯފް-ޕީކް ސީޒަންގައި ދިވެހިން ގައުމުން ބޭރަށް ކުރާ ދަތުރުތަކަށް އެވްރެޖްކޮށް 1،000 ޑޮލަރު ހޭދަކުރާ ކަމަށް މޯލްޑިވްސްގެ މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ސާވޭ އިން ދައްކައިފި އެވެ.
ދިވެހިން ކުރާ ހޭދަތަކާ ގުޅޭ ގޮތުން އެމްއެމްއޭ އިން މިދިޔަ އަހަރު ކުރި ސާވޭ އިން ދައްކާ ގޮތުން އެންމެ ގިނައިން ހޭދަކުރަނީ ބޭރު ގައުމުތަކަށް ވިޔަފާރި އާއި ރަސްމީ ބޭނުންތަކަށްދާ ދިވެހިންނެވެ. އެގޮތުން އޯފް-ޕީކް ސީޒަންގައި 1،172 ޑޮލަރު އެވްރެޖްކޮށް ހޭދަކުރާ އިރު ޕީކް ސީޒަންގައި 1،113 ޑޮލަރު އެވްރެޖްކޮށް ހޭދަކުރެ އެވެ. ބޭސްފަރުވާ އަށް ދާ ދިވެހިން އޯފް-ޕީކް ސީޒަންގައި އެވްރެޖްކޮށް 1،003 ޑޮލަރު ހޭދަކުރާ އިރު ޕީކް ސީޒަންގައި 878 ޑޮލަރު ޚަރަދު ކުރެ އެވެ. އަދި ޗުއްޓީއަށް ދާ ދިވެހިން އޯފް-ޕީކް ސީޒަންގައި 1،085 ޑޮލަރު ހޭދަކުރާ އިރު ޕީކް ސީޒަންގައި 890 ޑޮލަރު ހޭދަކުރެ އެވެ.
އެހެން ކަމުން ދިވެހިން އެންމެ ގިނައިން ހޭދަކުރަނީ އޯފް-ޕީކް ސީޒަންގަ އެވެ. ސާވޭ އިން ދައްކާ ގޮތުން 2015 ވަނަ އަހަރުން ފެށިގެން ދިވެހިން ހޭދަކުރާ މިންވަރު އަންނަނީ އިތުރުވަމުންނެވެ. އެގޮތުން 2015 ވަނަ އަހަރު އެވްރެޖްކޮށް ދިވެހިން ހޭދަކުރީ 780 ޑޮލަރެވެ.
މިއީ 2015 ވަނަ އަހަރުން ފެށިގެން އެމްއެމްއޭ އިން ކުރަމުން އަންނަ ސާވޭ އެކެވެ. ސާވޭގައި މިދިޔަ އަހަރުގެ އޯފް-ޕީކް ސީޒަންގައި ސާވޭ ކުރި ހަފްތާގައި ދަތުރު ކުރި 56 ޕަސެންޓް މީހުންނާ ސުވާލު ކުރި އިރު ޕީކް ސީޒަންގައި ދަތުރު ކުރި 66 ޕަސެންޓް މީހުންނާ ސުވާލުކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުހައްމަދު އަލީ
14 August 2019
އަކަމު ޓެކްސީއަކަށް 100 ރުފިޔާ ދޭންވީމަ ބޮޑުވަނީދޯ.
ހަބީބާ
15 August 2019
ހަމަ ބޮޑު.
ރަންދެލި
14 August 2019
ތިޔައީ ވަރަށް އިންއެކިއުރޭޓް ފިގާރސް ތަކެއް. މަދު މީހަކު ފިޔަވާ ތިޔަ ސާވޭ އަށް ތެދު މައުލޫމާތެއް ނުދޭ. މަވެސް ނުދެން.
ކޮލި
13 August 2019
މިހާރު ދިވެހިން އަތު ލާރި އެބަ އޮތް ޓުރެފިކު ޖޫރިމަނާ ވެސް ހަމަ ދައްކަން ތައްޔާރު މަސް ވެރިން ކުރާ ޖޫރިމަނާ ވެސް ދެއްކޭނެ ލާރި ނެތިގެން ނޫޅެމޭ މީ އަޖަންޑާ އިން ހާސިލު ކުތި ކާމިޔާބު
ތުލީމް
13 August 2019
މަށަކަށް ނޭގުނު ތިކިޔާ އެއްޗެއް..އިންޑިއާއަށް ބޭހަށްދާމީހާކު 3000ޑޮލަރވަރު ގެންދޭ..
ފަރީދާ
15 August 2019
އަހަރެން އަބަދުވެސް ބޭހަށް ގެންދަނީ 800-1000 ޑޮލަރު.. މަގޭ ޚަރަދާ ދިމާވޭ
ބަބުރުލް ސަލީމް
13 August 2019
ރަސްމީ ކަންކަމުގާދާއިރާ ލާރިތައް ތަޅާބުރުވަންވީއެއްނު. ގައިމު އަމިއްލަ ޖީބަކުންނޫންވިއްޔަ ޚަރަދުބަރަދު ހަމަޖައްސަނީކީ. އެހެން ބަޔަކު ވިއްޔަ. ދެން ކީއްކުރާކަށް ބަލަނީ. ހަމަ ބުރުވެވުނުވަރަކަށް ބުރުވަންވީ.