ލިއޮންސީނޯ 250--
19 އޯގަސްޓް 2019 - 12:26
ދުނިޔޭގެ ނަން މަޝްހޫރު ބްރޭންޑް ބެނެލީގެ ލިއޮންސީނޯ 250 ލޮޓަސް ބައިކް ޝޮޕުން ރޭ ރާއްޖެ އަށް ތައާރަފްކޮށްފި އެވެ.
ލިއޮންސީނޯ 250 އަކީ ސްޓައިލުގެ ގޮތުންނާއި ކޮލިޓީގެ ގޮތުން ގިނަ ބައެއްގެ ތަރުހީބު ހޯދާފައިވާ ސައިކަލެކެވެ. މި ސައިކަލުގައި ބެނެލީ ރޭންޖުގެ އެހެން ސައިކަލުތަކޭ އެއްފަދައިން ސިންގަލް ސިލިންޑަ އާއި ފޯ ސްޓްރޯކް ލިކުއިޑް ކޫލް، 24.5 ހޯސްޕަވަރުގެ އިންޖީނެއް ހުރެ އެވެ.
ލިއޮންސީނޯ 250--
މި ސައިކަލް ލޮޓަސް ބައިކް ޝޮޕުން ވިއްކަނީ 90،000ރ. އަށެވެ. ސައިކަލް ގަންނަން އެމްއެފްއެލްސީ އާއި އެމްއައިބީގެ ކްރެޑިޓް ސްކީމްތަކުގެ އިތުރުން ބީއެމްއެލް އީޒީ ޕޭ ބޭނުންކުރެވޭނެ އެވެ.
ލިއޮންސީނޯ 250--
ލޮޓަސް ބައިކް ޝޮޕުން ތައާރަފްކޮށްފައިވާ މި ސައިކަލުތަކުގައި މިހާރު ލިބެން ހުންނާނީ ތިން ކުލަ އެކެވެ. އެއީ އެންތްރެސައިޓް (ވިދާ އަޅި ކުލައެއް) އާއި ރަތް ކުލަ އާއި ހުދު ކުލަ އެވެ.
ބެނެލީގެ އިތުރު ރޭންޖުތަކުގެ ސައިކަލުތައް ވެސް މި ފިހާރައިން ލިބެން ހުރެއެވެ. މީގެ ތެރޭގައި ބެނެލީ މޮޓޯބީ 152 ކެފޭ ރޭސާ އާއި ބެނެލީ އާރްއެފްއެސް 150 އައި ރޭސިން މޯޕެޑާއި ބެނެލީ ސެޓާ ހިމެނެ އެވެ.
ލޮޓަސް އިން ބުނި ދޭގޮތުގައި އަންނަ އަހަރުގެ ތެރޭގައި މި ބްރޭންޑުގެ 125 ވެސް ރާއްޖޭގެ ބާޒާރަށް ނެރޭނެ އެވެ. ބެނެލީ އަކީ އިޓަލީގެ އެންމެ ދުވަސްވީ ސައިކަލް ބްރޭންޑެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސާބަހޭ
19 August 2019
މިއުޅެނީ އެކްސިޑެންޓްތައް މަދުވެގެން ވިއްޔަ
ބަބުރަންޖީ ހާޖީ
19 August 2019
ތީއްޗިއްސަށް އަރައިގެން މުއްގަނޑަށް ފެލޭވަރު ޑަރުހީވޭ.