ޕްރީ ސްކޫލުތަކަށް ހާއްސަކޮށް ބާއްވާ ފުޓްބޯޅަ މުބާރާތުގައި ކުދިންތަކެއް ކުޅޭނީ--ފޮޓޯ:ދިރާގު
24 އޯގަސްޓް 2019 - 16:35
ދިރާގު ޕްރީ ސްކޫލު ފުޓްބޯޅަ މުބާރާތް ފަށައިފި އެވެ.
މިއީ މުބާރާތް ބާއްވާތާ ނުވަ ވަނަ އަހަރެވެ. ދިރާގު ޕްރީ ސްކޫލު ފުޓްބޯޅަ މުބާރާތުގައި 300 ކުޑަކުދިން ބައިވެރިވެފައިވެ އެވެ. އިއްޔެ ފެށި މި މުބާރާތުގައި މާލެ ސަރަހައްދުގެ 17 ޕްރީ ސްކޫލުން ބައިވެރިވި އެވެ. މި މުބާރާތުގައި މިއަދު އޮންނާނީ ފައިނަލް މެޗުތަކެވެ.
މުބާރާތުގައި ވާދަކުރި ޓީމުތަކުގެ ތެރޭގައި ކެންގަރޫ ކިޑްސް ޕްރީ ސްކޫލާއި މުހިއްދީން ސްކޫލާއި ބްރައިޓްވޭ އިންޓަނޭޝަނަލް ސްކޫލާއި ގަލޮޅު މަދަރުސާ އާއި އަހުމަދިއްޔާ ސްކޫލާއި މާފަންނު މަދަރުސާ އާއި ލިޓްލް ޖެމްސް ޕްރީ ސްކޫލާއި ދޮންދޫނި ޕްރީ ސްކޫލުން ވަނީ ބައިވެރިވެފަ އެވެ.
ޕްރީ ސްކޫލުތަކަށް ހާއްސަކޮށް ބާއްވާ ފުޓްބޯޅަ މުބާރާތުގައި ކުދިންތަކެއް ކުޅޭނީ--ފޮޓޯ:ދިރާގު
އަހުމަދިއްޔާ ޕްރީ ސްކޫލުން އިންތިޒާމުކުރި މި މުބާރާތް އެންމެ ފުރަތަމަ ބާއްވާފައިވަނީ 2010 ވަނަ އަހަރު އެވެ. އެއް އަހަރަށް ވުރެ އަނެއް އަހަރު މި މުބާރާތުގައި ބައިވެރިވާ ޕްރީ ސްކޫލުތައް އަންނަނީ އިތުރުވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޅެންކިޔާބޭގެ އަމާ
25 August 2019
ރާއްޖެތެރޭގައި 12 އަހަރުންދަށުގެ ކުދިންނަށް މުބާރާތް ނުބޭވޭނެ، މާލޭގަ ވެއްޖެއްޔާ އޯ.ކޭ.... ކޯޗުންނަށްވެސް މައްސަލައެއްނޫން.... ބޯހަލާކު މީވާ ޤައުމެއް
ނަޒުނާ އަހުމަދު ގުރޭޑު 9
25 August 2019
ދިރާގުން މަކަރު ހެދުން ހުއްޓައިލާ ދޭ ސާރވިސްތަކުން ތިނަގާ ބިލިއަނުން ފައިދާ މަދުކޮށް އަގު ހެޔޮކޮށްދީ މުޅީންވެސް ސުޓެންޓު ތަކެއް ތިޖައްސަނީ