ޔަމަހާ އެންވީއެކްސް 125 ލިބެން ހުންނާނީ ހަމައެކަނި ލޮޓަސް ބައިކް ޝޮޕުން--
27 އޯގަސްޓް 2019 - 10:43
ޔަމަހާގެ އެންވީއެކްސް 125 ގެ ސައިކަލު ލޮޓަސް ބައިކް ޝޮޕުން ވިއްކަން ފަށައިފި އެވެ.
މިއީ ޔަމަހާގެ އެރޮކްސްއާ އެއް ޑިޒައިނެއްގެ، އެއް ފީޗާތަކެއް ހިމެނޭ ސައިކަލެކެވެ. ޔަމަހާ އެރޮކްސް ރާއްޖޭގެ ގިނަ ފިހާރަތަކުން ލިބެން ހުރި ނަމަވެސް އެންވީއެކްސް 125 ލިބެން ހުންނާނީ ހަމައެކަނި ލޮޓަސް ބައިކް ޝޮޕުންނެވެ.
ޔަމަހާ އެންވީއެކްސް 125ގެ ހަތަރު ކުލައެއް މިހާރު ލިބެން ހުންނާނެ--
އެންވީއެކްސް 125 ލޮޓަސް މޮޓޯ ބައިކްސް އިން ވިއްކަނީ 68،000ރ. އަށެވެ. މި ސައިކަލްތައް އެމްއެފްއެލްސީ އަދި ބީއެމްއެލްގެ ކްރެޑިޓް ސްކީމްގެ ދަށުން އިންސްޓޯލްމަންޓަށް ގަނެވޭނެ އެވެ. މި ސައިކަލުގައި މިހާރު ހަތަރު ކުލައެއް ލިބެން ހުރެ އެވެ. އެއީ އަޅި، އޮރެންޖް، ރަތް، ނޫ އަދި ކަޅު ކުލަ އެވެ.
ޒަމާނީ ޓެކްނޮލޮޖީއާއެކު އުފައްދާފައިވާ މި ސައިކަލުގެ އިންޖީނަކީ ބްލޫ ކޯ ބްރޭންޑުގެ އިންޖީނެކެވެ. މި އިންޖީނަކީ ތެލުގެ ހަރަދު ކުޑަ އަދި ސްޕީޑް ބާރު އިންޖީނެކެވެ.
ލޮޓަސް ބައިކް ޝޮޕުން ވަނީ ދާދިި ފަހުން ލިއޮންސީނޯ 125 ވެސް ރާއްޖެ އަށް ތައާރަފްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޗައިނާ
28 August 2019
ތި ދެ މޮޑެލް އަކު ނުހުރޭ މާބޮޑު ތަފާތެއް. ތީ ދެ މާރކެޓަކަށް ނެރެންވެގެން ދެ ނަން ދީފަ އިން އެއް ޕްރޮޑަކްޓް. އެހެން ނޫނަސް 155ސީސީ ގެ އެރޮކްސް އެއް އަގެއްގަ ލިބެންހުއްޓާ ތި ގަންނާނީ މޮޔައެއްނު؟
ނަގިއްޔާ
27 August 2019
ވިއްކާމީހުން ވިއްކަނީ ގަންނަ މީހުން ގަންނަނީ ދުއްވާނެ ތަނެއްނެތް މަގުމަތި ތޮއްޖެހިފަ! މިކަމާ ފުންކޮށް ވިސްނާބަޔަކުނެތް! މިކަމުގެވެސް ކޮންޓްރޯލެއް ނެތީތަ؟ ކިހާވަރަކަށް މަގުމަތި ފުރުނީމަތަށް އާނ ދެންވެއްޖެއޭ ބުނެ ސަރުކާރުން އެކަމުގެ ކޮންޓްރޯލް ހޯދަންވިސްނަނީ. ފިނިކޮޓަރީގަ ތިބެފަ ޑްރިއިވަރަކު ބީއެމްޑަބްލިއުއެއްގަ ގެއަށްލާދިނީމަ ބޭފުޅުންނަށް މަގުމަތީގަ މީހުން ދަތުރުކުރަން ކުރާ ހަގުރާމަ ނޭގެނީބާ؟
ފަރީދާ
27 August 2019
ސަޅި. ލޮޓަސްގެ މައްސަލައަކީ ސަރވިސް. ވަރަށް ހާލުގައި މިއުޅެނީ ޔަމަހާ ޖީޓީ އެއް ގަނެގެން ސަރވިސް ނުކުރެވިގެން. ދުވަހަކުވެސް ޕާޓްސް ހުންނަކަމަކަށް ނުވޭ.
ސުޖާ
27 August 2019
އިންޖީނަކީ ސްޕީޑް ބާރު އިންޖީނެކެވެ. އާ ސުފީޑު މަޑުވެގެން ވިއާމިއުނީ
ސނފކލނ
27 August 2019
ޕާކް ކޮށްލާނެ ތަން ކޮޅެއް ނެތަސް ހެޔޮ ވިއްކަމުންދޭ. ގަންނަމީހާ ވެސް ބާޒާރަށް އާ ސައިކަލެއް ނެރޭ އިރަށް ގަނެލާ އަނގަޔާ އަތާ ދިމާނުވެ ސައިކަލް ވައްދާނެ ތަނެއް ނެތަސް. މާލޭ މަގުތައް ތޮއްޖެހި ހިނގާނެ ތަންކޮޅެއް ނެތް ބަރުގޮނު އަޅާ ވަރުން މަގު މައްޗަށް ނުކުމެއްޖެއްޔާ ބޮލު ރިހުމެއް.