ރާއްޖޭގައި ހިންގާ ގެސްޓް ހައުސްއެއް--
29 އޯގަސްޓް 2019 - 15:12
ރާއްޖޭގައި އޮޕްރޭޓްކުރާ ގެސްޓް ހައުސްތަކުން އެކަށީގެންވާ އެއްބާރުލުމެއް ނުލިބޭ ކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.
ނޫސްވެރިންގެ ބައްދަލުވުމެއްގައި ތޮއްޔިބު ވިދާޅުވީ މި ސަރުކާރު އައި ފަހުން ގެސްޓަހައުސްތަކަށް ފުރުސަތު ދިނުމުގެ ގޮތުން ތަފާތު އެކި މަސައްކަތްތައް ކޮށްފައިވާ ކަމަށެވެ. އެގޮތުން ގެސްޓަހައުސްތަކަށް ހާއްސަކޮށްގެން ބޭއްވި ވޯކްޝޮޕްތަކުގައި ގިނަ ގެސްޓަހައުސްތަކުން ބައިވެރި ނުވާކަމަށް ވިދާޅުވި އެވެ.
"އަސްލު ގެސްޓް ހައުސްތަކަށް އަޅުގަނޑުމެންނަށް ވަރަށް ފުރުސަތު ދެވިއްޖެ. އަހަރު ފެށުނީއްސުރެ ވޯކްޝޮޕްތައް ވެސް ހިންގީ ހަގީގަތުގައި ގެސްޓް ހައުސްތަކަށް ފުރުސަތު ދޭންވެގެން. ނަމަވެސް ކޮންމެވެސް ސަބަބަކާ ހުރެ ގިނަ ބަޔަކަށް ބައިވެރި ވެސް ނުވެވުނު. 11 ސަރަހައްދެއްގައި މި ވޯކްޝޮޕް ބޭއްވި އިރު އަސްލު އެންމެ އެދެވޭ އެއްބާރުލުމެއް ނުލިބުނު،" ތޮއްޔިބު ވިދާޅުވި އެވެ.
ތޮއްޔިބު ވިދާޅުވީ ގިނަ ގެސްޓްހައުސްތަކުގެ ޝަކުވާއަކަށް ވީ އެކި ގައުމުތަކުގައި ބާއްވާ ފެއާތަކުގައި، އަގުބޮޑުވުމުގެ ސަބަބުން ބައިވެރިނުވެވުން ކަމަށެވެ. ނަމަވެސް އެ ޝަކުވާ އަޑުއަހައި މި ސަރުކާރުން އެކަން ވެސް ހައްލުކޮށްދީފައިވާ ކަމަށް ވިދާޅުވި އެވެ.
"ގެސްޓް ހައުސްތަކުން ރެއިޒް ކުރި އިޝޫ އަކީ ބައެއް ކަހަލަ ޓްރެވެލް ޓްރޭޑް ފެއާތަކުގައި ބައިވެރިވެވޭކަށް ނެތޭ އަގުބޮޑުކަމުން މެމްބަރަކަށް ނުވެވޭތީ. އަޅުގަނޑުމެން މީގެ ދެ މަސް ކުރިން ބޭއްވި ބޯޑު މީޓިންއެއްގައި ފާސްކުރީ ގެސްޓް ހައުސްތަކަށް މި ފުރުސަތު ދިނުމުގެ ގޮތުން އެ ފަރާތްތަކާ ގުޅުން ހުރި ފެއާތަކުގައި މެމްބަރަކަށް ނުވިއަސް ހިލޭ ބައިވެރި ކުރެވޭ ގޮތަށް. ނަމަވެސް އޭގެ ފަހުން ވެސް އަސްލު އެދެވޭ އެއްބާރުލުމެއް ނުލިބޭ،" ތޮއްޔިބު ވިދާޅުވި އެވެ.
ރާއްޖެ ޗުއްޓީ ހޭދަކޮށްލުމަށް އަންނަ މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކުރުމަށް ވަކިވަކި ފަރުދުން ކުރަމުން އަންނަ ކަންތައްތަކުގައި ވެސް އެމްއެމްޕީއާރުސީން އެއްބާރުލުން ދޭނެ ކަމަށް ތޮއްޔިބު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ihaaru.
31 August 2019
ނުޖެހޭ އެއްބާރުލުން ދޭކަށް، ހުއްދަ ނަގައި ބުނިވަރަކަށް ފައިސާދީގެން ހިންގަނީ! އޭގެ އަސަރުބިދޭސީ ޤެސްޓް މިހާގެބޮލައް ބިންދައިލައިގެންވެސް ފައިސާހޯދަފަ އެބަދޭނުން، މަޑުންމައިތިރިވެގެން ތިބެންދަސްކުރޭ!
ihaaru.
31 August 2019
ނުޖެހޭ އެއްބާރުލުންދޭކަށް، ކޮންކަމަކާ ތިތެޅިބާލަނީ؟
ޙަސަން ކެލާ
30 August 2019
ހޮލިޑޭ ހޯމް ކެލާ...ރީތި އަބަދުވެސް ރީތި