ދިވެހިންނަށް ހާއްސަ ކްރީމެއް މެޑިކަލް ސްވިސް އިން ވިއްކަން ފަށައިިފި

ދިވެހިންގެ ހަމާ ގުޅޭ ހާއްސަ އެންޓި އެކްނޭ ކްރީމެއް މެޑިކަލް ސްވިސް ބިއުޓީ ސެންޓަރުން ވިއްކަން ފަށައިފި އެވެ.


މި ކްރީމަކީ ޔޫރަޕުގެ ގައުމުތަކުގެ އެތައް ބައެއްގެ އިތުބާރު ލިބިފައިވާ ކްލެރީނާ ބްރޭންޑުގެ ކްރީމެކެވެ. މި ކްރީމުން މޫނުގައި ނަގާ އޮށާޅަ އާއި ބިހި ކޮންޓްރޯލްކޮށް އޮށާޅައިން ހެދޭ ލަކުނު ފިލުވައިދެ އެވެ. މި ކްރީމް އެންޓި ބެކްޓީރިއާއެއްގެ ގޮތުގައި ވެސް ބޭނުން ކުރެވޭނެ އެވެ.

މެޑިކަލް ސްވިސް ބިއުޓީން ބުނީ މި ކްރީމަކީ އެ ސެންޓަރުން ހަމުގެ ޓްރީޓްމަންތައް ހޯދާ ފަރާތްތަކުން ކުރިން ވެސް ބޭނުން ކުރަމުން އަންނަ ކްރީމެއް ކަމަށެވެ. މި ކްރީމް އާންމުންނަށް ލިބޭނެހެން ވިއްކަން ފެށީ ކަސްޓަމަރުންގެ ފަރާތުން ލިބުނު ތަރުހީބުގެ ސަބަބުން ކަމަށް ވެސް އެ ސެންޓަރުން ބުންޏެވެ.

ކްލެރީނާ ބްރޭންޑުގެ އިތުރު ޕްރޮޑަކްޓްތައް ވެސް މެޑިކަލް ސްވިސް އިން ލިބޭނެ--

"ރާއްޖެއިން ލިބެން ހުންނަ ހަމުގެ އުފެއްދުންތަކަކީ އާންމުކޮށް ދިވެހިންގެ ހަމާ ނުގުޅޭ އުފެއްދުންތަކެއް ކަން ގިނަ ކަސްޓަމަރުން ހާމަކުރޭ. ނަމަވެސް މި ކްރީމް ހާއްސަ ވަނީ ދިވެހިންގެ ހަމާ ގުޅޭތީ. އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް މި ކްރީމް ވަރަށް ކަމުދޭ،" މެޑިކަލް ސްވިސް ބިއުޓީގެ އޮފިޝަލަކު ބުންޏެވެ.

މި ކްރީމް ލިބެން ހުންނާނީ މަޖީދިއްޔާ ސްކޫލް ކުރިމަތިން، އަބަދަށް ފެހި މަގުގައި ހުންނަ މެޑިކަލް ސްވިސް ބިއުޓީ ސެންޓަރުންނެވެ. މި ކްރީމުގެ އިތުރުން ކްލެރީނާ ބްރޭންޑުގެ ތަފާތު އުފެއްދުންތައް އެ ސެންޓަރުން ލިބެން ހުންނާނެ އެވެ.

ކްލެރީނާ ބްރޭންޑުގެ އިތުރު ޕްރޮޑަކްޓްތައް ވެސް މެޑިކަލް ސްވިސް އިން ލިބޭނެ--

މެޑިކަލް ސްވިސް ބިއުޓީ ސެންޓަރުން ލިބެން ހުންނަ ކްރީމް ބޭނުން ކުރުމުގެ ކުރިން އެ ސެންޓަރުގެ ތެރަޕިސްޓަކަށް ހިލޭ ދެއްކުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ.