ރެޑްވޭވް މެގަމޯލް: ހަފްތާ ސޭލް ރެޑް ވޭވްގެ ހުރިހާ ފިހާރައެއްގައި ވެސް ކުރިއަށް ގެންދޭ-- ފޮޓޯ: މިހާރު
01 ސެޕްޓެމްބަރ 2019 - 17:32
ރެޑްވޭވުން މިހާރު ކުރިއަށް ގެންދާ ހަފުތާ ސޭލަށް ތަރުހީބު ބޮޑު ކަމަށް އެ ފިހާރައިން ބުނެފި އެވެ.
މިދިޔަ ޖުލައި މަހުގެ ފަހު ހަފުތާގައި ފެށި މި ޕްރޮމޯޝަނަކީ ރެޑްވޭވުން ވިޔަފާރިކުރާ ފަރާތްތަކުގެ ތެރެއިން ކޮންމެ ހަފުތާއަކު ތިން ނަސީބުވެރިޔަކު ހޮވައި ޕްރޮމޯޝަނެކެވެ. ކޮންމެ ހަފުތާއަކު ނަސީބުވެރިންގެ ގޮތުގައި ހޮވޭ ފަރާތްތަކަށް ފައިސާގެ އިނާމް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
ރެޑްވޭވް ހަފްތާ ސޭލްގައި ކޮންމެ ހަފްތާއަކު އެއްވަނައަށް ދާ ފަރާތަކަށް 5،000ރ. ދޭއިރު ދެވަނަ އަށް ދާ ފަރާތަކަށް 3،000ރ. އަދި ތިންވަނަ އަށް ދާ ފަރާތަކަށް 2،000ރ. ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. މިހާތަނަށް އެ ފިހާރަ އިން ވަނީ ހަތަރު ހަފުތާގައި ހަތަރު ނަސީބުވެރިންނަށް އިނާމު ހަވާލުކޮށްފަ އެވެ.
ރެޑްވޭވުން ބުނީ މި ސޭލްގެ އިތުރުން ހަފުތާ ސޭލްގައި ކުރިއަށްދާ ކްލިއަރެންސް ސޭލްތަކަށް ވެސް ކަސްޓަމަރުންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ. ވީހާ ވެސް ގިނަ ކަސްޓަމަރުން ރެޑްވޭވްގެ ފިހާރަތަކުން ވިޔަފާރިކޮށް ހަފުތާ ސޭލްގައި ބައިވެރިވުމަށް އެ ފިހާރައިން ވަނީ އެދިފަ އެވެ.
ރެޑްވޭވް ހަފުތާ ސޭލް ކުރިއަށްދާނީ ސެޕްޓެމްބަރު މަހުގެ ނިޔަލަށެވެ. ނަމަވެސް ކަސްޓަމަރުންގެ ފަރާތުން ލިބޭ ތަރުހީބަށް ބެލުމަށް ފަހު ޕްރޮމޯޝަންގެ މުއްދަތު އިތުރުކޮށްފާނެ ކަމަށް ރެޑްވޭވުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy