ސެލޫން ފެމިނާގެ އަހަރީ ދުވަހުގެ ހަދިޔާ އަކީ އޮންލައިން ބުކިންގެ ޚިދުމަތް ފެށުން

އަންހެނުންނަށް ހާއްސަ ކޮށްގެން މިދިޔަ ފަސް އަހަރު ބިއުޓީ ޓްރީޓްމަންޓްތައް ދެމުން އައި ސެލޫން ފެމިނާގެ ކަސްޓަމަރުންނަށް ހާއްސަ ހަދިޔާއެއް ދޭން ނިންމައިފި އެވެ.


މި ސެލޫން އަށް ފަސް އަހަރު ވެފައިވާއިރު، އެ ތަނުގެ ކަސްޓަމަރުންނަށް ދެމުން އައި ހިދުމަތް ފުޅާކުރުމުގެ ގޮތުން، މިހާރު ވަނީ އޮންލައިން ބުކިން ހެދޭގޮތް ހަދައިފަ އެވެ. މިއީ އެ ސެލޫންގެ ކަސްޓަމަރުންގެ އިނގިލި ކުރިއަށް ބުކިންގެ ހުރިހާ ކަމެއް ފޯރުކޮށްދިނުމުގެ ބޭނުމުގައި ދޭން ފެށި ހިދުމަތެކެވެ.

މި ހިދުމަތް މިއަދުން ފެށިގެން ސެލޫން ފެމިނާގެ ހުރިހާ ކަސްޓަމަރުންނަށް ލިބޭނެ އެވެ. އެ ސެލޫންގެ ފޭސްބުކް ޕޭޖާއި އިންސްޓަގްރާމް ޕޭޖުގެ އިތުރުން ވެބްސައިޓް (www.salonfemina.com) މެދުވެރިކޮށް ވެސް ބުކިން ހެއްދޭނެ އެވެ. އޮންލައިންކޮށް ބުކިން ހައްދާ މީހުންނަށް އިތުރު އޮފާތަކެއް ވެސް ލިބޭނެ އެވެ. އެގޮތުން، އޮންލައިންކޮށް ބުކިން ހެއްދުމުން ވާޗުއަލް ޕްރިވިލެޖް ކާޑު ބޭނުންކޮށްގެން ތަފާތު އޮފާތަކުގެ ފައިދާ ނެގޭނެ އެވެ.

އަދި، މި މަހުގެ ތެރޭގައި އޮންލައިންކޮށް ބުކިން ހައްދާ ކޮންމެ ކަސްޓަމަރަކަށް ވެސް 10 ޕަސެންޓް ޑިސްކައުންޓެއް ލިބޭނެ އެވެ. މި 10 ޕަސެންޓުގެ އިތުރުން މިއަދު ބުކިން ހައްދާ މީހުންނަށް ވެސް 10 ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭނެ އެވެ.

ސެލޫން ފެމިނާގެ އެތެރެ-- ފޮޓޯ: ސެލޫން ފެމިނާ

ދަރުބާރުގެ ކައިރިން އަމީނީ މަގުގައި ހުންނަ މި ސެލޫނަކީ ގިނަ ބަޔަކު އިތުބާރު ކުރ، ފެންވަރު ރަނގަޅު ޓްރީޓްމަންޓުތައް ދެމުން އަންނަ ސެލޫނެކެވެ. މި ސެލޫނުގައި ހިދުމަތް ދެމުން އަންނަ ޓީމަކީ ތަޖުރިބާކާރު މީހުންނާ ގުޅޭ ފުރިހަމަ ޓީމެކެވެ.

ފާތިމަތު ޝަފާ އަދި އޭނާގެ ޓީމުން ދެމުން އަންނަ ހިދުމަތްތަކަކީ ސާފުތާހިރު ކަމުގެ ހުރިހާ މިންގަނޑުތަކަކަށް ފައްތައިގެން ދެމުން އަންނަ ހިދުމަތްތަކެކެވެ. އެގޮތުން، ކޮންމެ ކަސްޓަމަރަކަށް ވެސް ޚިދުމަތް ދެނީ އެންމެ ފުރިހަމަ އަށް ސާފުކޮށް ސްޓެރެލައިޒް ކޮށްފައިވާ އާލާތްތަކުގެ އެހީގަ އެވެ. މިއީ މި ސެލޫންގެ ކުރިއެރުމުގެ އެންމެ ބޮޑު އެއް ސިއްރެވެ.

ސެލޫން ފެމިނާގެ އުއްމީދަކީ ރާއްޖޭގެ ހުރިހާ އަންހެނުންނަށް ވެސް ފެންވަރު ރަނގަޅު ފަރުވާތަކެއް ހެޔޮ އަގުގައި ފޯރުކޮށްދިނުމެވެ. އެ ސެލޫނުން ގަބޫލުކުރާ ގޮތުގައި ކޮންމެ އަންހެނަކީ ވެސް ރީތި ވުމުގެ ހައްގު ލިބިފައިވާ އަންހެނެކެވެ. އަދި ޕެމްޕާ ކުރުމަކީ ކޮންމެ އަންހެނަކަށް ވެސް ލިބެން ޖެހޭ އުފަލެއް ކަމަށް މި ސެލޫނުން ދެކެ އެވެ.

"އަންހެނުން ރީތިވާން ވަކި އުމުރެއް ނޯންނާނެ. އަމިއްލަ ނަފްސު ބާރުވެރި ކުރުވުމަށް އަމިއްލަ ނަފްސު ރީތި ކުރުމަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ވަރަށް މުހިންމު ކަމެއް. މީގެ ސަބަބުން ކޮންމެ ކަހަލަ ހާލަތެއްގައި ވެސް އިތުރު ހިތްވަރެއް ލިބިގެންދާނެ." ފަތިމަތު ޝަފާ ބުންޏެވެ.

ސެލޫން ފެމިނާ އިން ވަނީ އެ ސެލޫންގެ ހުރިހާ ކަސްޓަމަރުންނަށް މި ފަސް އަހަރު ދިން އެއްބާރުލުމަށާއި މިހާރު ވެސް ދެމުން އަންނަ އެއްބާރުލުމަށް ޝުކުރު އަދާކޮށްފަ އެވެ. އަދިވެސް މިފަދަ އިތުރު ހަދިޔާތައް އެ ސެލޫންގެ ކަސްޓަމަރުންނަށް ހޯދައި ދިނުމަށް ސެލޫން ފެމިނާއިން އަންނަނީ މަސައްކަތް ކުރަމުންނެވެ.