ޓެންޑާ ބޯޑުން ހަވާލުކުރާ މަޝްރޫއުތައް އާންމުކުރަން ފަށައިފި

ނޭޝަނަލް ޓެންޑާ އިވެލުއޭޝަން ބޯޑުން އެކި ފަރާތްތަކާ ހަވާލުކުރަން ނިންމާ މަޝްރޫއުތަކުގެ މައުލޫމާތު ފިނޭންސް މިނިސްޓްރީން ހާމަކުރަން ފަށައިފި އެވެ.


މި ޕްރޮޖެކްޓްތަކުގެ މައުލޫމާތު ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުން މިހާރު ބަލައިލެވޭނެ އެވެ. ޕްރޮޖެކްތުތަކުގެ ލިސްޓާއި އެ ޕްރޮޖެކްޓެއް ހަވާލު ކުރި ކުންފުނީގެ އިތުރުން ނިންމަން ޖެހޭ އަދި ހަވާލު ކުރާ ތާރީޚު ވެސް ފެންނަން ހުންނާނެ އެވެ.

މި ލިސްޓުގެ އެންމެ ފަހުގެ ރިޕޯޓު ދައްކާގޮތުން މިހާތަނަށް 87 ޕްރޮޖެކްޓެއްގެ މަސައްކަތް ވަނީ އެކި ފަރާތްތަކާ ހަވާލު ކޮށްފަ އެވެ. މީގެ ތެރޭގައި ބަނދަރު ހެދުމާއި މަގު ހެދުމުގެ އިތުރުން ފެނާއި ނަރުދަމާ ނިޒާމު ގާއިމް ކުރުމުގެ ޕްރޮޖްކެޓްތައް ހިމެނެ އެވެ.

ނޭޝަނަލް ޓެންޑާ ބޯޑުން ޕްރޮޖެކްޓުތައް އެވޯޑު ކުރުމަށް ނިންމާނީ އެ ޕްރޮޖެކްޓެއްގެ އަގު 2.5 މިލިއަން ރުފިޔާ އަށް ވުރެ ބޮޑު ނަމަ އެވެ.