ބީއެމްއެލް އިސްލާމިކްގެ އާ ހެޑް އޮފީސް-- ފޮޓޯ: ހުސައިން ވަހީދު/ މިހާރު
08 ސެޕްޓެމްބަރ 2019 - 22:07
ބީއެމްއެލް އިސްލާމިކް ބޭންކުގެ ހެޑް އޮފީސް އެހެން އިމާރާތަކަށް ބަދަލުކޮށް މިރޭ ހުޅުވައިފި އެވެ.
ކުރިން ސްޓޭޓް ބޭންކް އޮފް އިންޑިއާ ހުރި ތަނުގައި މި އޮފީސް ހުޅުއްވައިދެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އާއި ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ ޓިމް ސޯޔާ އެވެ. ބީއެމްއެލްގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރު އައިޝަތު ނޫރައްދީންއާއި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރުގެ އިތުރުން ބީއެމްއެލްގެ ބޯޑުގެ ބައެއް މެމްބަރުން ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތެވެ.
ބީއެމްއެލް އިސްލާމިކްގެ އާ ހެޑް އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި (ކ-ވ) ފިނޭންސް މިނިސްޓަރު އަމީރު، ބިއެމްއެލްގެ ސީއީއޯ އަދި އެމްޑީ ޓިމް ސޯޔާ، އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަދި ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން. -- ފޮޓޯ: މިހާރު
ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ ޓިމް ވިދާޅުވީ މި ބަދަލާ އެކު ބީއެމްއެލް އިސްލާމިކްގެ ޕްރޮޑަކްޓްތައް އިތުރަށް ފުރިހަމަވާނެ ކަމަށެވެ. ހެޑް އޮފީސް ބަދަލުކުރުމަށް ނިންމީއެ ކުންފުނީގެ ކަސްޓަމަރުން ގިނަވަމުން އަންނާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިސްލާމިކް ބޭންކިންގެ ހިދުމަތް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ފޯރުކޮށްދިނުމަކީ ބޭންކުގެ އަމާޒެއް ކަމަށް ވެސް ޓިމް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އާ އޮފީސް ރަމްޒުކޮށްދެނީ އިތުރުވަމުން އަންނަ ކަސްޓަމަރުން. މި އޮފީހުގެ ބޭނުމަކީ ހުރިހާ ކަސްޓަމަރުންނަށް ފުޅާ ދާއިރާއެއްގައި ހިދުމަތްތައް ފޯރުކޮށްދިނުން. އަޅުގަނޑުމެން ބޭނުންވަނީ އިސްލާމިކް ބޭންކިން މުޅި ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް ފޯރުކޮށްދޭން،" ޓިމް ވިދާޅުވި އެވެ.
ބީއެމްއެލް އިސްލާމިކްގެ އާ ހެޑް އޮފީހުގައި އޭޓީއެމް ވެސް ވަނީ ބަހައްޓާފައި-- ފޮޓޯ: ހުސައިން ވަހީދު/ މިހާރު
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ އިސްލާމިކް ފައިނޭންސަކީ މިހާރު ދުނިޔޭގެ ހުރިހާ ގައުމަކުން ވެސް ބަލައިގަންނަ ފައިނޭންސިން ސިސްޓަމެއް ކަމަށެވެ. އަދި މިހާރު ރާއްޖޭގައި މި ސިސްޓަމް ފުޅާ ދާއިރާއެއްގައި ގާއިމްކުރެއްވިއްޖެ ނަމަ ކުރިއަށް އޮތް ތަނުގައި ލިބޭނެ ފައިދާ ބޮޑުވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އިސްލާމިކް ފައިނޭންސް ގަބޫލުކުރަނީ މިޑްލް އީސްޓުން އެކަންޏެއް ނޫން. ހުޅަނގުގެ ގައުމުތަކުން ވެސް މި ސިސްޓަމް މިހާރު ގަބޫލު ކުރޭ. މި ސިސްޓަމް ދުނިޔޭގެ ނިސްބަތުން ބަލާއިރު ކުޑަވި ނަމަވެސް ކުރިން މި ގައުމުގައި މި ސިސްޓަމް ގާއިމްކުރެވިއްޖެ ނަމަ ފަހުން ފައިދާ ވާނެ. އެކަން ކުރެވޭނީ އިންވެސްޓް ކޮށްގެން،" މިނިސްޓަރު އަމީރު ވިދާޅުވި އެވެ.
ބީއެމްއެލް އިސްލާމިކްގެ އޮފީސް ބަދަލުކުރީ ބޮޑުތަކުރުފާނު މަގުގައި ހުންނަ ހ. ޒޮނެރިއާ އިމާރާތަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފް
09 September 2019
މަރުހަބާ ބީއެމްއެލް.އެކައުންޓެއް ހުޅުވަން 7 ދުވަސް.ސާބަހޭ.ބޭރު ގައުމުތަކުގަ 1 ގަޑިއިރުތެރޭގަ ނިމޭކަމެއް 7 ދުވަހުން.ވަރަށް ރަނގަޅު ކުރިއެރުމެއް ކަމުަގ ދެކެން.ވ.ވެދުން
ދީފް
09 September 2019
ބޭރުގައުމުގަ މަސްދުވަސް ނަގާތައްތަންވެސްއެބަހުރި
އައިސަ
09 September 2019
ބޮޑު ފަރަންޖީއެއް ގޮވައިގެން ހުރެ އިސްލާމިކް ބޭންކެއް ހުޅުވިޔަސް ކަމަނުދާނެ. ކޮބާތޯ އިސްލާމިކް ފައިނޭންސްގެ ހަބަކަށް ރާއްޖެ ހަދަން ވީ ވަޢުދު. ތިޔަ ބޭންކުގެ ފައިނޭންސިން ޕްރޮޑަކްޓް މަހަކު ދިހަ ކަސްޓަމަރުންވެސް ބޭނުމެއް ނުކުރެ. އިތުބާރު ގެއްލިފަ
ށަސި
09 September 2019
ބީއެމްއެލް އިސްލާމިކް، ބީއެމްއެލް ނޮން އިސްލާމިކް. ރާއްޖޭގެ ގައުމީ ބޭންކު