ނައިބު ރައީސް ފައިސަލް ނަސީމާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ސަލާންކުރައްވަނީ- ފޮޓޯ: ރައީސް އޮފީސް
16 ސެޕްޓެމްބަރ 2019 - 22:50
މިދިޔަ ހަތަރު މަސް ތެރޭ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން އެއް ބިލިއަން ރުފިޔާ އަށް ވުރެ ގިނަ އަދަދަކަށް ލޯނަށް އެދިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިރޭ ވިދާޅުވެއްޖެ އެވެ.
ފަންނު އެކްސްޕޯ އިފްތިތާހުކުރުމަށް އާޓް ގެލެރީގައި ބޭއްވި ރަސްމިއްޔާތުގައި ފައްޔާޒު ވިދާޅުވީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަަކަށް ލޯނު ފަހިކޮށްދިނުމަށް ސަރުކާރުން އުފައްދާފައިވާ އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) މެދުވެރިކޮށް ވެސް ފަންނުވެރިންގެ ވިޔަފާރިތަކަށް ލުއިތަކެއް ހޯދަމުް އަންނަ ކަމަށެވެ. ނަމަވެސް މި ބޭންކަށް އަދިވެސް ފާޑުކިޔުންތައް އަމާޒުވާކަން އޭނާ ފާހަގަކުރެއްވި އެވެ.
"އަޅުގަނޑުމެންނަށް އެކުގައި ދިމާވާ ދަތިތަކަކީ އަޅުގަނޑުމެން ހީވެސް ނުކުރާހާ ވަރަށް އެއަށް ތަރުހީބު އޮތުމުގެ ސަބަބުން އަޅުގަނޑުމެންނަށް ކޭޓާ ނުކުރެވިގެން އަދި މިއުޅެނީ. ކޮންމެ މަހެއްގައި އެބަ އިތުރުވޭ 100 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ އެޕްލިކޭޝަން،" ފައްޔާޒު ވިދާޅުވި އެވެ.
ހުރިހާ އެޕްލިކޭޝަންތަކަށް ފައިސާ ނުދެވުނު ނަމަވެސް ކުރިއަށް އޮތް ފަސް އަހަރު މި އިންސްޓިޓުޝަން ވަރުގަދަކޮށް މިއަށް ވުރެ ފުޅާކޮށް ވިޔަފާރިތަކަށް އެހީތެރިވެދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ލޯނަކީ އައިޑީކާޑު ދައްކައިގެން ދެވޭނެ އެއްޗެއް ނޫން ކަމަށާއި ލޯނަށް އެދޭ ފަރާތަކީ ލޯނު ދެއްކުމުގެ ގާބިލްކަން ހުރި މީހެއްތޯ ވެސް ޔަގީން ކުރަންޖެހޭ ކަމަށް ފައްޔާޒު ވިދާޅުވި އެވެ. މިކަން މިހެން އޮތް އިރު ވެސް އެސްޑީއެފްސީން ލޯނު ދިނުމުގައި ވަރަށް ލުއިފަސޭހަ ގޮތްތަކެއް އިންތިޒާމުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ރަހުނު ކުރުމުގައި ވެސް އަދި އެޕްލިކޭޝަންތައް ވެސް މިހާ ފަސޭހަ ބޭންކެއް ނުވަތަ ލޯނު ނެގުމުގެ ނިޒާމެއް ދުނިޔޭގައެއް ވެސް ނޯންނާނެ. އެހެން ނަމަވެސް އެވެސް އުނދަގޫވާ ފަރާތްތަކެއް އެބަތިބި. އަޅުގަނޑުމެން އަދިވެސް ބަލާނަން އިތުރަށް ފަސޭހަ ކޮށްދެވޭތޯ،" އޭނާ ވިދާޅުވި އެވެ.
ކުދި ވިޔަފާރިތަކަށް މިހާރަށް ވުރެ ފަހި މާހައުލެއް ގާއިމްކޮށްދިނުން މިއަހަރު ނިމުމުގެ ކުރިން އިތުރު ފަސް ބިޒްނަސް ސެންޓަރު ހުޅުވުމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ނިންމައިފަ އެވެ. މީގެ އިތުރުން ކުޑަ އަގެއްގައި މަސައްކަތް ކުރާނެ ތަނަކާއި ސްޓޯރޭޖު ފެސިލިޓީސް އާއި ޕެކިން ފެސިލިޓީސްތައް އަންނަ އަހަރު ފޯރުކޮށްދިނުމަށް ނިންމަވާފައިވާ ކަން ފައްޔާޒު ވަނީ އިއުލާނު ކުރައްވާފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގާދިރު
17 September 2019
މިކަން ޕްރޮސެސްކުރަން އެތެރޭގަ ތިބޭމީހުނަށް ދޭންޖެހޭ އަދަދުގެ ވާހަކަވެސް މިނިސްޓަރ ފާހަގަ ކޮށްލިނަމަ ވަރަށް ފުރިހަމަވީސް މިހާރުވެސް ލޯންގެ %20 ދީގެން ލޯން ނަގާމީހުން ގިނަ އެމީހުންގެ ދޮކިއުމެންޓް ވެސް ތިބުނާގޮތަށް ޗެކް ނުކުރޭ.
ބޮބީ
17 September 2019
4 މަސްވަނީ އަދި ހަބަރު ނުވޭ
ސޮފްވަތު
17 September 2019
ތީ ޓޭންޑަރބޯޑުން ކަންކުރާގޮތަށް ނިންމި ކަމެއްބާ. ނާ މިހާރު ޓެންޑަބޯޑުން ވެސް ކަމެއްނިންމަނީ ޕޮރެޖެކްޓް ވެލިއުގެ %5 ލިބޭގޮތަށޭ ކިޔާވިއްޔާ. ޢަދި ވެންޑަރ އަށް ފައިސާއެއްވެސް ދެވެނީ %1 ލިބޭގޮތަށޭ ކިޔާވިއްޔާ . ޢަދި އާސަންދަ ބިލުވެސް ފިނޭންސް މިނިސްޓްރީ އަށް ފޮނުވައިދެނީ %؟ ދިނީމަޔޯ ކިޔާވިއްޔާ . މިކަމަކީ ސިވިލް މުވައްޒަފުން ބޭނުންކޮށްގެން ފިނޭންސް މިނިސްޓްރީ ގެ ސިޔާސީމީހުންގެ ގޭމެންބާ ނޫނީ ޒީރޯ ޓޮލަރެންސް ބާ؟
ރަފީގް
16 September 2019
ދުނިޔޭގައިވެސް ނެތްހާ ފަސޭހަ ބޭންކެއް؟؟؟ހުށައަޅަން ފަސޭހަ ލޯނެއް ނުލިބޭ..ހުށައަޅައިގެން 3ނޫނީ ހަތަރުމަސް ވާއިރުވެސް ހަބަރެއްނުވޭ..އަދި ތިޔަށްވުރެވެސް ފަސޭހަކޮށްލާ އެޕްލިކޭޝަން ގިނަކޮށް މީޑިއާގައި އެވާހަކަ ދައްކަން...މިތަނުން ލޯނު ހަމަޖެހޭ މީހަކުނެތް.ވެދާނެ ޕާޓީކުދިންނަށް ދީފައި ބާކީ ވޭތޯ ބަލަނީ ކަމަށް.