ސޭންޑްސް ވެލްނެސްގެ ނަމުގައި އާ ސްޕާއެއް ހުޅުވައިފި

"ސޭންޑްސް ވެލްނެސް އެންޑް އެސްތެޓިކް"ގެ ނަމުގައި އެކި ޓްރީޓްމަންޓުތަކަށް ހާއްސަ ސްޕާއެއް މާލޭގައި ހުޅުވައިފި އެވެ.


ދެ ޖިންސުގެ މީހުންނަށް ޚާއްސަ މި ސްޕާ ހުޅުއްވައި ދެއްވީ ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް އެވެ. މި ސްޕާ އިން ހަށިގަނޑުގެ ތަފާތު ޓްރީޓްމަންޓުތަކުގެ އިތުރުން މަސާޖް ތެރަޕީ އާއި ސްޕެޝަލައިޒް ޓްރީޓްމަންޓުތަކާއި އެކްސްޕްރެސް ހިދުމަތް ލިބޭނެ އެވެ.

ހ. ކަނދުގޮސްދޮށުގެ ހަވަނަ ފްލޯގައި ހުޅުވި މި ސްޕާ އަކީ ބުރަކޮށް އުޅޭ މީހުންގެ ހާސްކަން ފިލުވުމަށް ހިތްގައިމު މާހައުލެއް އޮތް ސްޕާ އެކެވެ. މި ސްޕާގައި ދޭ ޓްރީޓްމަންޓުތަކުގެ ސަބަބުން ހާސްކަން ކުޑަކޮށް ދެ އެވެ.

މެމްބަރު ރޮޒެއިނާ ސޭންޑްސް ސްޕާ ހުޅުވައިދެއްވަނީ-- ފޮޓޯ: ސޭންޑްސް ސްޕާ

ސޭންޑްސް ސްޕާގެ މާކެޓިން އެންޑް އޮޕަރޭޝަންސް ޑިރެކްޓަރު މަރިޔަމް ޝިޒްލީން ވިދާޅުވީ، ސްޕާގައި ބޭނުންކުރާނީ ގުދުރަތީ، ފެންވަރު ރަނގަޅު އުފެއްދުންތައް ކަމަށެވެ. ސޭންޑްސް ބްރޭންޑަކީ ރާއްޖެ އަށް މަޝްހޫރު ބްރޭންޑަކަށް ހަދައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވިޔަފާރި ފުޅާ ކުރުމަކީ އެންމެ ބޮޑު މަގުސަދު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އަބަދުވެސް ބަލާނީ ކަސްޓަމަރުގެ ހިތްހަމަޖެހުމާއި ސިއްހަތަށް. އެހެންކަމުން މި ސްޕާގައި އަޅުގަނޑުމެން މުޅިން ވެސް މި ބޭނުންކުރަނީ އޯގަނިކް ޕްރޮޑަކްޓުތައް. އަޅުގަނޑުމެންގެ އެންމެ ބޮޑު އުއްމީދަކީ މި ބްރޭންޑަކީ އެންމެނަށް ވެސް އެނގޭ ބްރޭންޑަކަށް ވުން،" ޝިޒްލީިން ވިދާޅުވި އެވެ.

ކަޕަލް މަސާޖްތަކަށް ހާއްސަ ރޫމް-- ފޮޓޯ: ސޭންޑްސް ސްޕާ

ސޭންޑްސް ސްޕާއިން ދޭ މަސާޖުތަކުގެ ތެރޭގައި ރިލެކްސިން މަސާޖާއި އެރޯމާ ތެރަޕީ މަސާޖު ދެނީ ގުދުރަތީ ފަތްޕިލާވެލިން ތައްޔާރުކޮށްފައިވާ ތެޔޮ ބޭނުންކޮށްގެންނެވެ. ކުޅިވަރު ކުޅޭ މީހުންނަށް ހާއްސަކޮށްގެން ދޭ ސްޕޯޓްސް ރިކަވަރީ މަސާޖުގައި ބޭނުންކުރަނީ އެކަމަށް ހާއްސަ ހާބަލް ބޮޑީ ކޮމްޕްރެސް އެވެ.

މީގެ އިތުރުން ޕެޑިކިޔޯގެ އެކި ޓްރީޓްމަންޓުތާކައި ފުޓް ބާތްސް އާއި ބޮޑީ ސްކްރަބްގެ ހިދުމަތްތައް ވެސް މި ސްޕާއިން ލިބޭނެ އެވެ. މި ސްޕާގައި ހުރިހާ ޓްރީޓްމަންޓަކަށް ވެސް ފުރިހަމަ ޕްރައިވެސީ ލިބޭނެ އެވެ.