ތަފާތު ބްރޭންޑުގެ އެންމެ ފަހުގެ ސައިކަލުތައް ރާއްޖޭގެ ބާޒާރަށް ނެރެމުން އަންނަ ލޮޓަސް ބައިކްސް އިން ޖީއެން 125 އެޗް ވިއްކަން ފަށައިފި އެވެ.
ލޮޓަސް ބައިކްސް އިން މީގެ ސައިކަލެއް ވިއްކަނީ 45،000ރ. އަށެވެ. މިއީ ރެޖިސްޓްރޭޝަން ފީއާ އެކު ދައްކަން ޖެހޭ އަދަދު ކަމަށް އެ ފިހާރައިން ބުންޏެވެ. މި ފިހާރައިން އެމްއެފްއެލްސީ އާއި އެމްއައިބީ އަދި ބީއެމްއެލްގެ ކްރެޑިޓް ސްކީމަށް ވެސް ސައިކަލް ލިބެން ހުރެއެވެ.
ޖީއެންގެ މި މޮޑެލްގައި މިހާރު ލިބެން ހުރީ ރަތް ކުލަ އާއި ކަޅު ކުލަ އެވެ. ނަމަވެސް އަންނަ އަހަރުން ފެށިގެން ނޫ ކުލަ އާއި ރިހި ކުލަ ވެސް ލިބޭނެ ކަމަށް ލޮޓަސް ބައިކްގެ އޮފިޝަލަކު ބުންޏެވެ.
ލޮޓަސްއިން ޖީއެންގެ މި މޮޑެލްގެ އިތުރުން ޖީއެން 125-2 އެފް ވެސް ލިބެން ހުންނާނެ އެވެ. މި ސައިކަލުތައް ލިބެން ހުންނާނީ 40،500ރ. އަށެވެ.
ލޮޓަސް ބައިކްސް އިން ވަނީ ފާއިތުވި ދެ މަސްދުވަހުގެ ތެރޭގައި ޔަމަހާ އެންއެކްސް 125 އާއި ލިއޮންސީނޯ 125 ވެސް ރާއްޖޭގެ ބާޒާރަށް ނެރެފަ އެވެ. ކުރިއަށް އޮތްތާނގައި ވެސް އާ ބްރޭންޑުތަކުގެ ސައިކަލުތައް އެ ފިހާރައިން ބާޒާރަށް ނެރޭނެކަމަށް ލޮޓަސް ބައިކްސްގެ އޮފިޝަލަކު ބުންޏެވެ.