ބޯޝް އެލާމް ސިސްޓަމަކީ ސެކިއުރިޓީ ފީޗާތައް ގިނަ މަޝްހޫރު ސިސްޓަމްތަކެއް--
22 ސެޕްޓެމްބަރ 2019 - 15:11
ދުނިޔޭގެ މަޝްހޫރު ބޯޝް ބްރޭންޑުގެ އެލާމް ސިސްޓަމްތައް ނައިން ޓީ ނައިން ފިހާރައިން ވިއްކަން ފަށައިފި އެވެ.
ޖަރުމަނުވިލާތުގެ މޮޅު އުފެއްދުމެއް ކަމަށްވާ ބޯޝް އެލާމް ސިސްޓަމަކީ ފައިސާ އާއި އަގުބޮޑު ތަކެތި ރައްކާތެރި ކޮށްފައި ހުންނަ ތަންތަނަށާއި ފިހާރަތަކަށް ވަރަށް ބޭނުންތެރި އެއްޗެކެވެ. މި އެލާމް ސިސްޓަމްގެ ސަބަބުން ގެއަށް ނުވަތަ ފިހާރަ އަށް ވަގަށް ވަދެއްޖެ ނަމަ އެކަން ވެރިފަރާތަށް އަންގައިދެ އެވެ.
ވައްކަންކުރުން ހުއްޓުވުމުގެ ގޮތުން ބައެއް މީހުން ސީސީޓީވީ ކެމެރާ ހަރުކުރި ނަމަވެސް މިފަދަ ސެކިއުރިޓީ ސިސްޓަމެއް ބެހެއްޓުމުން ރައްކާކޮށްފައި ހުންނަ ތަކެތި އިތުރަށް ރައްކާތެރި ކުރެވެ އެވެ. މިއީ ސެކިއުރިޓީ ގާޑަކަށް ވުރެ އިތުބާރު ހުރި ސިސްޓަމެއް ކަމަށް ވެސް ބައެއް މީހުން ގަބޫލުކުރެ އެވެ.
މޯބައިލް އެޕެއް ބޭނުންކޮށްގެން ވެސް އޮޕަރޭޓް ކުރެވޭ މި ސިސްޓަމްތަކުގައި ބޭނުންކޮށްފައި ހުންނަ ޓެކްނޮލޮޖީގެ ސަބަބުން އިންސާނުންނާއި އެހެން ތަކެއްޗާ ހުރި ތަފާތު ސިސްޓަމަށް އަންގައިދެ އެވެ. މީގެ ސަބަބުން ފޯލްސް އެލާމެއް ނާންނާނެ ކަމަށް ނައިން ޓީ ނައިން އިން ބުންޏެވެ.
ނައިން ޓީ ނައިން އިން މި ސިސްޓަމްތައް ރާއްޖޭގެ ބާޒާރަށް ނެރެފައިވާއިރު ސިސްޓަމްތައް ހަރުކޮށްދިނުމުގެ ހިދުމަތް ވެސް ދެއެވެ. މި ސިސްޓަމްތައް ހަރުކުރުމުގައި ހަރަކާތްތެރި ވާނީ ބޯޝްއިން ތަމްރީން ކޮށްފައިވާ ޓެކްނީޝަނުން ކަމަށް ނައިން ޓީ ނައިން އިން ބުންޏެވެ.
މި އެލާމް ސިސްޓަމް އިންސްޓޯލް ކުރަން ބޭނުންވާ ފަރާތްތަކުން ނައިން ޓީ ނައިން ޝޯރޫމް (3309010) އަށް ގުޅުއްވުމުން ސައިޓް ސާވޭކުރުމަށް ފަހު އަގު ފޮނުވައިދޭނެ އެވެ. މި ސިސްޓަމްތައް ފަށާ އަގަކީ 11،000ރ. އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސދފދސފ
22 September 2019
ތިއީ މީހަކު އައިސް ކޮށްދޭ ވަރަށް ވުރެ ފަސޭހައިން 11ހާސް ރުފިޔާއަށް ތީގެ 3 ސިސްޓަމް ލިބޭކަހަލަ އެއްޗެއް. އީބޭ ބައްލާވާ.
އަލީ އަހުމަދު
23 September 2019
އަނގައޮތީތީ އެއްޗެކޭ ކިޔަކަސް ކަމަކު ނުދާނެ. ބޯޝް ބްރޭންޑަކާ ޗައިނާގެ އަގުހެޔޮ އަންބްރޭންޑެޑް އެއްޗެއްސާ އަޅާ ނުކިޔޭނެ. ކައިރިވެސް ނުކުރެވޭނެ. ރަނގަޅަށް ތަންދޮރު އޮޅުން ފިލުވާފަ ވާހަކަ ދައްކަންވާނީ.