02 އޮކްޓޯބަރ 2019 - 17:22
ރާއްޖޭގެ ރީޓެއިލް ވިޔަފާރީގައި މަޝްހޫރު ރެޑްވޭވް އިން "މެގަ އޭސީ ސޭލް" އެއް ފަށައިފި އެވެ.
ރެޑްވޭވުން ގަލަންޒް ބްރޭންޑުގެ އިންވާޓާ އޭސީ އަށް ހާއްސަކޮށް ފެށި މި ޕްރޮމޯޝަންގެ ދަށުން ބޮޑު ޑިސްކައުންޓެއް ލިބޭނެ އެވެ. ރެޑްވޭވުން މި ބްރޭންޑުގެ އޭސީ ރާއްޖޭގެ މާކެޓަށް ތައާރަފްކުރި މިދިޔަ ހަފުތާގަ އެވެ. ގަލަންޒް ގްރޫޕަކީ އިލެކްޓްރޯނިކްސް އުފެއްދުމުގައި 40 އަހަރުގެ ތަޖުރިބާހުރި ކުންފުންޏެކެވެ.
ރެޑްވޭވުން ރާއްޖޭގެ ބާޒާރަށް ތައާރަފްކޮށްފައިވަނީ ގަލަންޒް ގެ އާކަސް ސީރީސްގެ L71 އެވެ. މި އެއާކޮންޑިޝަނާ އަކީ ތްރީޑީ ޑީސީ އިންވާޓާ ޓެކްނޮލޮޖީ ހިމެނޭ ގޮތަށް އުފައްދާފައިވާ އަދި ޚަރަދުކުޑަ އޭސީއެކެވެ.
ގަލަންޒް އިންވާޓާ އޭސީގައި ހިމެނެނީ، ޖަޕާނު ޓެކްނޮލޮޖީގެ ކޮންޕްރެސަރެކެވެ. ތިމާވެއްޓާ ރައްޓެހި މި އޭސީ އަކީ އަޑު އެހާމެ މަޑު އަދި އަވަހަށް ފިނިކޮށްދިނުމުގެ ގާބިލްކަން ލިބިފައިވާ އޭސީއެކެވެ. މި ޕްރޮމޯޝަންގެ ދަށުން ރެޑްވޭވުން ގަލަންޒް ބްރޭންޑްގެ ތިން ސައިޒެއްގެ އޭސީ ހެޔޮ އަގެއްގައި ލިބޭނެ އެވެ. ރެޑްވޭވުން ބުނީ މިއީ އިންވާޓާ އޭސީ އެއް ގަންނަން ބޭނުންވާ މީހުންނަށް ރަނުގެ ފުރުސަތެއް ކަމަށެވެ. ރެޑްވޭވްގެ އަމާޒަކީ އޭސީ ގަންނަ ކަސްޓަމަރުންނަށް ހެޔޮ އަގެއްގައި ކޮލިޓީ ބްރޭންޑްތަކުގެ އުފެއްދުންތައް ފޯރުކޮށްދިނުން ކަމަށް އެ ކުންފުނިން ބުންޏެވެ.
- 9000 ބީޓީޔޫގެ އިންވާޓާ އޭސީ: 4،840 ރުފިޔާ
- 12000 ބީޓީޔޫގެ އިންވާޓާ އޭސީ: 5،890 ރުފިޔާ
- 18000 ބީޓީޔޫގެ އިންވާޓާ އޭސީ: 7،890 ރުފިޔާ
މި އޭސީ އަށް އެއް އަހަރުގެ ދުވަހުގެ ވޮރެންޓީ ލިބޭނެ އެވެ. އަދި މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި އުޅޭ ކަސްޓަމަރުންނަށް ހިލޭ އިންސްޓޮލޭޝަން ލިބޭނެ އެވެ. ހިލޭ އިންސްޓޮލޭޝަން ލިބޭނީ މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ.
މި އޭސީ މޯލްޑިވްސް އިސްލާމިކް ބޭންކާއި އެމްއެފްއެލްސީ އަދި ބީއެމްއެލް އިސްލާމިކްގެ ކްރެޑިޓް ސްކީމްގެ ދަށުން ވެސް ކަސްޓަމަރުންނަށް ލިބޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy