ދިރާގު މަގޭ މެމޯގެ މައުލޫމާތު އެ ކުންފުނީގެ ސްޓޯލުން ލިބޭނެ-- ފޮޓޯ:ހުސައިން ވަހީދު/މިހާރު
18 އޮކްޓޯބަރ 2019 - 20:06
ދިރާގުން "މަގޭ މެމޯ" ގެ ނަމުގައި، ޑޮކްޓަރަށް ދައްކަން އެޕޮއިންޓްމަންޓް ހައްދާނެ ފަސޭހަ ހިދުމަތެއް ތައާރަފްކުރަން ތައްޔާރުވެއްޖެ އެވެ.
މި ހިދުމަތް ދިރާގުން އިއުލާންކުރީ މިއަދު ފެށި މޯލްޑިވްސް މެޑިކަލް އެކްސްޕޯގަ އެވެ.
ދިރާގުން ބުނީ އެ ކުންފުނިން ތައްޔާރުކުރާ މި އެޕްލިކޭޝަނުން އެކި ކްލިނިކްތަކުގެ ޑޮކްޓަރުންނަށް ފަސޭހަކަމާ އެކު އެޕޮއިންޓްމަންޓް ހެއްދޭނެ ކަމަށެވެ. އަދި ހޮސްޕިޓަލުގައި ހޭދަކުރަންޖެހޭ ވަގުތު މަދުވާނެ ކަމަށް ވެސް ދިރާގުން ބުންޏެވެ.
މި އެޕްލިކޭޝަން ބޭނުންކޮށްގެން އެޕޮއިންޓްމަންޓް ހައްދާ މީހުންނަށް އެޕް ބޭނުންކޮށްގެން ފައިސާ ވެސް ދެއްކޭނެ އެވެ. އަދި އެޕޮއިންޓްމެންޓުގެ އަޕްޑޭޓު ވެސް އެޕުން ބަލައިލެވޭނެ އެވެ.
ދިރާގުން ބުނީ އެ ކުންފުނިން މި އެޕް ތައްޔާރުކުރުމުގައި ހޮސްޕިޓަލްތަކުގެ އެޕޮއިންޓްމަންޓް ހައްދާ ނިޒާމް ދިރާސާ ކޮށްފައިވާ ކަމަށާއި ދިރާގުގެ އެޕުން އެޕޮއިންޓްމަންޓްތައް މެނޭޖުކުރަން ފަސޭހަވާނެ ކަމަށެވެ.
މި އެޕްލިކޭޝަނާ ގުޅޭ މައުލޫމާތު މެޑިކަލް އެކްސްޕޯގައި ދިރާގުން ބަހައްޓާފައިވާ ސްޓޯލުން ލިބޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުމީހާ
19 October 2019
ބަަލަ އިންޓަރނެޓް އަގުހެޔޮކޮށްދީބަލަ. އަފްގާނިސްތާނަށް ވުރެ މިގައުމުގައި އިންޓަރނެޓް އަގުބޮޑު.
އާޒިމާ
19 October 2019
އަނގައިން ބުނަން އޮތް އެތި ބޮޑު.
އަލީޒާ
19 October 2019
މޮނޮޕޮލީ ކުރަނީ ސަރުކާރުން އެބަޖެހޭ ދިރާގު އުރިދޫ ހުއްޓުވަން. ދޭ ހިދުމަތްގަނޑު އަގުބޮޑު ސްލޯ އެކަން ހައްލު ކޮއްބަލަ.
ދަގަންފާނު
19 October 2019
ވ ރަނގަޅު، އަދި ވ ރަނގަޅުވާނެ ދިރާގު އެކިކަހަލަ އެޕްގެ ބަދަލުގަ މައި އެޕް ބޭނުން ކޮންގެން ހުރިހާ ހިދްމަތެއް ލިބެންޏާ. މިސާލަކަށް، ދިރާގު އެޕަށް ވަނީމަ، ދިރާގު ޕޭ، ދިރާގު ޓީވީ، މަމެން، ދެންތިބުނާ އެޕް.. އިރު އިރު ކޮޅާ އެޕެއްގަ ރަޖިސްޓަރ ވުމަކީ އެހާ ކަސްޓަމާ ފުރެންޑްލީ ކަމެއްނޫން..
ހަކީމް
19 October 2019
ހުރިހާ ތަނަކަށް އަތްބާނައިގެން ހުރިހާ އެއްޗެއް ކާންވެގެން އުޅޭ ބަޔެއް.
އެޑަމު
19 October 2019
އިންޓަނެޓް އަގުހެޔޮ ނުކޮށް ތި ދައްކާ އެއްވެސް ދަޅައެއް ބަލާކަށް ބޭނުމެއް ނޫން. ފުރަތަމަ އިންޓަނެޓްގެ ޚިދުމަތް ރަނގަޅުކޮށް އަގުތައް އަތްފޯރާ ފަށަށް ތިރިކުރޭ.
ކޮތަރު
18 October 2019
މެމޯ ގެ މާނައަކީ ކޮބައިތޯ؟ އިގިރޭސިބަހުގަ މެމޯ އަކީ މެމޮރަންޑަމް.
ރަށުމީހާ
18 October 2019
ދިރާގަށް ވެދުން މިހާރުވެސް މި އުޅެނީ 4ޖީ ލޯޑުނުވެން ދެން ކޮން އެޕެއް ތޯ ތިހައްދަވަނީ ފުރަތަމަ ފުރަތަމަކަންތައް ރަގަޅުކޮއްބަލަ ދެން ވެދުން
މެމޯ
19 October 2019
ކޮއިފުޅަ ދިރާގުން ހަދާ އެޕަށް އޫރިދޫ ނެޓް ވޯކް އިން ވަދެވޭނެ.