13 ނޮވެމްބަރ 2019 - 07:01
ސެމްސަން ގެލެކްސީ އެސް10 ގެ ވާހަކަ މާޒީވީ އެވެ. ދެން ދައްކަން އޮތީ އެސް11 ގެ ވާހަކަ އެވެ. ކުންފުނިތަކުން ނެރޭ ފޯނުތަކާ ބެހޭ މައުލޫމާތު ދުރާލައި، އިތުބާރު ހިފޭ ގޮތަށް އާންމުކޮށްގެން ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވާ އިވެން ބްލާސް ބުނާ ގޮތުގައި ސެމްސަންގުން ގެލެކްސީ އެސް11 ގެ ފަސް މޮޑެލެއް ނެރޭނެ އެވެ.
އޭނާ އާންމުކޮށްފައިވާ މި ސީރީޒްގެ މޮޑެލްތަކުގެ ބައެއް ސްޕެސިފިކޭޝަންތަކަށް ބަލާއިރު، އެސް11 ގެ ފަސް މޮޑެލް ނެރޭނީ ތިން ސައިޒެއްގަ އެވެ. އެގޮތުން އެންމެ ކުޑަ ސައިޒު އެސް10 ގެ އެންމެ ބޮޑު ސައިޒާ އެއްވަރުވާނެ އެވެ. ދެން ސައިޒްތައް އުޅޭނީ 6.4، 6.7 އަދި 6.8 އިންޗީގެ ސްކްރީނާ އެކީގަ އެވެ.
Samsung Galaxy S11, S11 Plus, and S11e display sizes leaked#Samsung #GalaxyS11Family #GalaxyS11Series #GalaxyS11_Series #GalaxyS11 #GalaxyS11e #GalaxyS11Plus #Smartphones #specs #features https://t.co/iwys6lDZ9q pic.twitter.com/9PoIUlcuY0
— Mobile57 (@mobiles57) November 9, 2019
ބްލާސް ހިއްސާކުރާ މައުލޫމާތުތަކަށް ބަލާއިރު އެސް11 ގެ އެންމެ ކުޑަ ދެ ސައިޒް ނެރޭނީ 5ޖީ އާއި އެލްޓީއޭ ވޭރިއަންޓާ އެކީގަ އެވެ. އަދި އެންމެ ބޮޑު ސައިޒަށް ލިބޭނީ ހަމައެކަނި 5ޖީ އެވެ.
މީގެ އިތުރުން އެސް11 ގެ ފަސް މޮޑެލްގައި ވެސް ހުންނާނީ ކާވްޑް-އެޖް ޑިސްޕްލޭ އެވެ. އަދި މޮޑެލްތަކުގެ ކެމެރާތައް ކުރީގެ މޮޑެލްތަކަށް ހުރިހާ ގޮތަކުން ވެސް ތަފާތުވާނެ އެވެ. ކެމެރާއަކީ 108 އެމްޕީގެ ކެމެރާ ކަމަށްވެ އެވެ.
ބްލާސް ބުނާގޮތުގައި އާ މޮޑެލް ނެރެނެ ކަމަށް ބެލެވެނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ސެމްސަންގުން ބާއްވާ ބޮޑު އިވެންޓްގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ނޫސްކިޔާ މީހާ
17 November 2019
ކީންތަވާނީ އަގުޖަހާލާނަމަ