އެސްޓީއޯގެ "އިޔާ އެންޑް ސޭލް" މިއަދު ފަށައިފި އެވެ.
މި ސޭލް ރަސްމީކޮށް ފައްޓަވައިދެއްވީ އެ ކުންފުނީގެ ރިސްކް ޑިޕާޓްމެންޓްގެ ޖެނެރަލް މެނޭޖަރު މުހައްމަދު މުރާދެވެ.
އެސްޓީއޯގެ ހުރިހާ ފިހާރަތަކެއް ހިމެނޭ ގޮތަށް ކުރިއަށް ގެންދާ މި ސޭލް މިއަދުން ފެށިގެން އަންނަ ޑިސެމްބަރު މަހުގެ ނިޔަލަށް އޮންނާނެ އެވެ. އެސްޓީއޯ އިން ވިއްކާ ތަކެތިން 50 ޕަސެންޓާ ހަމައަށް ސޭލް ގައި ޑިސްކާއުންޓް ލިބޭނެ އެވެ.
އެސްޓީއޯ އިން ކޮންމެ އަހަރަކު ވެސް ބާއްވާ މި ސޭލް ގައި އެއްވަނަ އިނާމަކަށް މި އަހަރު ހުށަހަޅާފައި ވަނީ ދެ މީހަކަށް އިންޑިއާގެ ޗެއްނާއީ ދެކޮޅު ޓިކެޓެވެ. ޗެންނާއީ ގައި ހުރުމުގެ ހަރަދުތައް ވެސް ހަމަޖައްސާނީ އެސްޓީއޯ އިންނެވެ.
ދެވަނަ އިނާމަކަށް ފުވައްމުލަކު ދެކޮޅު ޓިކެޓް ދެ މީހަކަށް ހުރުމާ އެކު ލިބޭ އިރު ތިންވަނަ އިނާމަކަށް ލިބޭނީ އައިފޯން11 އެކެވެ.
އެސްޓީއޯގެ މި އަހަރުގެ އިޔާ އެންޑް ސޭލްގެ ޕާޓްނަރަކީ ގައުމީ އެއާލައިން މޯލްޑިވިއަން އެވެ.