މީރާ އިން ބަޔަކު ހިދުމަތް ހޯދަނީ: ފައިސާ ދައްކަން ދަތި މީހުންނަށް ލުއި ގޮތްތަކެއް އެ އިދާރާއިން ވަނީ ހަމަޖައްސާފައި --ފޮޓޯ: ނިޝާން އަލީ/މިހާރު
02 ޑިސެމްބަރ 2019 - 15:57
ދައްކަންޖެހޭ ޓެކުހާއި އެހެނިހެން ފައިސާ ދެއްކުމަށް ދަތި މީހުންނަށް ލުއި ގޮތްތަކެއް ހޯދައިދިނުމަށް މީރާގެ އެންފޯސްމަންޓް ޕޮލިސީ އަށް ބަދަލުތައް ގެނެސްފި އެވެ.
އިއްޔެއިން ފެށިގެން އަމަލުކުރަން ފަށާފައިވާ މި ޕޮލިސީގައި ބުނެފައިވާ ގޮތުން ފައިސާ ދެއްކުމުގައި ލުއި ގޮތްތަކެއް ހޯދައިދީފައިވަނީ އަންނަ އަހަރުގެ 29 ފެބްރުއަރީގެ ނިޔަލަށް އިންސްޓޯލްމަންޓަށް ފައިސާ ދެއްކުމަށް ހުށަހަޅާފައިވާ މީހުންނަށެވެ. އެގޮތުންް، އާންމުކޮށް އިންސްޓޯލްމަންޓް ދިނުމުގައި ދައްކަންޖެހޭ ކޮމިޓްމަންޓް ޕޭމަންޓަށް ވުރެ ކުޑަ ކޮމިޓްމަންޓް ޕޭމަންޓެއް ދެއްކުމުން އިންސްޓޯލްމަންޓް އެއްބަސްވުމަކަށް އާދެވޭނެ ކަމަށް މީރާއިން ބުންޏެވެ.
މި އިސްލާހުގެ ސަބަބުން އާންމު އުސޫލުން އިންސްޓޯލްމަންޓް ހަމަޖައްސައިދޭ މުއްދަތަށް ވުރެ ދިގު މުއްދަތަކަށް އިސްޓޯލްމަންޓަށް ފައިސާ ދެއްކޭ ގޮތް ހަމަޖެހިގެންދާނެ ކަމަށް ވެސް މީރާ އިން ބުނެ އެވެ.
މީރާއިން ބުނީ މި އިސްލާހުގެ ސަބަބުން ފައިސާ ދައްކަން ދަތިވެފައިވާ މީހުންގެ ތެރެއިން ގިނަ ބަޔަކު އިންސްޓޯލްމަންޓަށް ފައިސާ ދައްކަން އެދޭނެކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި މިފަދަ އިސްލާހުތައް އެންފޯސްމަންޓް ޕޮލިސީ އަށް އެކި ފަހަރުމަތިން ގެންނަމުން އަންނަ ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުފުހުފު
02 December 2019
ކަރަންޓުވެސް އަދި ފެންވެސް ކަނޑަނީ. ސަރުކާރުން ދޭންޖެހޭފައިސާނުދީގެން އެމައްސަލަދިމާވަނީ މަދެއްކޮށް ނޫން.
ބާން
02 December 2019
ދޯދިޔާވާން ހުޅުވުނު ނުބައި ދޮރެއް.
ހަސަނުބޭ
02 December 2019
ޖީއެސްޓީ ދައްކަން ތިފަސޭހަ ދީގެންނުވާނެ! އަހަރަމެން އަތުން ވަގުތުން ނަގާ ޖީއެސްޓީ ވަގުތުން ޖެހޭނެ މީރާއަށްދޭން!
ޔާނު
02 December 2019
ދަރަންޏަށް ބިލުހަދާފަ ދޭ މުދަލަށް ވެސް ވަގުތުން ޖެހޭ ޖީއެސްޓީ ދައްކަން ސަރުކާރު އޮފީހަކަށް ބިލު ހަދައިފިއްޔާ އަހަރު ވެސް އެބަވޭ ޕޭމަންޓް ނުލިބި
ބިލް ސައިޒް މޯބަލް ފޯނު
02 December 2019
ލާރިއަށް ބޫތް ވެފައި ތިބި ސަރުކާރަކުން ރައްޔިތަކަށް ލުޔެއް ދޭނެތަ؟ ކޮބާ ކުޑަކުރަން ބުނި ކަރަންޓް ބިލް..ކޮބާ ކުޑަ ކުރަން ބުނި ފެން ބިލް..
ގޯސް
02 December 2019
ހަނަ އަސުލުވެސް އެމްޑީޕީ ގެ ސަބަބުން ކުދިވިޔަފާރިއެއް ކުރެވޭކަށްނެތް. ޓެކްސްތައް އިންތިހާއަށް ނެގުމަށްފަހު ބިޔަމުސާރަ އާއި އާއިލީ އެންމެންނަށް މަގާމު. މިކަން ހަޖަމެއްނުވޭ.
ދިމިގުރާތީ
02 December 2019
މީހުން ހަނާކުރަނީ ... އޭގެ ފައިދާ އަރާމުގައި ތިބި ވެރިންގެ ޖީބަށް
ހުސެންދަރި
02 December 2019
ކުދި ވިޔަފާރިވެރިންގެ ހަލާކު މީރާ އަކީ. މަރުވީމަވެސް ޖޫރިމަނާއަކުން ސަލާމަތް ނުވޭ. ކަށްވަޅުގަ އޮންނަ އިރުވެސް ޖޫރިމަނާ އަރާވަރަކުން އަރަމުންދޭ. މިކަހަލަ ތާކުންތާކު ނުޖެހޭ މުއްދަތެއް ނެތް ޖޫރިމަނާތައް ނުކުރެވޭ ގޮތަށް ގާނޫނުތައް ބަދަލުކުރަން އެބަ ޖެހޭ. ފައިސާ ނުދައްކާ މީހުންގެ އެކައުންޓްތައް ފްރީޒްކުރެވެން އޮއްވާ ކީއްކުރާ ޖޫރިމަނާއެއްތަ؟ ފަރީޒް ކޮށްފަ ނަގަން ބޭނުން އެއްޗެއް ނަގާބަލަ. ހެޔޮނުވާނެ.