27 މާޗް

March 27, 2020 13
ޓެކްސް ދެއްކުމުގައި ލުއިތަކެއް މީރާއިން ދެނީ

ކޮވިޑް-19 އާ ގުޅިގެން، ޓެކްސް ދެއްކުމުގައި އިންސްޓޯލްމަންޓް އުސޫލުން އިތުރު ލުއިތަކާ އެކު ޓެކްސް ދެއްކޭނެ ގޮތް މޯލްޑިވްސް އިިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހަމަޖައްސައިފި އެވެ.

11 މާޗް

March 11, 2020 1
މިދިޔަ މަހު ދައުލަތަށް 1.4 ބިލިއަން ލިބުނު

މިދިޔަ މަހު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް ދައުލަތަށް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހާ އަޅާބަލާއިރު 12 ޕަސެންޓް އިތުރުވެ 1.4 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

29 ފެބުރުއަރީ

February 29, 2020 7
އިންކަމް ޓެކްސްއާ ބެހޭގޮތުން ފަނޑިޔާރުން މައުލޫމާތުދީފި

އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނާ ބެހޭގޮތުން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހައި ކޯޓުގެ ފަނޑިޔާރުންނަށް މައުލޫމާތު ދެއްވައިފި އެވެ.

24 ފެބުރުއަރީ

February 24, 2020 50
އެއާޕޯޓް ޓެކްސްއާ ހެދި މަޖިލީހުގައި ބޮޑު ޒުވާބެއް

ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ނަގަމުން އަންނަ ފީ އާއި ޓެކްސް އިތުރުކުރާ ގޮތަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅުމުން މިއަދުގެ ޖަލްސާގައި އިދިކޮޅު މެމްބަރުންނާއި ސަރުކާރު މެމްބަރުންގެ މެދުގައި ޒުވާބެއް ހިނގައިފި އެވެ.

18 ފެބުރުއަރީ

February 18, 2020 17
ޖީއެސްޓީ ގާނޫނު އިސްލާހުކުރަން އާންމުންގެ ޚިޔާލު ހޯދަނީ

މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ (ޖީއެސްޓީ) ގާނޫނަށް ގެންނަންޖެހޭ އިސްލާހުތަކާ މެދު އާންމުންގެ ޚިޔާލަށް ހުޅުވާލައިފި އެވެ.

14 ފެބުރުއަރީ

February 14, 2020 2
ގއ. ވިލިނގިލީގައި މީރާގެ ސެންޓަރެއް ހުޅުވައިފި

ދައުލަތުގެ ޓެކްސް އިދާރާ މީރާގެ ކަލެކްޝަން ސެންޓަރެއް ގއ. ވިލިނގިލީގައި އިއްޔެ ހުޅުވައިފި އެވެ.

12 ފެބުރުއަރީ

February 12, 2020 5
މިދިޔަ މަހު ދައުލަތަށް 1.8 ބިލިއަން ރުފިޔާ ލިބުނު

މިދިޔަ ޖެނުއަރީ މަހު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް ދައުލަތަށް 1.81 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށް އެ އިދާރާ އިން ބުނެފި އެވެ.

11 ޖެނުއަރީ

January 11, 2020 5
މީރާއަށް 16 ބިލިއަން، ތިން ޕަސެންޓްގެ އިތުރުވުމެއް

މިދިއަ އަހަރު މީރާއަށް ލިބުނު 16.79 ބިލިއަން ރުފިޔާއަކީ ލިބޭނެ ކަމަށް ލަފާކުރި މިންވަރަށް ވުރެ 2.9 ޕަސެންޓް އިތުރު އަދަދެއް ކަމަށް، އެ އިދާރާ އިން ބުނެފި އެވެ.

08 ޖެނުއަރީ

January 08, 2020 34
އިންކަމް ޓެކުހާ އެކު ކުލި ބޮޑުކުރާކަށް ނުޖެހޭ

ޖަނުވަރީ 1، 2020 އިން ފެށިގެން އާމްދަނީން ޓެކްސް ނަގަން ފަށާފައިވާއިރު، މިހާރު އެންމެ ބާރަށް ދެކެވޭ އެއް ވާހަކަ އަކީ އިންކަމް ޓެކްސްއާ އެކު، ގޯތިގެދޮރުގެ ކުލި ބޮޑުކުރަން ފެށި ވާހަކަ އެވެ. ނޫސްތަކުންނާއި ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ރައްޔިތުންގެ ގިނަ ބަޔަކު މި ވާހަކަ ދަނީ ދައްކަމުންނެވެ. ދައްކާ ވާހަކަތަކުގައި ހަގީގަތެއް...

01 ޖެނުއަރީ

January 01, 2020 26
އިންކަމް ޓެކްސް ނަގަން ފަށައިފި

އާ އަހަރާ އެކު، ރާއްޖޭގައި ފުރަތަމަ ފަހަރަށް އިންކަމް ޓެކްސް ނެގުން މިއަދުން ފެށިގެން ކުރިއަށް ގެންދާނެ އެވެ.

24 ޑިސެމްބަރ

December 24, 2019 9
ޖެނުއަރީން ފެށިގެން ރެމިޓެންސް ޓެކްސް ނުނަގާނެ

އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނާ އެކު، ބިދޭސީން އަތުން ނަގަމުން އަންނަ ރެމިޓެންސް ޓެކްސް ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުގެ ފެށިގެން ނަގަން ނުޖެހޭނެ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފި އެވެ.

19 ޑިސެމްބަރ

December 19, 2019 13
ޑިވިޑެންޑުގެ ޓެކްސް: އެންމެ ފަހުން މިވީ ކިހިނެއް؟

އާމްދަނީން ޓެކްސް ނެގުމުގެ ބިލުގެ ބަހުސްގެ ތެރެއިން ރައްޔިތުންގެ މަޖިލީހާއި އާންމުންގެ މެދުގައި އެއް މައުލޫއެއްގައި އެންމެ ހޫނު ބަހުސެއް ދިޔައީ ކުންފުނިތަކުގެ ހިއްސާދާރުންނަށް ބަހާ ޑިވިޑެންޑުން ޓެކްސް ނެގުމާ މެދުގަ އެވެ. އެއް ބަޔަކު، ޑިވިޑެންޑުން ޓެކްސް ނެގުމަކީ އެއް އާމްދަނީއަކުން ދެ ފަހަރު ޓެކްސް ނެގުން ކަމަށް ބުނެ އެވެ....

11 ޑިސެމްބަރ

December 11, 2019
މިދިޔަ މަހު ދައުލަތަށް 1.15 ބިލިއަން ރުފިޔާ ލިބުނު

މިދިޔަ މަހު މީރާ އިން 1.15 ބިލިއަން ރުފިޔާ ބަލައިގެންފައިވާ ކަަމަށް އެ އިދާރާ އިން ބުނެފި އެވެ.

05 ޑިސެމްބަރ

December 05, 2019 6
އިންކަމް ޓެކްސް ދައްކަން އޯކޭ، އެކަމަކު ސުވާލުތަކެއް!

އެކަކު ބުންޏެވެ؛ "އިންކަމް ޓެކްސް ދައްކަން ތައްޔާރެވެ! އެކަމަކު މިކަންކަން ވާނެ ހެއްޔެވެ؟"

02 ޑިސެމްބަރ

December 02, 2019 8
ޓެކްސް ދައްކަން ދަތި މީހުންނަށް ލުޔެއް

ދައްކަންޖެހޭ ޓެކުހާއި އެހެނިހެން ފައިސާ ދެއްކުމަށް ދަތި މީހުންނަށް ލުއި ގޮތްތަކެއް ހޯދައިދިނުމަށް މީރާގެ އެންފޯސްމަންޓް ޕޮލިސީ އަށް ބަދަލުތައް ގެނެސްފި އެވެ.

27 ނޮވެމްބަރ

November 27, 2019 24
އިންކަމް ޓެކްސްގެ އަދަދު ބޮޑުކުރަން ކޮމިޓީން ފާސްކޮށްފި

އިންކަމް ޓެކްސް ނަގާ އާމްދަނީގެ އެންމެ ދަށް ސީލިންގެ ގޮތުގައި 60،000ރ. ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލިހުގެ މުޅި ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

26 ނޮވެމްބަރ

November 26, 2019 8
މީރާގެ ބޯޑުގެ ޑެޕިއުޓީ ޗެއާޕާސަންކަން ލީނާ އަށް

ދައުލަތުގެ ޓެކްސް އިދާރާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ބޯޑުގެ ޑެޕިއުޓީ ޗެއާޕާސަން ކަމަށް ލީނާ މުހައްމަދު ޒާހިރު ހުސައިން މިއަދު ހަމަޖައްސައިފި އެވެ.

19 ނޮވެމްބަރ

November 19, 2019 4
އިންކަމް ޓެކްސްގެ ބިލް ކޮމިޓީ އަށް

އާމްދަނީން ޓެކްސް ނެގުމުގެ ބިލަށް ރައްޔިތުންގެ މަޖިލީހުގައި ބަހުސް ކުރުމަށް ފަހު، އެ ބިލް އިތުރަށް ދިރާސާ ކުރުމަށް ކަމާ ގުޅޭ ކޮމިޓީ އަށް މިއަދު ފޮނުވައިފި އެވެ.

10 ނޮވެމްބަރ

November 10, 2019 1
ޕެޑުން ނަގާ ޓެކްސް ޖަރުމަނުން އުވާލައިފި

އަންހެނުންގެ މައްސަރު މައްސަލަތަކަށް ބޭނުންކުރާ ސެނިޓަރީ އުފެއްދުންތައް "ލަގްޒަރީ" އައިޓަމްތަކެއްގެ ގޮތުގައި ހިމަނާފައި އޮތް އޮތުން ބާތިލުކޮށް، އެފަދަ ބާވަތްތަކުން ނަގަމުން ދިޔަ ޓެކްސް އަންނަ އަހަރުން ފެށިގެން ނުނަގަން ޖަރުމަނުން ބުރާސްފަތި ނިންމައިފި އެވެ.

28 އޮކްޓޯބަރ

October 28, 2019 11
މީރާ އަށް ފަތުހުﷲ އައްޔަންކުރަން މަޖިލިހުން ފާސްކޮށްފި

ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ކުރީގެ ޑިރެކްޓަ ޖެނެރަލް ފަތުހުﷲ ޖަމީލް އައްޔަން ކުރަން ރައްޔިތުންގެ މަޖިލިހުން...

October 28, 2019 24
ޓެކްސް ނަގަންޖެހޭނީ ވިޔަފާރިތަކަށް ދަތިނުވާ ގޮތަށް

ސަރުކާރުން ޓެކްސްތައް ނަގަން ޖެހޭނީ ވިޔަފާރިތަކަށް ދަތިނުވާ ގޮތަށާއި ވިޔަފާރިތައް ކުރިއަރާނެ ނިޒާމެއް ސަރުކާރުން ގާއިމުކޮށްދޭ ގޮތަށް ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ...