ރާއްޖޭގެ ރިސޯޓެއް ހެދުމުގެ މަސައްކަތް ކުރިއަށްދަނީ-- ފޮޓޯ:އޯސީސީއާރުޕީ
06 ޑިސެމްބަރ 2019 - 11:34
މާލެ ކައިރީގައި ރިސޯޓެއް ތަރައްގީކުރަން އިންޑިއާގެ ކުންފުންޏަކަށް ދޫކުރި ފަޅެއް އެހެން ބަޔަކަށް ވިއްކާލުމުގެ މުއާމަލާތުގެ ކުރިން، ދަރަންޏެއް އޮތްތޯ ބަލަން، ޓޫރިޒަމް މިނިސްޓްރީން އިއުލާންކޮށްފި އެވެ.
އަންސާނާ އިހުރު ރިސޯޓާއި ގްރޭންޑް ޕާކް ކޮށްދިއްޕަރު ރިސޯޓާ ދެމެދު އޮންނަ މި ފަޅުގައި ރިސޯޓެއް ހަދަން ދޫކޮށްފައި އޮތީ އިންޑިއާގެ އޭޖީ ހޮލްޑިންގްސް އަށެވެ.
ޓޫރިޒަމް މިނިސްޓްރީގެ އިއުލާންގައި ބުނެފައިވަނީ އެ ފަޅު ކުއްޔަށް ދޫކޮށްފައިވާ ފަރާތަަށް ލީސް އެގްރީމެންޓްގެ ދަށުން ލިބިފައިވާ ހުރިހާ ހައްގުތަކެއް އެހެން ބަޔަކާ ހަވާލުކުރަން އެދިފައިވާ ކަމަށެވެ. އެހެންކަމުން އެއްވެސް މައްސަލައެއްވާނަމަ 16 ޑިސެމްބަރުގެ ކުރިން އެކަން މިިނިސްޓްރީއަށް އަންގަން ޖެހޭނެ ކަމަށް ވެސް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.
ލީސް އެގްރީމެންޓް ބަދަލުކުރުމަށް އެދި ހުށަހަޅާފައިވާ ފަޅަކީ އަންސާނާ އިހުރު ރިސޯޓާއި ގްރޭންޑް ޕާކް ކޮށްދިއްޕަރު ރިސޯޓު ދޭތެރޭގައި އޮންނަ ފަޅެކެވެ. ރިސޯޓު ތަރައްގީ ކުރުމަށް މި ފަޅު ކުއްޔަށް ދޫކޮށްފައިވަނީ އިންޑިއާގެ ކުންފުންޏެއް ކަމުގައިވާ އޭޖީ ހޮލްޑިންގްސްއާ އެވެ.
ރާއްޖޭގައި މިހާތަނަށް 151 ރިސޯޓެއްގައި އަންނަނީ ހިދުމަތް ދެމުންނެވެ. އިތުރު 115 ރިސޯޓެއްގެ މަސައްކަތް މިހާރު ކުރިއަށްދާ ކަން ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ހާމަވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހްމަދު މުހައްމަދު
07 December 2019
ދިވެހިރާއްޖޭގައި 500 ރިސޯރޓް ހަދާކަށް ނުޖެހޭ. ދިވެހިންގެ ވެއްޓާ ސަރަހައްދުން އާންމު ރައްޔިތުންނަށް އެއްވެސް މިންވަރެއް ހައްގުނުވަނީތޯ؟ދެން މުޅި މާހައުލު ޞިނާޢީ އިންޑަސްޓްރީއަކަށްހެދީމަޔޯ؟
ޖީއެމްއާރު. ގަމާރު
07 December 2019
2010 ގައި އިންޑިޔާއަށް ވިއްކި ފަޅެކޯ. އަނެއްކާ ޗައިނާއަށް ފަޅެއް ވިއްކާފައި އެބައޮތްބާ؟
ކައްކާ
06 December 2019
އަހަރެމެން ދުވަހަކުވެސް އަޑެއްނާހަން އިންޑިއާގެ ޓުރިވެންޑުރަމް ވިއްކަން ދިވެހި ކުންފުންޏަކުން އިއުލާންކޮށްގެން އުޅޭ ހަބަރެއް.
ރައްޔިތުންގެ ޓެސްފައިސާ
06 December 2019
މިހާރު މިއުޅެނީ އިންޑިޔާ ގެ މި ކުންފުނި އަށް ވީގެއްލުމުގެ ބަދަލޭ ކިޔާގެން ރައްޔިތުން ގެ ޓެކްސް ފައިސާއިން އޮޅުވާލައިގެން ބަދަލޭ ކި ގަދަ ލާރި ދެން
އިސްމާއިޅް އަބުދުﷲ
06 December 2019
ކީއްވެތޯ ސަރުކާރުން ދޫކުރި ފަރާތް ފިޔަވާ އެހެން ބަޔަކަށް ވިއްކާލެވެންވީ.
ދަތްނެތްކުއްޖާ
06 December 2019
ބަލަ ރައްޔިތުންގެ ހަރު މުދާ ރައްޔިތުންނަށް އެނގުމެއްނެތި ރައްޔިތުންގެ ބަހެއް ހޯދުމެއްނެތި ތަމެންވެސް ހަމަ ވެރި ކަމަށް އަރާފައި ތިޔަ ކަން ކުރަނީ ހަމަ ހިތައް އެރިގޮތަ ކަށް. ބަލަ ތިގޮތަ ކަށް ތި ކަމެއް ނު ކުރެވޭނޭ ރައްޔިތުން އެދަނީ އަޑަށް ބާރުލާފައި ގޮވަމުން. ހެޔޮ ނުވާނެ ރައްޔިތުންގެ ހަރު މުދާތަ ކަށް ތިގޮތުގައި ތަމެން އިޙުމާލުވާ ކަށް. އަންނަން އޮތް ޖީލުގެ މުސްތަޤުބަލު ކޮބާ!
ޚާލި
07 December 2019
ނޭގެމަށަކަށް. މި ހީވަނީ ސަރު ކާރަކަށް އިސްވާ ބައެއްގެ ހަރު މުދާ ގަޑެއްހެން ދައުލަތަކީ! މި ކިހާ ބޮޑުވެއްޖެ މުޞީބާތެއް!
ދާއިރާ
06 December 2019
ހަބަރު ކިޔާލީމަ ސާފުވި ކަމަކީ ފުރަތަމަ ނެގި ފަރާތުން އެމީހުނަަށްލިބިގައިވާ އެފަޅު ތަރައްގީކުރުމަށް އެހެން ބަޔަކާ ހަވާލުކުރުމަށް އެ ބާރުތައް އެން ބަޔކާ ހަވާލުކުރުމަށް ބޭނުން ވާކަމަށް އެދިފައިވާކަން އިންޓަނޭޝަނަލް ވިޔަފާރިއަކީ އެގިތަށް ދުނިޔޭގެ ހުރިހާ ތަނެއްގަވެސް ކުރާގިތް.. ދިވެހިން އަދިވެސް މިތިބީ ވިޔަފާރީގެ ރިނގުން އަލިފުބާ ޖެހުމުގަ
ކައްކާ
06 December 2019
ގައުމުގެ ރަށްރަށާ ފަޅުފަޅެކޭ މާރުކޭޓު ގޮޅިތަކެކޭ ތަފާތެއްނެތް. ދިދަފަތި ދަމައިގެން ލަވަކިޔާފަ މިނިވަންދުވަސް ފާހަނގަކުރޭ އަދިވެސް.
ހާމާނު
06 December 2019
ނަސީބެއްނު ރާއްޖެ ވިއް ކާލަން އިއުލާން ނު ކުރި ކަން.
މަހަށްދޭދޭބަލަ
06 December 2019
ތަމެންގެ ވެރިކަން ގުރުޑު ވަމުންދާ ކަމުގެ އަލާމާތް ތަކޭ މިފެނިގެންދަނީ ތަމެން ދެން މަހަށްދޭބަލަ މަހަށް މަހަށް ދޭބަލަ..