ފިނޭންސް މިނިސްޓްރީގެ އިމާރާތް-- ފޮޓޯ: މިހާރު
02 ޖެނުއަރީ 2020 - 12:34
ތިން އަހަރު ވީ އިރު ސޮވެރިން ޑިވެލޮޕްމެންޓް ފަންޑުގައި 2.6 ބިލިއަން ރުފިޔާ ރައްކާކުރެވިއްޖެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު އެ ފަންޑަށް 1.3 ބިލިއަން ރުފިޔާ ވަނީ ޖަމާކޮށްފަ އެވެ. އަދި 2018 ނިމުނު އިރު އެ ފަންޑަށް ޖަމާކޮށްފައި ވަނީ 1.2 ބިލިއަން ރުފިޔާ އެވެ.
ސޮވަރިން ފަންޑަކީ ކުއްލި ހާލަތުގައި ކުރިމަތިވެދާނެ ކަމަކަށްޓަކައި އަދި ތަރައްގީގެ ތަފާތު މަޝްރޫއުތައް ހިންގަން ނަގާ ބޮޑެތި ލޯނުތައް އަނބުރާ ދެއްކުމާއި އިގުތިސާދަށް އައިސްދާނެ ލޮޅުމަކުން ލިބޭ ގެއްލުން ފޫބެއްދުމަށް ބޭނުން ކުރަން، ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރުން 2017 ގައި އުފެއްދި ފަންޑެކެވެ. މިއީ ސެންޓްރަލް ބޭންކް، އެމްއެމްއޭގެ ރިޒާވްއާ މުޅިން ތަފާތު ފަންޑެކެވެ.
މިފަދަ ރިޒާވް ފަންޑެއް އުފެއްދުމަށް ރާއްޖޭގެ ގާނޫނު އަސާސީން ވެސް ސަރުކާރަށް ލާޒިމްކުރެ އެވެ. ސިންގަޕޫރު ކަހަލަ ގައުމުތަކުގައި ވެސް، ކުއްލި ހާލަތުގައި ބޭނުން ކުރާނެ ފަންޑެއް ހިންގަ އެވެ.
ރާއްޖޭގެ ސޮވެރިން ފަންޑު ރައްކާތެރި ކުރުމަށްޓަކައި ގާނޫނެއް ހެދުމުގެ މަސައްކަތް މިދިޔަ އަހަރުގެ ކުރީކޮޅު މި ސަރުކާރުން ފެށި އެވެ. ނަމަވެސް އަދި މިހާތަނަށް މިކަމާ ގުޅޭ ބިލް މަޖިލީހަށް ހުށަހަޅައިފައެއް ނުވެ އެވެ.
ރާއްޖޭގެ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ހިންގުމަށް ކުރީގެ ސަރުކާރުން ގިނަ ލޯންތަކެއް ނެގި އިރު، އެންމެ ބޮޑު އެއް މަޝްރޫއަކީ އެއާޕޯޓު ތަރައްގީ ކުރުމުގެ ޕްރޮޖެކްޓެވެ. ސޮވަރިން ފަންޑަށް ފައިސާ ހޯދަނީ ވެސް އެއާޕޯޓް ޑިވެލޮޕްމެންޓް ފީންނެވެ. މި ފީން ދިވެހިންގެ އަތުން 12 ޑޮލަރު ނަގާ އިރު ބިދޭސީންގެ އަތުން 25 ޑޮލަރު ނަގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހޯރަ
04 January 2020
ޕާކްކުރާނެ ޖާގައެއް ނެތެވެ. ޕާކްކުރާނެ ޖާގައެއް ނުވެސް ދައްކަ އެވެ. ވެހިކަލް އެތެރެ ކުރުން މަދުވެސް ނުކުރެވުނެވެ.ބާރަށް ދުއްވާ މީހުންނާ މެދު ފިޔަވަޅެސް ނޭޅެއެވެ. ދަޢުލަތަށް އާމްދަނީ ހޯދުމަށް ސްޓިކާ ޖެހުން ރަނގަޅެއް ތޯ!
ބުލުތުފީ
03 January 2020
ތީއަސްލު ހުރި ފައިސާއެއްނޫން، ސަރުކާރުގެ ޕެންޝަންފަނޑުފަދައިން. ބޮޑެތި އަދަދުކީމަ ހީވާނެ ކޮންމެ ސަރުކާރަކުންވެސް ވަރަށް ފައިދާވާހެން.
މަންނާނު
03 January 2020
އަދުގެ ސަރުކާރުގެ އިސްމީހުންނަށް ގެއްލުމުގެ ބަދަލުދެވޭނެ ވަރުވެސް ނުވިދޯ
ޔަކޫޒާ
03 January 2020
ފައިސާއަކީ އިންފްލޭޝަންއާ ގުޅިގެން އަގު ދަށަށްދާ އެއްޗެއް. ތި ފަންޑުގައި ހުރި ފައިސާ ބޭރުގެ މާކެޓްތަކުގައި އިންވެސްޓްކޮށް ޑައިވާސިފައިޑް ޕޯޓްފޯލިއޯއެއް އެކުލަވާލުން މުހިންމު.
މޯލްޑިވިޔަން ޕެޓްރޮއިޓް
02 January 2020
ހަމަގައިމުވެސް ބަޔަކު ވައްކަންކުރިއޭކިޔަސް ޔާމީން ގައުމު އަމިލަފައިމައްޗަށް ތެދުވަން މަސައްކަތްފެށި އަހަރުމެންގެ ބޮޑުބޭބެދިނީމައި ކައިގެން އުޅޭ އުސޫލު ބަދަލުކުރި. ބުލީކުރުމާއި ދުރަށްދިޔަ. ހިތުގެ އޮފަރޭޝަން ސެންޓަރެއް ގާއިމްކޮށް އެތަށްފުރާނައެއް ސަލާމަތްކުރަން އެހީތެރިވެދިން. ކަންކަން އިގޭއިރު އޮންނާނީ އަނެއްކާވެސް އަހަރުމެންގެ އަތް ބޮޑުބޭބެ އަނބުރާލައިފައި އެއިރުން މާލަސްވާނެ،
ނަންފުޅު
02 January 2020
ސަރުކާރުގެ މާލީ ޕޮލިސީ ބަރާބަރެވެ.
ނިރު
02 January 2020
މައެބަ ވަރަށް ބޮޑަށް ބިރުގަނޭ ތިފަންޑްގަ ހުރި ލާރިތަށް ކާދިރުވާލަފާނެތީ
އަޙުމަދު.
03 January 2020
ނިރު. ޙާސްނުވޭ ރައްޔިތުންގެ މުދަލާފައިސާއިން މިސަރުކާރަކުގެ ވެރިމީހާ ވައް ކަމެއް ނުކުރާ. ޢެއީ ސޯލިހެއް.
ފިރު
03 January 2020
ނިރު ތި ގަންނަނީ ހަމަ ގަންނަންޖެހޭ ވަރުގެ ބިރެއް.
ކުކޫސާ
02 January 2020
ޔާމިނުގެ ދުރުވިސްނުން...
ޢަޙުމަދު.
03 January 2020
ޔާމީނުގެ ދުރުވިސްނުމުގެ ތެރެއިން ދައުލަށް ލިބެން ޖެހޭ އެތަށް މިލިޔަން ރުފިޔާއެއް ދައުލަތަށް ނުވައްދާ އެމްޕީއާރުސީގެ ފައިސާތަށް އެސްއޯ އެފްގެ އެކައުންޓަށް ޖާމާކުރުމަށްފަހު އަބުރާ އޭނަގެ އެކައުންތަށް ކަހާލީވެސް. ކިހާދުރުވިސްނޭ.
ދަރުސް
02 January 2020
2008ގައި އުފެއްދި ފަންޑެއް 2017ގައި ޔާމީން އުފެއްދި ވާހަކަ އެބައިން ކިހިނެއް މިވަނީ...އެކަމު 3އަހަރުން 2.6ބިލިއަން ލިބުން ވާހަކަ އެބައިން.
ހޯލި
04 January 2020
މީގައި އެބައޮތްތޯ 2018ގައި އުފެއްދި ކަމަށް؟