ރީފްސައިޑް ރޯދަ ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ނަސީބުވެރިން ހޮވުމަށް ގުރު ނަގަނީ.--- ފޮޓޯ: ހުސެއިން ޝަޔާހު/މިހާރު
03 އޮކްޓޯބަރ 2016 - 18:31
ރީފްސައިޑުން މިދިޔަ ރޯދަ މަހު ކުރިއަށް ގެންދިޔަ ޕްރޮމޯޝަންގެ ނަސީބުވެރިން މިއަދު ހޮވައިފި އެވެ.
ޔޫރޯ ފުޓުބޯޅަ މުބާރާތާ ގުޅުވައިގެން ރީފްސައިޑުގެ ޓީވީ ފިހާރައިގައި މި ޕްރޮމޯޝަން ކުރިއަށް ގެންގޮސްފައި ވަނީ މިދިޔަ މެއި މަހުން ފެށިގެން ޖުލައިގެ ނިޔަލަށެވެ.
ރީފްސައިޑުން ވިއްކާ ސޮނީ ބްރޭންޑުގެ މުދާ ގަނެގެން ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލި މި ޕްރޮމޯޝަންގެ ތިން ނަސީބުވެރިން ހޮވުމަށް މިއަދު ވަނީ ރަސްމިއްޔާތެއް ބާއްވައިފަ އެވެ.
ޕްރޮމޯޝަނުން އެއްވަނަ އަށް ދިޔަ ސޮފްވާން އަށް ލިބުނީ 55 އިންޗީގެ ސޮނީ ބްރާވިއާ ޓީވީ އެކެވެ. ދެވަނައަށް ހޮވުނު އަބްދުލް ރަހްމާނަށް ކެމެރާއެއް ލިބުނު އިރު ތިންވަނަ އަށް ދިޔަ އަލީ މުހައްމަދަށް ލިބުނީ ސޮނީ އެކްސްޕީރިއަށް ޒެޑް3 ފޯނެކެވެ.
ރީފްސައިޑް ރޯދަ ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ގުރު ނަގަން ތައްޔާރުވަނީ.-- ފޮޓޯ: ހުސެއިން ޝަޔާހު/މިހާރު
މި ރަސްމިއްޔާތުގައި ރީފްސައިޑުގެ މާކެޓިން އެސިސްޓަންޓް އަހުމަދު ސާއިދް ވަހީދު ވިދާޅުވި ގޮތުގައި މިދިޔަ މަހު 25 އިން ފެށިގެން އެ ފިހާރައިގައި ވަނީ އެލްޖީ ބްރޭންޑުގެ މުދަލަށް ހާއްސަ ޕްރޮމޯޝަނެއް ވެސް ފަށައިފަ އެވެ.
"ނޮވެމްބަރު 1 ގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަނުގައި ކަސްޓަމަރުންނަށް އެލްޖީގެ އުފެއްދުންތައް ބަލްކް ޕެކޭޖުތަކުގެ ގޮތުގައި ލިބޭނެ. އަދި އިތުރު ހަދިޔާތައް ވެސް ލިބޭނެ،" އޭނާ ވިދާޅުވި އެވެ.
އެލްޖީ ބްރޭންޑުގެ ޕްރޮމޯޝަނުގެ އެއްވަނަ އަށް ހޮވޭ ނަސީބުވެރިޔާއަށް 55 އިންޗީގެ އެލްޖީ ޓީވީއެއް ލިބޭ އިރު ދެވަނަ އަށް ދާ ނަސީބުވެރިއެއްގެ ހަދިޔާ އަކީ 32 އިންޗީގެ ޓީވީ އެކެވެ. ތިންވަނަ އަށް ހޮވޭ މީހަކަށް ލިބެނީ އެލްޖީ ސައުންޑްބާ އެކެވެ.
މިދިޔަ މަހު ރީފްސައިޑުން ވަނީ ރާއްޖޭގައި ހުންނަ އެލްޖީ ބްރޭންޑުގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓާ އަދި ސާވިސް ޕްރޮވައިޑާގެ އެއްބަސްވުމުގައި ސޮއި ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy