މީރާ ސާވިސް ސެންޓަރުގައި ބަޔަކު ހިދުމަތް ހޯދަނީ-- ފޮޓޯ: މިހާރު
11 ޖެނުއަރީ 2020 - 13:10
މިދިއަ އަހަރު މީރާއަށް ލިބުނު 16.79 ބިލިއަން ރުފިޔާއަކީ ލިބޭނެ ކަމަށް ލަފާކުރި މިންވަރަށް ވުރެ 2.9 ޕަސެންޓް އިތުރު އަދަދެއް ކަމަށް، އެ އިދާރާ އިން ބުނެފި އެވެ.
މީރާއިން ބުނީ 16.70 ބިލިއަން ރުފިޔާ އަކީ 2018 ވަނަ އަހަރާ ބަލާއިރު 2.7 ޕަސެންޓްގެ އިތުރު ވުމެއް ކަމަށެވެ.
މީރާގެ މިދިއަ އަހަރުގެ ހިސާބުތަކުން ދައްކާ ގޮތުން 16.79 ބިލިއަން ރުފިޔާ އަކީ ޓެކްސް އާއި އެހެނިހެން އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރި މިންވަރަށް ވުރެ ގާތްގަނޑަށް ތިން ޕަސެންޓް (2.9 ޕަސެންޓް) އިތުރު އަދަދެކެވެ.
މިދިއަ އަހަރު ޑޮލަރުން ލިބުނު އަދަދު އުޅެނީ 653 މިލިއަންގަ އެވެ.
އެންމެ ގިނައިން އާމްދަނީ ލިބުނީ ޖީއެސްޓީންނެވެ. އެގޮތުން މީރާއަށް ވަން 7.74 ބިލިއަން ރުފިޔާއަކީ މިދިއަ އަހަރުގެ މުޅި އާމްދަނީގެ 46 ޕަސެންޓެވެ. ދެން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ބީޕީޓީންނެވެ. އެ ދާއިރާއިން މިދިއަ އަހަރު މީރާއަށް 2.90 ބިލިއަން ރުފިޔާ ލިބުނެވެ. މިއީ މުޅި ޖުމްލައިގެ 17 ޕަސެންޓެވެ.
ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި 1.65 ބިލިއަން ރުފިޔާ އަދި ގްރީން ޓެކުހަށް 850.27 މިލިއަން ރުފިޔާ ވެސް މިދިއަ އަހަރު ދައުލަތުގެ އާމްދަނީއަށް ވަނެވެ.
މިދިޔަ އަހަރުގެ އެންމެ ފަހު މަސް، ޑިސެމްބަރު މަހު މީރާއަށް 1.56 ބިލިއަން ރުފިޔާ ލިބުނެވެ. މީރާ އިން ބުނާ ގޮތުގައި މިއީ 2018ގެ ޑިސެމްބަރު މަހާ އަޅާބަލާއިރު 8.9 ޕަސެންޓްގެ އިތުރުވުމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝިޔާމް
12 January 2020
ރައްޔިތުން ފެލާ ވަރަކަށް ތިޔަ ބިލިޔަންވާނީ ގިނަ.
ޒުވާނާ.
11 January 2020
ތިވަރުން ހިސާބު ޖަހާލީމަ އެނގެންވާނެ ރިސޯޓު އޯނަރުން މުވައްޒަފަކައް ސާވިސް ޗާޖައް ދޭންޖެހޭނެވަރު ގާތްގަނޑަކައް ކޮންމެ ސަރުކާރެއް އޮތަސް ރިސޯޓު މުވައްޒަފުންނައް ލިބެނީ ރަންބިސްއަޅާ ކުކުޅުގެ ބިހުގެ ތޮށިގަނޑު
ގޯސް
11 January 2020
މިއަހަރު މަދުވާނެ.
ކަޓޭ
11 January 2020
ފުލުހުންގެ މަސައްކަތުން ހޯދާދިން ފައިސާ.
ރަދީފުގެ ދަރި ކުމާރު
11 January 2020
ބޮޑެތި އަދަދުތަކުން ވަންނަކަން އިނގެއޭ. އެކަމަކު ނުކުންނަގޮތޭ ނޭންގިގެންމިއުޅެނީ.