ރެޑްވޭވް މެގަމޯލް: އެ ކުންފުނީގެ މިއަހަރުގެ ރޯދަ ސޭލް ހުރިހާ ފިހާރައެއްގައި ވެސް ކުރިއަށްދާނެ-- ފޮޓޯ: މިހާރު
30 ޖެނުއަރީ 2020 - 15:53
ރޯދަ މަަހަށް ހާއްސަކޮށް ކޮންމެ އަހަރަކު ރެޑްވޭވުން ކުރިއަށްގެންދާ "ރޯދަ ސޭލް" މިއަދު ފަށައިފި އެވެ.
މި ޕްރޮމޯޝަނުގައި ރެޑްވޭވްގެ ފިހާރަތަކުން 500ރ. އިން މަތީގެ ވިޔަފާރިކުރާ ކޮންމެ މީހަކަށް ކޫޕަނެއް ލިބޭނެ އެވެ. އަދި ކަނޑައަޅާފައިވާ އައިޓަމްތަކުން ބޮޑެތި ޑިސްކައުންޓް ލިބޭނެ އެވެ. މި ޕްރޮމޯޝަން ރެޑްވޭވްގެ ހުރިހާ ފިހާރައެއްގައި ވެސް އޮންނާނެ އެވެ.
ފައިސާގެ އިނާމްތަކާއި ހަދިޔާތައް ލިބޭ މި ޕްރޮމޯޝަނަކީ މިހާތަނަށް ބާއްވާ އެންމެ ބޮޑު ސޭލް ކަމަށް ރެޑްވޭވުން ބުންޏެވެ. އެގޮތުން، މިއަހަރުގެ ސޭލްގައި އެއް ވަނަ އަށް ދާ މިހަކަށް 100،000ރ ގެ ފައިސާގެ އިނާމް ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
މީގެ އިތުރުން ގުރުއަތުން ހޮވާލެވޭ ފަސް މީހަކަށް 10،000ރ ގެ ފައިސާގެ އިނާމް ވެސް ލިބޭނެ އެވެ. އަދި 75 އިންޗީގެ ޓީވީއަކާއި 55 އިންޗީގެ ފަސް ޓީވީ އާއި 49 އިންޗީގެ 10 ޓީވީ މި ސޭލްގެ ނަސީބުވެރިންނަށް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
ރެޑްވޭވުން ބުނީ އެ ކުންފުނިން ފެށި މި ޕްރޮމޯޝަނުގެ ތެރެއިން އިތުރު އުފެއްދުންތަކެއް ވެސް ރާއްޖެއަށް ތައާރަފު ކުރާނެ ކަމަށެވެ. އަދި މިގޮތަށް ތައާރަފްކުރެވޭ އުފެއްދުންތަކަކީ ރޯދަ މަހާ ގުޅޭ، އަގުހެޔޮ އުފެއްދުންތަކަކަށް ވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy