09 ފެބުރުއަރީ 2020 - 07:15
ތަފާތު ގޮތްގޮތަށް ވިޔަފާރިތައް ކުރުމަކީ މިހާރު އާންމު ކަމެކެވެ. ކުޑަކުޑަކޮށް ފަށާ ވިޔަފާރިތައް ދުވަސްކޮޅަކުން ފުޅާވެ، އާންމުންގެ ތެރޭގައި މަޝްހޫރު ބްރޭންޑަކަށް ބަދަލުވެގެން ވެސް އާދެ އެވެ.
މި ވެސް ހަމަ އެކަހަލަ "ކުޑަ" ވިޔަފާރިއެކެވެ. މީޑިއާތަކުން މި ވިޔަފާރި ސިފަކުރަނީ އެމެރިކާގެ "އެންމެ ކުޑަ ރެސްޓޯރަންޓް" ގެ ގޮތުގަ އެވެ. މިއީ މިހާރު ގިނަ ބައެއްގެ މެދުގައި މަގުބޫލު ފާމާސް ފްރިޖެވެ. ހިދުމަތް ދެނީ އެކި ތަންތަނުގައި ބަހައްޓާފައި ހުންނަ ފިނިހޫނުމިން ކޮންޓްރޯލްކޮށްދޭ، ސްމާޓް ވެންޑިން މެޝިންތަކުގެ އެހީގަ އެވެ.
Chicago - haven't had a chance to try us out at a Fridge yet? Our Revival Food Hall stand is now offering delivery through Caviar! Order over the next 2 weeks for $0 delivery fees. https://t.co/ybDaJQNQ13
— Farmer's Fridge (@FarmersFridge) January 8, 2020
އެމެރިކާގެ ޝިކާގޯ އިން އުފަންވި މި ވިޔާފަރި އަންނަނީ އެ ގައުމުގެ އެކި ސިޓީތަކަށް ފުޅާވަމުންނެވެ. ފާމާސް ފްރިޖްގެ ވެންޑިން މެޝިންތައް އާންމުކޮށް ބަހައްޓާފައި ހުންނަނީ އެއާޕޯޓާއި ޔުނިވަސިޓީތަކާއި ހޮސްޕިޓަލްތަކާއި އޮފީސް ފަދަ ތަންތަނުގަ އެވެ.
America's smallest restaurant and proud of it! Thank you @CNNBusiness and @ParijaKavilanz for the feature. https://t.co/b8Ky4yMT5E
— Farmer's Fridge (@FarmersFridge) February 3, 2020
މި ހިދުމަތުގެ ހާއްސަ ކަމަކީ ކޮންމެ ވަގުތަކު ވެސް، ކާލާނެ ސިއްހަތަށް ރަނގަޅު ކާނާ، ވަރަށް ތާޒާކޮށް ލިބުމެވެ. ކާނާތައް ތައްޔާރުރަނީ ވެސް އެންމެ ތާޒާ ބާވަތްތަކުންނެވެ. ފާމާޒް ފްރިޖުން ލިބޭ ކާނާތަކުގެ ކުރު ލިސްޓެއް ހަދައިލާ ނަމަ އޭގެ ތެރޭގައި ޕާސްތާ އާއި އެކި ކަހަލަ ސޭންޑްވިޗާއި މޭވާ ހިމެނޭ ގްރީކް ޔޯގަޓާއި އެތައް ވައްތަރެއްފެ ސެލަޑް ހިމެނެ އެވެ. މި ވަގުތު ފާމާޒް ފްރިޖްގެ މެނޫގައި ޖުމްލަ 30 ހިމެނޭނެ އެވެ.
ރިސައިކަލްކުރެވޭ ޕެކިންގައި ހުންނަ ކާނާތަކުގެ އަގު އުޅެނީ 3-9 ޑޮލަރާ ދެމެދުގަ އެވެ.
Haven’t ate all day and everything is closed! Thanks @FarmersFridge for saving the day 🙌🏻 pic.twitter.com/oGtQx9MvgD
— Able2Mutate Anthony🧬 (@A2M_Anthony) January 29, 2020
ލޫކް ސޫންޑާޒް މީގެ ހަތް އަހަރު ކުރިން ވަރަށް އާދައިގެ ގޮތަކަށް ފެށި ފާމާޒް ފްރިޖްގެ ވިޔަފާރި ފުޅާވަމުން އައިސް މިހާރު އޭގެ 431 ވެންޑިން މެޝިން އެމެރިކާގެ ބޮޑެތި ސިޓީތަކުގައި އެބަހުއްޓެވެ. އަދި މި އަހަރު ނިމުމުގެ ކުރިން މެޝިންތަކުގެ އަދަދަށް 300 އިތުރުކުރާނެ އެވެ.
ފަހުން ބޭނުންކުރަން ރައްކާކުރި 100،000 ޑޮލަރުން ލޫކް ސޯންޑާޒް ފެށި ފާމާޒް ފްރިޖް، ތާޒާ ކާނާތައް ލިބޭ ވެންޑިން މެޝިންތަކާ އެކު ރަސްމީކޮށް ތައާރަފުކުރީ މިދިޔަ އަހަރު އެވެ. އޭގެ ފަހުން އެ ކާނާތައް ވަނީ އާންމުންގެ މެދުގައި ވަރަށް ބޮޑަށް މަގުބޫލުވެފަ އެވެ. އެއީ މި ހެނދުނާއި މެންދުރާއި ރޭގަނޑުގެ ކެއުމަށް ބޭނުންވާ ސިއްހަތަށް ރަނގަޅު ކާނާތަކަށް އިސްކަން ދީގެން ހިންގާ ވިޔަފާރިއެކެވެ.
ލޫކް ބުނިގޮތުގައި ފާމާޒް ފްރިޖް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެހާ މަގުބޫލު އެއްޗަކަކީ ވެސް ސިއްހަތަށްދޭ ސަމާލުކަމާ ހެދި އެވެ. އޭނާ ބުނިގޮތުގައި މިކަން ދަމަހައްޓަނީ ކަމާގުޅޭ ތަޖުރިބާކާރުންގެ އެހީގަ އެވެ. އަދި އޭނާގެ ވިޔަފާރި އަކީ ގަވައިދުން ރެގިއުލޭޓްކުރެވޭ، ކޮލިޓީ ހިފަހައްޓާ، އާންމުން އިތުބާރުކުރާ ހިދުމަތެއް ކަމަށް ލޫކް ބުންޏެވެ.
"އާންމުކޮށް ވެންޑިން މެޝިންތަކުގައި ލިބެން ހުންނަ ކާނާތަކީ ވަރަށް ބޮޑަށް ޕްރޮސެސްކޮށްފައި ހުންނަ އެއްޗިއްސަށް ވާނީ. އެކަމަކު ފާމާޒް ފްރިޖް ތަފާތު ވާނެ،" 200 މީހުންނާ ދެމުން އަންނަ ހިދުމަތާ ބެހޭ ގޮތުން އޭނާ ބުންޏެވެ. "އަހަރެމެންގެ ކާނާ އަބަދު ވެސް ވަރަށް ތާޒާވާނެ. އެއީ ތަފާތަކީ."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy