09 ފެބުރުއަރީ 2020 - 07:17
މިހާރު ވެސް ފަސް އެއާލައިނެއް އޮޕަރޭޓްކުރަމުން އަންނަ، ބްރެޒިލަށް އުފަން އެމެރިކާގެ މަޝްހޫރު ވިޔަފާރިވެރިޔާ ޑޭވިޑް ނީލިމަން "ބްރީޒް އެއާވޭޒް" ގެ ނަމުގައި އާ އެއާލައިނެއް އޮޕަރޭޓްކުރަން ނިންމައިފި އެވެ.
"ދުނިޔޭގެ އެންމެ ރީތި އެއާލައިން" ގެ ގޮތުގައި ސިފަކުރާ ބްރީޒް އެއާލައިންގެ އޮޕަރޭޝަންތައް ފެށުމުގެ ހުއްދަ އަށް އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރާންސްޕޯޓް (ޑީއޯޓީ) އާއި ފެޑެރަލް އޭވިއަން އެޑްމިނިސްޓްރޭޝަން (އެފްއޭއޭ) އަށް ހުށަހަޅާފައިވާ އިރު، އަމާޒަކީ މި އަހަރުގެ ފަހުކޮޅު ހިދުމަތް ފެށުމެވެ.
މީގެ 20 އަހަރު ކުރިން ޖެޓްބްލޫގެ ހިދުމަތް ވުޖޫދަށް ގެނައި ޑޭވިޑް، 60، ވިދާޅުވި ގޮތުގައި ބްރީޒް އެއާވޭޒް ވެގެން ދާނީ ޖެޓްބްލޫން ވައިގެ ދަތުރުފަތުރުގެ ހިދުމަތް ގެނައި ކަހަލަ "އިންސާނީވަންތަ" ހިދުމަތްތަކެއް ފޯރުކޮށްދޭނެ އެއާލައިނަކަށެވެ.
"ބްރީޒް އެއާވޭޒްއާ އަހަރެން މި ތައާރަފުކުރަނީ ދުނިޔޭގެ އެންމެ ރީތި އެއާލައިންސް،" ޑޭވިޑް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެއާލައިންސްގެ ހިދުމަތްތައް އެންމެ ފުރަތަމަ ދޭން ފަށާނީ ވައިގެ ދަރުތުގެ ހިދުމަތްތައް މިހާރު އެންމެ މަދުން ފޯރުކޮށްދެވޭ އެމެރިކާގެ މެދު ސައިޒްގެ ސިޓީތަކަށް އިސްކަން ދީގެންނެވެ. ނަމަވެސް އެއީ ކޮން ސިޓީތަކެއް ކަމެއް އަދި ހާމައެއްނުކުރެ އެވެ.
"މިއީ ދަތުރުކަރަން ފަސޭހަ އަދި އަގު ވެސް ހެޔޮ އެއާލައިނަކަށްވާނެ،" ޑޭވިޑް ވިދާޅުވި އެވެ.
ބްރީޒް އެއާވޭޒްގެ ހިދުމަތް ފަށައިގަންނަން ނިންމާފައި ވަނީ 30 އެމްބްރެއާ މޮޑެލްގެ 195 ފްލައިޓާ އެކީގަ އެވެ. އަދި އެއާބަސް މަރުކާގެ 220-300 ގެ 60 ބޯޓަކަށް ވަނީ އޯޑަރު ވެސް ދީފަ އެވެ. އެ ބޯޓްތައް އަންނަ އަހަރުގެ އެޕްރީލްގައި ފްލީޓަށް އިތުރުވާނެ އެވެ.
ދިހަ ކުދިންގެ ބައްޕައެއް ކަމަށްވާ ޑޭވިޑް މިހާރު އޮޕަރޭޓްކުރާ އެއާލައިންތަކުގެ ތެރޭގައި ބްލޫޖެޓްގެ އިތުރުން ހިމެނެނީ މޮރިސް އެއާ އާއި ވެސްޓް ޖެޓާއި އަޒުލް ބްރެޒީލިއަން އެއާލައިންސް އަދި ޓެޕް އެއާ ޕޯޗްގަލެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިންމި
09 February 2020
ދުނިޔޭގައި ތަނަވަސްކަން ދެއްވާފައިވާ މީހުން މިފެންނަނީ