ޓީއެމްއޭއިން އެކްސިޑެންޓްވި ބޯޓު. ބޯޓުގެ ބުރަފައްޗާއި އިންޖީނުން ބަޔެއް ވަނީ ނެއްޓިފައި-- ފޮޓޯ:ސޯޝަލް މީޑިޔާ
24 ފެބުރުއަރީ 2020 - 14:45
ޓީއެމްއޭގެ ސީ ޕްލޭނެއް ޖައްސަން އުޅުމުގެ ތެރޭގައި މިއަދު އެކްސިޑެންޓެއް ހިނގައި ބައެއް މީހުންނަށް ކުދިކުދި އަނިޔާވެއްޖެ އެވެ. އަދި ބޯޓަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ވެސް ލިބިފަ އެވެ.
ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ސީއީއޯ ހުސައިން ޖަލީލު ވިދާޅުވީ، އެކްސިޑެންޓް ހިނގާފައިވަނީ ޅ. އަތޮޅުގެ ކުރެއްދޫ އައިލެންޑް ރިސޯޓު ކައިރިންނެވެ. މި އެކްސިޑެންޓް ހިނގާފައި ވަނީ 11:30 ހާއިރު ކަމަށް މައުލޫމާތު ލިބެ އެވެ.
އެނގިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައި ވަނީ ބޯޓު ޖައްސަން އުޅުނު ވަގުތު ރާޅެއްގައި ޖެހިފަ އެވެ. އެ ވަގުތަކީ މޫސުން ވަރަށް ގޯސް ވަގުތެއް ކަމަށް ވެ އެވެ. މި ހާދިސާގައި ބޯޓުގެ އެއްފާރާތުގެ ބުރަފައްޗާއި އިންޖީނު ވަނީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ. ފޮޓޯތަކުން ފެންނަ ގޮތުން އެ ބުރަފަތި އޮތީ ފިޔަގަނޑާ ކިރިޔާ ވަކިނުވެ އެވެ.
ޓީއެމްއޭއިން އިއްޔެ ކުރެއްދޫއަށް ދަތުރު ކުރި ބޯޓު.--
މި ހާދިސާގައި، ބޯޓުގައި ތިބި ބައެއް މީހުންނަށް މާ ބޮޑު އަނިޔާއެއް ލިބިފައެއް ނުވެ އެވެ.
މިއަދުގެ އެކްސިޑެންޓްގެ އިތުރުން އިއްޔެ ވެސް ކުރެއްދު އަށް ޖެއްސި ބޯޓެއްގައި އެކްސިޑެންޓެއް ހިނގާފައިވެ އެވެ. ފޮޓޯއިން ފެންނަ ގޮތުން އެ ހާދިސާގައި ބޯޓުގެ ފިޔަގަނޑަށް ވަނީ، ޖެޓީގެ ފިލާގަނޑެއް ވަދެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބުރަފަތި
25 February 2020
މި ތްރެޑްގައި ބުރަފައްޗާއި ފިޔަގަނޑު އޮޅިގެންއުޅޭހެން ހީވޭ! ރަދީފް (މިތާ ކޮމެންޓްކުރާ ރަދީފްއެއް ނޫން) ނުވަތަ ދިވެހި ބަސްފޮތުގައި ބުނާގޮތުން "ބުރަފަތި" އަކީ "ވައިގެބާރުން ނުވަތަ އިންޖީނުގެ ބާރުން އެނބުރޭ ފިޔަފަތް"...
ޓޮއްތޮ
25 February 2020
އަނެއްކާވެސް ފައިސާ އޮތީމަ އެކްސިޑެންޓް ގެ ހަޤީޤަތް އޮޅުވާލީ،!!! ކަލޯ ސަޅި ޓީއެމްއޭ.
އިސްމާލި
25 February 2020
ބުރަފަތި އަބަދުވެސް ހުންނާނީ ފިޔަގަނޑާ ވަކިން. ބުރަފަތި ހަރުކޮށްފައި ހުންނާނީ އިންޖީނުގައި އަދި އިންޖީނު ފިޔަގަނޑުގައި.
ދުރުގަ ހުއްޓަސް...
24 February 2020
އެއްވެސް މީހަކަށް ބޮޑު އަނިޔާއެއް ނުވީތީ، އަލްޙަ މްދުލިﷲ، ޓީ އެ މް އޭ އަށް ތި ދި މާވި ހިތާ މައިގައި އަޅުގަނޑު ވެސް ބައިވެރިވަމ މެވެ.
ފަހުދު
24 February 2020
ކުރެއްދޫ ރިސޯޓަކީ ޗަންޕާގެ ރަށެއްވީމަ މޫސުމް ކޮންމެގޮތަކައް އޮތަސް ބޯޓުއޮޕަރޭޓްކުރަން ނުސީދާކޮއް މަޖުބޫރު ކުރޭ. އެރަށައް ބޯޓުޖައްސަން އުޅުމުގެތެރޭގައި ނުރައްކާތެރި އެތަކެއް އެކްސިޑެންޓް ހިނގާފަ އެބަހުރި. މިކަން ބަލަންކެރޭނެ މީހަކު ނެތުމަކީ ހިތާމަހުރި ކަމެއް.
ފަހުދު
25 February 2020
އެމީހުންނަށް ވައިޖަހައިގެންތާ އުޅެވޭނީ ... މަމީ އެންމެ ރަނގަޅު މީހާ..
ނަން
24 February 2020
ތިކަމާވަރަބޮޑަ ހިތާމަކުރަން
ފެހި
24 February 2020
ނިކަން ވިސްނާލަބަލަ ސޯލިހު ވެރިކަމަށް އެރިފަހުން ޤައުމަށް ވަމުން އަންނަގޮތް ހިތާމަވެރި އެތައްކަމެއް ކޮންމެ ދުވަހަކު. ކޮމިޝަންތައް އުފައްދައިގެން ވާކަމެއްނެތް
ާރައި
24 February 2020
ބަލަ ސޯލިހުތަ ދުއްވަން ހުރީ؟ ހަމަޖެހޭ ވާހަކަ ދައްކަބަލަ
ގިޔާސް
24 February 2020
ފެހި، ދެން ކަލޭ ހަވާލުވާންވީނު ވެރިކަމާ، އޭރުން ހިތާމަވެރި އެއްވެސްކަމެއް ދިމާނުވާނެތަ!؟ ހިތާމަވެރި ހާދިސާ ދިމާނުވާއިރެއް ހަޔާތުން ދިޔަބާ!؟ ބޯނެތް ކުރަފި އަދިވެސް އުޅެޔޭ އުތަ!
ލޮލްޮލް
25 February 2020
ސޯލިހު ކޮންކަމެއް ކޮއްގެން ތި ބޭފުޅާ ބުރާންތި ކޮމެންޓް ތިޔަ ކުރަނީ....ހުންގަދަ ވިއްޔާ ބޭސްކާބަލަ
ބައްޔެއްނު
24 February 2020
ބޯޓުގެ ފިޔަގަނޑަށް ވަނީ، ޖެޓީގެ ފިލާގަނޑެއް ވަދެފަ އެވެ.
ޥެލި
25 February 2020
ކަނޑާ އެޅިގެން ދޮގެއް ފިޔަގަނޑު ޖެހުނީ ފަހުން އެތާ އަޅާފަ އޮތް ލޮއެންޗެއްގަ
ބޮޑުމީހާ
24 February 2020
ބޮޑު ގެއްލުމެއް.
ވަހިދު
24 February 2020
ބަޔަކަށް ދެރައެއް ލިބުނީމަ އުފާވާ މީހެއްނޫން އަހަންނަކީ، އެކަމަކު ދިވެހި ދައުލަތަށް އަހަރެއްގެ މައްޗަށް ލިބެން އޮތް 58 މިލިޔަން ޑޮލަރު މިކުންފުނިން މަކަރުން އަތުލާތީ ނުރުހިފައި ހުއްޓައި މިޚަބަރު މިލިބުނީ