07 މާޗް 2020 - 08:21
ޖަރުމަނުގެ މަޝްހޫރު ކާރު ކުންފުނި ބީއެމްޑަބްލިއުގެ ލޯގޯ އަށް 23 އަހަރު ފަހުން ބަދަލެއް ގެނެސްފި އެވެ.
އަލަށް ގެނައި ބަދަލަކީ ވަށްބުރެއްގެ ބައްޓަމަށް އިންނަ ލޯގޯގެ ވަށައިގެން އިންނަ ކަޅު ކުލައިގެ ފަށަލަ ޓްރާންސްޕޭރަންޓްކުރުމެވެ. ލޯގޯގައި ދެން ހުރި ބައިތައް މިހާރު ވެސް ހުރީ ހަމަ ކުރިން ވެސް ހުންނަ ގޮތަށް ވަށްބުރުގެ ތެރޭގައި ނުލާއި ހުދުން އިންނަ އިތުރު ބުރެއްގެ ތެރޭގަ އެވެ. އެކަމަކު ކުރިއަށް ހިލާފަށް އެމްބޮސްކޮށް އިނުމުގެ ބަދަލުގައި އެ ބައި މިހާރު އިނީ ފްލެޓްކޮށެވެ.
BMW reveals new logo to mark a “new chapter”https://t.co/qeNbn7ceIp#BMW #Logo #Branding pic.twitter.com/Sbm34D9AvB
— McConnellsGroup (@McConnellsGroup) March 5, 2020
ލޯގޯ އަށް ގެނައި ބަދަލާ ގުޅޭ ގޮތުން ބީއެމްޑަބްލިއުގެ ކަސްޓަމާ އެންޑް ބްރޭންޑްގެ ވައިސް ޕްރެޒިޑެންޓް ޖެންސް ތިއެމާ ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ކުންފުނީގެ ހުރިހާ މުއާމަލާތްތަކާއި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ވެސް ވެސް ބޭނުން ކުރާނީ އާ ލޯގޯ ކަމަށެވެ.
"މިއީ އަހަރެމެންގެ މުސްތަގުބަލުގެ ތަސައްވުރު ރަމްޒުކޮށްދޭނެ ލޯގޯއެއް." އޭނާ ވިދާޅުވި އެވެ. "އަދި މި ބަދަލަކީ ވަރަށް ހެޔޮ ބަދަލަކަށް ވާނެ."
ބީއެމްޑަބްލިއުގެ 103 ގެ އަހަރުގެ ތާރީހުގައި މިހާތަނަށް ހަ ފަހަރެއްގެ މަތިން ލޯގޯ އަށް ކުދިކުދި ބަދަލުތައް ގެނެސްފައިވެ އެވެ. އެގޮތުން މިހާރު މި ގެނައި ބަދަލުކުރިން އެންމެ ފަހުން ބަދަލު ގެނައީ 1997 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy