ލެކިއުޓުން އަންހެނުންނަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި އޮރިޖިނަލް ސެންޓުގެ ވިޔަފާރި ކުރަމުން އަންނަ ލެކިއުޓުން، މިއަދު ފާހަގަކުރާ އަންހެނުންގެ ދުވަހާ ގުޅުވައިގެން "އަންހެނުންނަށް ހާއްސަ" ޕްރޮމޯޝަނެއް ފަށައިފި އެވެ.


މި ޕްރޮމޯޝަންގައި ހުރިހާ ސައިޒެއްގެ އަދި ހުރިހާ ވައްތަރެއްގެ އަންހެން ސެންޓުން 10 ޕަސެންޓް ޑިސްކައުންޓް ލިބޭނެ އެވެ. މީގެ އިތުރުން ކޮންމެ 10 ވަނަ ބިލަކަށް ސެންޓު ބްރޭންޑެއްގެ ސަޕްރައިޒް ގިފްޓެއް ވެސް ހިމެނިފައިވެ އެވެ.

އަންހެނުންގެ ދުވަހާ ގުޅުވައިގެން ހާއްސަ ޕްރޮމޯޝަނެއް ކުރިއަށްގެންދާ އިރު ލެކިއުޓުން މިދުވަސްކޮޅަށް އާ ސެންޓެއް ވެސް ވަނީ ތައާރަފް ކޮށްފަ އެވެ. އެގޮތުން ރާއްޖެ އަށް ނަން މަޝްހޫރު ޑީ އެން ޖީ ގެ "ދަ ވަން އިންޓެންސް" އަދި "ދަ އޮންލީ ވަން އިންޓެންސް" ގެ ކޮންމެ ފުޅިއަކަށް ޑީ އެން ޖީ ގެ 75 އެމް އެލް ލޯޝަން ނޫނީ ޑީ އެން ޖީގެ މޭކަޕް ބޭގެއް ހިލޭ ލިބޭނެ އެވެ.

ލެކިއުޓްގައި ވިއްކާ ޑީ އެން ޖީ ގެ "ދަ ވަން އިންޓެންސް" އަދި "ދަ އޮންލީ ވަން އިންޓެންސް" ސެންޓް ފުޅި--ފޮޓޯ: ލެކިއުޓް

ކޮލިޓީ އަދި އޮރިޖިނަލް ސެންޓް ވިއްކުމުގައި 30 އަހަރުގެ ތަޖުރިބާ ލިބިފައިވާ ލެކިއުޓުން އަބަދުވެސް އާ ސެންޓް ތައާރަފްކުރެ އެވެ.