ކޮވިޑް-19: ހޮރައިޒަނުން މަސް ދަޅުގެ އަގު ހެޔޮކޮށްފި

ހޮރައިޒަން ފިޝަރީޒުން ވިއްކާ "މާންދޫ މަސް" ބްރޭންޑްގެ ތެޔޮ މަސްދަޅު އަގު ހެޔޮކޮށްފި އެވެ.


އެ ކުންފުނިން ވިއްކާ ތެޔޮ މަސް ދަޅު ކޭހުގެ އަގު ހެޔޮކުރީ އެ ތަނުން ބުނި ގޮތުގައި، އެކި ކަންކޮޅުތަކުގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޯވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް އަންނަމުން ދާ ހީނަރުކަމާ އެކު ރައްޔިތުންގެ ދިރިއުޅުމަށް ލުއިކަމެއް ގެނެސްދިނުމަށެވެ.

އެގޮތުން ހޮރައިޒަންގެ މަސް ދަޅު ކޭހެއް މިހާރު ލިބޭނީ 635ރ. އަށެވެ. ކުރިން މަސް ދަޅު ކޭހެއް ވިއްކީ 650ރ. އަށެވެ. ހޮރައިޒަނުން ބުނީ އެ ކުންފުނިން ވިއްކާ މަސް ދަޅު އެއްވެސް ދަތިކަމެއް ނެތި ރަމަޟާން މަހު ވެސް ލިބެން ހުންނާނެ ކަމަށެވެ. އަދި ސްޓޮކް ހުސް ވިޔަސް މަސް ދަޅު ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ވަރަށް އުފެއްދުމުގެ ގާބިލްކަން އެކުންފުނީގެ އެބަހުރި ކަމަށް ހޮރައިޒަނުން ބުންޏެވެ.

ޗާންދަނީ މަގުގައި ހުންނަ ސީ ފުޑް ޕްލަސް ފިހާރަ-- ފޮޓޯ: ހޮރައިޒަން

މާންދޫ މަސްދަޅު ކޭސް އަގު ހެޔޮކޮށް އަގު ހެޔޮކޮށް ލިބެން ހުންނާނީ ޗާންދަނީ މަގު މިއުޒިއަމް ކުރިމަތީގައި ހުންނަ ހޮރައިޒަންގެ ސީފުޑް ޕްލަސް ފިހާރައިންނެވެ.

ކޮވިޑް-19 އާ ހެދި އިގްތިސާދަށް އަންނަމުންދާ ބަދަލުތަކާ އެކު މަސް ދަޅަށް އޮތް ޑިމާންޑް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވާ ދަތި ދަނޑިވަޅުގައި އެކި ކުންފުނިތަކުން އަންނަނީ ހަރަދު ކުރުމަށާއި ރައްޔިތުންނަށް ލުއި ފަސޭހަކަން ފޯރުކޮށްދިނުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.