ރެޑްވޭވުން ހުޅުމާލެ އަށް މިހާރު ޑެލިވަރީކޮށްދޭނެ

ކޮވިޑް-19 އިން ރައްކާތެރިވާން ކަސްޓަމަރުން ގޭގައި ތިބުމަށް ބާރު އެޅުމުގެ ގޮތުން ރެޑްވޭވުން ހުޅުމާލޭގައި ޑެލިވަރީގެ ހިދުމަތް ދޭން ފަށައިފި އެވެ.


ރެޑްވޭވުން ބުނީ ހުޅުމާލެ އަށް ޑެލިވަރީ ކޮށްދެނީ ކާބޯތަކެއްޗާއި ގޭތެރެ އަށް ބޭނުންވާ ސާމާނު ކަމަށެވެ. ރެޑްވޭވުގެ މި ހިދުމަތާ އެކު، އާންމުކޮށް ބޭނުންކުރާ ހުރިހާ ތަކެއްޗަކަށް އޯޑަރު ދިނުމުގެ މަގު ވަނީ ފަހިވެފަ އެވެ.

ޑެލިވަރީ ކޮށްދެނީ ހެނދުނު 9:00 އިން ރޭގަނޑު 10:00 އަށެވެ. އޯޑަރު ދޭ ތަކެއްޗަށް ފައިސާ ދެއްކުމަށް ބީއެމްއެލް ކާޑާއި ނަގުދު ފައިސާ ވެސް ބަލައިގަންނާނެ ކަމަށް ރެޑްވޭވުން ބުންޏެވެ.

ޑެލިވަރީ ކޮށްދެނީ 100ރ. އިން މަތީގެ އޯޑަރުތަކެވެ. ޑެލިވަރީގެ ހިދުމަތް ހޯދަން ގުޅަން ޖެހެނީ 9165326 އަށެވެ.

ރެޑް ވޭވުން ހުޅުމާލޭގައި ޑެލިވަރީގެ ހިދުމަތް ދިނުމާ ބެހޭ މައުލޫމާތު

ކަސްޓަމަރުންނަށް ފަސޭހަ ކޮށްދިނުމުގެ ގޮތުން މާލޭގައި ޑެލިވަރީގެ ހިދުމަތްތައް ދިނުމަށް ރެޑްވޭވުން އަންނަނީ ތައްޔާރުވަމުންނެވެ. މި ހިދުމަތް ދިނުމަށްޓަކައި ވަރަށް އަވަހަށް ރެޑްވޭވުގެ ވެބްސައިޓުން ވެސް ލޯންޗު ކުރުމަށް ވަނީ ނިންމައިފަ އެވެ.

ކޮވިޑް-19 ފެތުރޭތީ ކެފޭ އާއި ރެސްޓޯރެންޓްތަކުގެ ހިދުމަތްތައް މެދުކަނޑާލާފައިވާ އިރު އެހެން ބައެއް އާންމު ތަކެތި ވިއްކާ ތަންތަނުން ވެސް ޑެލިވަރީގެ ހިދުމަތްތައް ވަނީ ތައާރަފްކޮށްފަ އެވެ.

ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން ރާއްޖެއިން 13 މީހަކު ޕޮޒިޓިވްވެފައިވާ އިރު އޭގެ ތެރެއިން ތިން މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ. ނަމަވެސް ބަލީގެ ނުރައްކާ އޮތްލެއް ބޮޑުކަމުން ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަނީ އަޅައިފަ އެވެ.