ހުޅުމާލެ ފްލެޓުތަކެއް.- ފޮޓޯ: ހައުސިން މިނިސްޓްރީ
31 މާޗް 2020 - 13:58
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އާންމުންނަށް ކުއްޔަށް ދީފައި ހުރި ފްލެޓްތަކުގެ ކުރިއަށް އޮތް ދެ މަހުގެ ކުލިން 30 ޕަސެންޓް ފަސްކޮށްދީފި އެވެ.
އެޗްޑީސީން ބުނީ މިގޮތަށް ލުއިކޮށްދިނީ ކޮވިޑް-19 އާ ގުޅިގެން އާންމުންނަށް ކުރިމަތިވެފައިވާ ހާލަތަށް ލުއިކަމެއް ގެނެސްދޭން ކަމަށެވެ. އެހެންވެ އެޗްޑީސީން ދޫކޮށްފައިވާ ފްލެޓްތަކުގެ އިތުރުން ގޯއްޗާއި ކުއްޔަށް ދޫކޮށްފައިވާ ކޮމާޝަލް ޔުނިޓްތަކާއި ސިނާއީ ބިންތަކަށް ދައްކާ ފައިސާ ނުވަތަ ކުލީގެ 30 ޕަސެންޓް ފައިސާ ކުރިއަށް އޮތް ދެ މަހު ދައްކާކަށް ނުޖެހޭނެ އެވެ.
އެކަމަކު މިގޮތަށް ހަމަޖައްސައިދޭނީ މީގެ ކުރިން ގަވައިދާ އެއްގޮތަށް ކުލި ދައްކާފައިވާ މީހުންނަށް އެކަންޏެވެ. އެ ލުއި ހޯދަން އެޗްޑީސީ އަށް ފޯމެއް ވެސް ހުށަހަޅަން ޖެހޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. އެޗްޑީސީން ބުނީ ފޯމު ހުށަހަޅާ މީހުންގެ ތެރެއިން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑައިރެކްޓް ޑެބިޓް މެދުވެރިކޮށް އޭޕްރީލް އާއި މެއި މަހުގެ ކުލި އެއްކޮށް ދައްކާފައިވާ ނަމަ އެ ޖަމާކުރި ފައިސާގެ 30 ޕަސެންޓް އެޗްޑީސީން އަނބުރާ ވެރިފަރާތަކަށް ދޭނެ ކަމަށެވެ.
ފަސް ކޮށްދޭ 30 ޕަސެންޓް ފައިސާ ދެއްކުމަށް އެއް އަހަރަށް ވުރެ ކުރު ނޫން މުއްދަތެއް ދިނުމަށް ވެސް އެޗްޑީސީން ވަނީ ނިންމައިފަ އެވެ. އެޗްޑީސީން ބުނީ، މި މުއްދަތުގައި ގަވައިދާ އެއްގޮތަށް ފައިސާ ދައްކަން އުނދަގޫވާ ނަމަ އެކަންކަން ހާމަކޮށް ހުށަހެޅުމުން، އެ ކޯޕަރޭޝަނުން އަމަލުކުރާ ޑެޓް ކަލެކްޝަން ޕޮލިސީއާ އެއްގޮތްވާ ގޮތުގެ މަތިން ފައިސާ ދެއްކުމަށް ފުރުސަތު ދޭނެ ކަމަށް ވެސް އެތަނުން ބުނެ އެވެ.
https://hdc.com.mv/app/files//2020/03/Application-form-for-payment-deferral-regarding-Covid-19.pdf
ކޮވިޑް-19 އާ ގުޅިގެން ކުލި ފަސް ކުރަން ހުށަހަޅާ ފޯމު
މީގެ އިތުރުން އެޗްޑީސީން ދޫކޮށްފައިވާ ކޮންވެންޝަނަލް ލޯނުތައް އިސްލާމިކް ލޯނު އުސޫލަށް ބަދަލު ކުރުމުގެ ފުރުސަތު ވެސް އޮތް ކަމަށް އެކޮޕަރޭޝަނުން ބުނެ އެވެ. މި ބަދަލު ގެނެސްފި ނަމަ، ލޯނަށް ކޮމްޕައުންޑް އިންޓްރެސްޓެއް ނާރާނެ އެވެ.
އެޗްޑީސީގެ ފްލެޓްތަކުން 30 ޕަސެންޓްގެ ކުލި ކުރިއަށް އޮތް ދެ މަހަށް ކުޑަކޮށްފައިވާ އިރު ކުރިއަށް އޮތްތަނުގައި ވެސް އިތުރު ލުއިތައް ދޭން ޖެހިއްޖެ ހާލަތެއްގައި އެކަން ކުރާނެ ކަމަށް އެޗްޑީސީން ބުނެ އެވެ.
ކޮވިޑް-19 އާ ގުޅިގެން އާންމުންނަށް ލުއިގޮތްތައް ފަހި ކޮށްދިނުމަށް ސަރުކާރުން ވަނީ އެކި ފިޔަވަޅުތައް އަޅައިފަ އެވެ. އެގޮތުން ކަރަންޓް ބިލުން 40 ޕަސެންޓާއި ފެން ބިލުން 30 ޕަސެންޓް ކުޑަ ކުރުމަށް ވަނީ ނިންމާފަ އެވެ. ކޮވިޑަށް ރާއްޖެއިން 18 މީހުން ޕޮޒިޓިވްވެފައިވާ އިރު އޭގެ ތެރެއިން ތިން މީހުންނަކީ ދިވެހިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުދުގުދާ
01 April 2020
ކުލި ފަސްކުރިޔަސް އެންމެ ރުފިޔާއެއްވެސް ނުކެނޑޭ! ފަހުން ދައްކަން ޖެހުނީމައި މާ އަޒާބު ބޮޑުވާނެ!
ަލައިޔާމު
01 April 2020
ފުލެޓުތަ ވީހާއަވަހަކަ މީހުންނާ ހަވާލުކޮބަލަ އޭރުންވެސް ޖީބަބޮޑުތަނުން ލުއިވާނެ...
ައޮހެއި
01 April 2020
މިހާރުތިހިރަ ފުލެޓުވެސް އަވަހަ ނިންމާފަ މީހުންނަ ލިބޭގޮވީހާ އަވަހަކަ ހަދާފިއްޔާ ހަރަދުކުޑަވެ ފަސޭހަވެސް ވާނެ އެއީދައްކަންޖެހޭ ކުލިކުޑަވާނެ..
ނޭވާ
01 April 2020
ބޮޑާ ހާކަނީކީނޫން އެކަމު މިހާލަތުގަ 6 މަހަށް ކުލި ފަސްކުރިޔަސް ވާނެ. ފުދިފަ އިތުރުވެސްވާނެ ތިމީހުނަށް. އަށްލައްކައަށް އެޅުނު އެޕާޓްމަންޓަށް ދެމިލިއަން ކާލީމަ ދެރަވަރު.
މުސްތަފާ
01 April 2020
ރައީސް ސޯލިހުވެސް ތިކަހަލަބޭކާރުވާހަކަދައްކަވާ ނިމެނީ ޖަމަލުފޮޑިއަކަށްވެގެން.
ޗޭނޭ
01 April 2020
ދެންވެސް ބޮނޑެތި ކުލިތަކުގަ ނޫޅެ މި ލިބުނި ފިލާވަޅުގެ ބޭނުން ހިފާގެން އަމިންލަ ރަށުގަ އުޅެށް ހިޔާލުކޮށްބަލަ. ދަރިފުޅަށް ކިޔަވަދޭށޭ ކިޔާ މާލެއަށްނަ ގޮތަށް ދަރިފުޅު ކިޔަވާ ނިމިގެން ޖޮބަށް ދާއިރުވެސް ދަރިފުޅަށް ކިޔަވަދޭށް އައި މައިބަފައިން އަބުރާ ރަށަށް ދާންކަށް ނޫޅޭނެ. މީ ވަރަށް ގިނައިން ވާކަމެއް.
ޝޮކްތެރަޕީ
31 March 2020
ރައިސް ޔާމިން ހުރިނަމަ މިކަންތައް ނިމެންދެން ކުލި ނުދައްކަން ބުނާނެ. ރޔާމިންގެ ސަރުކަރުން ފެންނަން ހުރި ރިވެތި މިސާލުން ބަސްބުނަނީ.
ޒިންދަގީ
31 March 2020
ބޮޑެތި ލޯނުތައްނަގައިގެން އަމިއްލަގެ މޯގޭޖުކޮށް ރިސްކުނަގައިގެން އިމާރާތްކޮށްފަ ކުއްޔަށްދީފަހުރި ތަންތަނުގެކުލި މިދުވަސްވަރު އަމިއްލަ އިޚްތިޔާރުގަ ކުޑަކޮށްދެނީ.. ފަސްކޮށްދެނީއެއްނޫން.. އެކަމަކު އެޗްޑީސީއަށް އެވަރުނުވޭ.. ލަދު
އަނަސް1
31 March 2020
ކޮމެންޓްކުރާއިރު ވިސްނާލަބަލަ. މިދައްކަނީ 7000 ރުފިޔާ އަށް ކުއްޔަށް ދީފަހުރި 3 ކޮޓަރި ފުލެޓް ވާހަކަ. ތިބުނާ އެންމެންގެ މުސާރައެއް ކުޑައެއްނުވޭ. 7000 ރުފިޔާއިން 30% އުނިކުރީމަވެސް ރޯންވީ ބޮޑާހާކަމުން. ކުންފުނީގެ މުވައްޒަފުންގެ މަސާރަ ދޭން ލާރި ބޭނުންވާނެ. ކުންފުނިން ނަގާފަހުރި ލޯނުތަށް އެބަޖެހޭ ބަރާބަރަށް ދައްކަން ބޭރު ގައުމުތަކުގެ ބޭންކުތަކަށް. އެކަމަށް ލުޔެއް އަދި ނުލިބޭ. އަމިއްލަ އެދުން ބޮޑީ ބޮޑާހާކާ ރައްޔިތުން.
ވިކީލީކްސް
01 April 2020
އަނަސް މިފަހަރުވެސް މި ބަރުކޮށް ދިނީ މާލޭ މީހުންނަށް ފައިދާވާ ގޮތަށް،، ހަމަހަށް އެމީހުންގެ ލޯނު ތައް ފުރީޒު ކޮށްފަ،، ބެންކު ތަކުން ވެސް މުއައްޒަފުންނަށް މުސާރަދޭ ހިންގުމުގެ ހަރަދުހުރޭ...އެހެނަސް އެޔަށް ނުބަލާ މާލޭ މީހުން އައްސޭރި އަށް ލެވޭތޯ ފުރަތަމަ ބެލީ...މައްސަލަ އަކީ މޮޅު މީހާ އަށް މޮޅު ގޮތް ހަދާފަ ނިކަމެތި މީހަ މޫނަށް ކުޅުޖަހާތީ..އިކުއިޓީ ނެތީމަ...މި ކޮމެންޓު ޖަހާދޭތި
ގޮހޮޑާ
01 April 2020
ކ30% ކުޑަ ކުރުން އޯކޭ...ދެން ދައްޖެހޭ ގަޑީގަ ބޮޑުވާނެ...ކަލެޔައް ނަމަވެސް ބޮޑުވާނެ...ވަސީފަ ގެއްލޭ މީހިން ބަލާ ރަގަޅު ގޮތެއް ހެދުން މުހިއްމު...އެކި މީހުންނަށް ވަނީ އެކި ކަހަލުގެ ގެއްލުން...ބަރާބަރަށް ކުރިން ލިބޭވަރަށް ލިބޭ މީހުން އަތުން ނުޖެހޭ ކުޑާކުރާކަށް ވެސް
އަހުމަދު
31 March 2020
މުސާރަ ބޮޑުތަނުން ކުޑަކޮށްފި, ކުލި ދެއްކޭނެ ގޮތެއް ނެތް, ކުޑަކުޑަ ކުދިންކޮޅަށް ކާންނުދީ ހަމައެކަނި ކުލި ދެއްކޭނީ, މީވެސް ހެޔޮފުޅު ސަރުކާރެއް.