ވިލިމާލެ ފެރީން ބަޔަކު ފައިބަނީ-- ފޮޓޯ:އެމްޓީސީސީ
07 އެޕްރީލް 2020 - 15:12
ކާފިއު ވަގުތުތަކުގައި އާންމުން މަގުމަތީގައި އުޅުން ހުއްޓުވުމަށްޓަކައި އެމްޓީސީސީން ވިލިމާލެ އަށް ޝެޑިއުލް ކުރާ އެންމެ ފަހު ފެރީ ވަގުތަށް ބަދަލު ގެނެސްފި އެވެ.
އެމްޓީސީސީގެ ޓްރާންސްޕޯޓް ޖެނެރަލް މެނޭޖަރު މުހައްމަދު ނާޒިމް ވިދާޅުވީ، މިއަދުން ފެށިގެން ކާފިއު ވަގުތު ގެ ކުރިން ބާއްވާ އެންމެ ފަހު ފެރީ އޮންނާނީ ހަވީރު 4:20 ގައި ކަމަށެވެ. މިދިޔަ ދުވަސްތަކުގައި ވިލިމާލެ އަށް އެންމެ ފަހު ފެރީ ޝެޑިއުލްކޮށްފައި އޮތީ 4:30 ގަ އެވެ.
ސަރުކާރުން ވަނީ މި މަހުގެ ދެ ވަނަ ދުވަހުން ފެށިގެން ކޮންމެ ދުވަހަކު ހަވީރު 5:00 އިން 8:00 އަށް ކާފިއު އިއުލާންކޮށްފަ އެވެ.
"މިގޮތަށް މިހެދީ، ފެރީގައި އައުން އެއީ ކާފިއު ވަގުތު ޖެހޭ އިރު ބޭރުގައި އުޅުން އުޒުރަކަށް ހެދުމަށް ފުރުސަތު ނުދޭންވެގެން،" އޭނާ ވިދާޅުވި އެވެ.
އެމްޓީސީސީން ބުނީ، މިހާރު ކަނޑައަޅާފައިވާ ގޮތުން އެމްޓީސީސީގެ ފެރީގެ އިތުރުން ބަހުގެ ހިދުމަތްތައް ވެސް 4:30 ގެ ކުރިން ނިމޭނެ ކަމަށެވެ. ދެން ދަތުރުތައް ފަށާނީ ކާފިއު ވަގުތު ނިމުމުންނެވެ.
ނާޒިމް ވިދާޅުވީ، ފެރީން ދަތުރު ކުރުމުގައި އެންމެ ފަހު ފެރީއަށް މަޑުނުކޮށް، ހުރިހާ އެންމެން ވެސް އަވަހަށް ދަތުރުތައް ކޮށް ނިންމާލުމަށް އެދޭ ކަމަށެވެ. ކޮވިޑް-19 އާ ގުޅިގެން ކަސްޓަމަރުންނަށް ހިދުމަތް ދިނުމުގައި ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެމްޓީސީސީން ވަނީ އަޅައިފަ އެވެ. އެގޮތުން މިދިޔަ މަހު ވަނީ އެ ކުންފުނީގެ ފެރީތައް ޑިސްއިންފެކްޓްކޮށްފަ އެވެ.
އެ ކުންފުނިން ވަނީ އާންމުން ތޮއްޖެހުނަ ނުދިމަށްޓަކައި އެއް ފެރީއަކުން ކުރިން ދަތުރު ކުރާ މީހުންގެ އަދަދު 50 ޕަސެންޓަށް ކުޑަކޮށްފަ އެވެ. އެގޮތުން މިހާރު 100 މީހުންގެ ޖާގައިގެ ފެރީއަކުން ދަތުރު ކުރާނީ 50 މީހުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެމް.ޕީ.އެލް ބަސް
08 April 2020
ކާފިއު ގަޑި ކުރިން ނައްޓާލާ އެންމެ ފަހު އެމް.ޕީ.އެލް ބަހުގެ (މާލެ - ހުޅުމާލެ) ގަޑިއަކީ 3.45. ދެން އަމިއްލަ ތަންތާ ވަޒީފާ އަދާކުރާ މީހުން އަވަހަށް މަސައްކަތް ނިންމާފަ ބަހަށް އަރާކަށް ނުދެވޭނެ. ދެން ތިބެން ޖެހޭނީ ތިބިތާ ތާށިވެފަ. މީގެ ކުރިން އެންމެ ފަހު ބަހުގެ ގަޑިއަކީ 4 ޖަހާއިރު. އެ ގަޑި ރަނގަޅު. އޭރުން ކާފިއު ގަޑީގެ މާކުރިން ބަސް ދަތުރު ނިމޭނެ. ކަންކަން މި މީހުން ނިންމަނީ ހިދުމަތް ހޯދާ މީހުންގެ ލަފާ އެއް ނެތި، އިތުރަށް ދަތިވާ ގޮތަށް. ވަރަށް ދެރަ ކަމެއް.
އާންމު ފަރުދެއް
09 April 2020
މިހާރު ނޫހުން މިކަމާ ގުޅޭ ގޮތުން އާރޓިކަލް އެއް ލިޔެވިދާނެތޯ ؟ އެމް.ޕީ.އެލް ބަހުގެ ގަޑި ކުއްލިއަކަށް ބަދަލު ކުރުމުން ވަރަށް ގިނަ ރައްޔިތުންނަށް ދަތި އުނދަގޫ އެބަވޭ. މިހާރު ގިނަ ޕްރައިވެޓް ކުންފުނިތަކުގައި މަސައްކަތް ކުރާ މީހުން އަނބުރާ ދާން މިޖެހެނީ 75 ރުފިޔާ ދީގެން ޓެކްސީގަ. ކިހިނެއް ކޮންމެ ދުވަހަކު މިހެން ދާނީ. ނަމުގަ އެމް.ޕީ.އެލް އިން ދެނީ ޕަބްލިކް ޓްރާންސްޕޯރޓް ޙިދުމަތެއް، އެކަމު އެމީހުން ޝެޑިއުލް ހަދަނީ އާންމު މީހާ އަށް އުނދަގޫ ވާ ގޮތަށް.
ެއެއްކަލަ މީހާ
07 April 2020
ބުރޯ މަމެން އޮފީސް ނިމެނީ 4:30 ގަ ދެން ފަތާފަ ދާންވީ؟. ޢަވަހައް ނިކުތީމަ ގަޑިކަނޑާ، ދެން އޭގަ އިތުރައް ބޮޑާހޭކީމަ އަންގާނެ ގޭގަ މަޑުކޮއްލަން.
ާއަލިމޯޑު
07 April 2020
ފެރީއަށ އަރުވަނީ 50 މީހުންނ ތިބުނީ ކަނޑައެޅިގެން ދޮގު.މީހުންނަ އެރޭ އެންމެ ގިނައެއްކޮށް އަރުވާ.މީހުން ކޮޅަށް ތިބޭމިހާރުވެސް.ކީކޭ ބުނާނީ ދެން ހުރިހާކަމެއްގ އޮޅުވާލުނ.ފަހުފެރީ 4ޖަހާއިރަށް ހެދީމަ މާރަނގަޅުވާނ.އޮފީސްތައ ނިމިގެން އަންނަ މީހުންނަށް ކިހާއުނދަގޫ ތިހެން ހެދީމަ.އަދި އެގަޑީގަ ޓިކެޓ ކައުންޓަރުން ޓިކެޓ ވިއްކަނީ އެންމެ ކައުންޓަރަކުން ދިގު ކިޔޫ ހަދައިގެން.ކޮވިޑް19 އިން ސަލާމަތްވާން ޓާމިނަލް ގޮނޑިތަކުގަ ހުރޭ އެއްގޮނޑި ދޫކޮށްފަ އިށީންނަން ބުނެފަ
އެމް.ޕީ.އެލް ބަސް
08 April 2020
ހަމަ ތިބީދައިން އެމް.ޕީ.އެލް ބަހުގެ ހިދުމަތް ދެނީ. އިންތިޒާމްތައް ވަރަށް ދޯދިޔާ. އެއްވެސް ސަރުކާރުގެ އިދާރާ އަކުން ބަހުގެ ހިދުމަތް ދޭ ފެންވަރެއް ނުބަލާ. އެމީހުން ބޭނުން ގޮތަކަށް ބަހުގެ ހިދުމަތް ދެނީ. އެކަމު ހިދުމަތައް ބޮޑު އަގެއް ކޮންމެ މީހަކު އަތުން ނަގާ. މިހާރު މާލެ އިން ހުޅުމާލެ އަށް ނައްޓާލާ އެންމެ ފަހު ބަަސް އޮންނަނީ 3.45 ގަ. ކިހިނެއް އޭގެން އަމިއްލަ ކުންފުނިތަކުގެ އުޅޭ މީހުން ދާނީ. އެހެން މީހުންގެ ހާލަތައް ވެސް ވިސްނައިގެން ހިދުމ
އިބާދު
07 April 2020
އެމްޓީސީސީ އިން ހަދަމުން އެގެންދަނީ ދޮގު ރޭގައި 2020/4/6 ދުވަހުގެ ރޭ ވިލިނގިލިން މާލެ އައި ފެރީ މާލެ އައީ އެކީގައި ފުރިގެން ކޮންމެ ގޮޑިއެއްގައި 4 މީހުންތިބި
ޢަހުމަދު5678
07 April 2020
ގަޑި ޖެހުނީމަ ހުސްފެރީ ދިއުމަށްވުރެ މީހުން އަރުވައިގެން ދިޔައްޔާ ރައްޔިތުންނަށް ކަމެއް ކޮށްދެވޭނެދޯ... ވިލިމާލެއިން އަންނަ ފަހު ފެރީދަނީ ހުސްކޮށް... މަޖުބޫރުބެގެން ބޭރުގަ އުޅޭ ރައްޔިތުން މާލެ އަންނަނީ....