ވިޔަފާރި / އުރީދޫ

އުރީދޫގެ ކަސްޓަމަރުންނަށް 35ރ. އަށް 1ޖީބީ ޑޭޓާ އާއި އަންލިމިޓެޑް ކޯލް

އުރީދޫގެ ސީއީއޯ އަދި އެމްޑީ ނަޖީބު ޚާން: ރޯދަ މަހާ ދިމާކޮށް ޕްރީޕެއިޑް ކަސްޓަމަރުންނަށް ހާއްސަ ޕެކޭޖެއް ވަނީ ތައާރަފު ކޮށްފައި- ފޮޓޯ: ހުސައިން ވަހީދު/ މިހާރު

މި ރޯދަ މަހާ ދިމާކޮށް، އުރީދޫގެ ޕްރީޕެއިޑް ކަސްޓަމަރުންނަށް 35ރ. އަށް އެއް ޖީބީ ޑޭޓާ އާއި އުރީދޫގެ ނަންބަރުތަކަށް އަންލިމިޓެޑް ކޯލް ކުރެވޭ "ޑެއިލީ ކޮމްބޯ" އެއް ތައާރަފު ކޮށްފި އެވެ.

މި "ކޮމްބޯ" އަކީ ރޯދަ މަހާ ގުޅިގެން، އާއިލާ މީހުންނަށް ތަހުނިޔާ ފޮނުުމަށާއި އެ މީހުންނާ ވާހަކަ ދެއްކުމަށް ވަރަށް ބޭނުންތެރި "ކޮމްބޯއެއް" ކަމަށް އުރީދޫން ދެކެ އެވެ.

އެ ކުންފުނިން ބުނީ، ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި އެޅި ފިޔަވަޅުތަކުގެ ތެރެއިން، މާލެ ސަރަހައްދު ލޮކްޑައުންކޮށް، ސޯޝަލް ޑިސްޓެންސް ދަމަހައްޓަންޖެހޭ މި ދުވަސްވަރު މުވާސަލާތީ ވަސީލަތްތައް ބޭނުން ކޮށްގެން އެކަކު އަނެކަކާ ވާހަކަ ދެއްކުމަކީ މުހިންމު ކަމެއް ކަމަށެވެ. އެހެން ކަމުން މި ޕެކޭޖުގެ ސަބަބުން އެ ކުންފުނީގެ ޕްރީޕެއިޑް ކަސްޓަމަރުންނަށް އާއިލީ ގުޅުން ދެމެހެއްޓުމަށް އިތުރު ލުޔެއް ލިބޭނެ ކަމަށް އުރީދޫން ބުންޏެވެ.

އުރީދޫގެ ޓްވީޓެއް--

އުރީދޫގެ ޑެއިލީ ކޮމްބޯ ނަގަން ބޭނުންވާ ކަސްޓަމަރުންނަށް އެ ކުންފުނީގެ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ނުވަތަ 1#*929* އަށް ގުޅައިގެންވެސް އެކްޓިވޭޓް ކުރެވޭނެ އެވެ.

އުރީދޫން ބުނިގޮތުގައި، ދިވެހިން މި ވަގުތު ޑިޖިޓަލްކޮށް ގުޅުވުމަށް އެ ކުންފުނިން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން، ޑެއިލީ ކޮމްބޯއާއެކު ގިނަ ބަޔަކަށް މެދުކެނޑުމެއް ނެތި އިންޓަނެޓު ބޭނުން ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް އުރީދޫން ބުންޏެވެ.

ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް މާލެ ސަރަހައްދު 14 ދުވަހަށް ލޮކްޑައުން ކޮށްފައިވާއިރު ސޯޝަލް ޑިސްޓެންސިން ދެމެހެއްޓުމަށް ކަމާ ބެހޭ ފަރާތަތްކުން ދަނީ ބުނަމުންނެވެ. އެހެންކަމުން މުހިންމު ބައްދަލުވުންތައް ވެސް މިހާރު ބާއްވަމުން އަންނަނީ އޮންލައިން ޕްލެޓްފޯމުތަކުގަ އެވެ.

24 ކޮމެންޓް, 100 ރިއެކްޝަންސް

icon happy icon happy 26%
icon sad icon sad 30%
icon angry icon angry 44%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޗޭންޖް ދި ހެޑްލައން

24 April 2020

ރޯދަމަހާ ދިމާކޮށް އުރީދޫ ކަސްޓަމމަރުންގެ މޫނުމަތީގައި ތަފާލެއް

The name is already taken The name is available. Register?

ރީތި މޫސަ

23 April 2020

ދުނިޔޭގެ ބައެއްޤައުތަކުން މިހާލަތުގަ ހިލޭދޭއިރު ކީއްވެބާ މިމީހުން ނުދޭންމިއުޅެނީ

The name is already taken The name is available. Register?

އޫރީދޫ1

23 April 2020

ކޮންމެ ދުވަހަކު އުރީދޫން ތިދޭ ފަސް ޖީބީ ރަނގަޅީ ނުދިނިއްޔާ. ސްލޯކަމުން ގުޑާ ނުލާ. ސަރުކާރުން ވެސް ބުނެފަ އޮތީ ހިލޭ ދޭ ޖީބީގެ ސްޕީޑް ދަށް ނުކުރަން. މަކަރު ހެދި ނަމަވެސް ބޮޑުވަރު އުރީދޫ.

The name is already taken The name is available. Register?

މޫސާ ސާއިދު

23 April 2020

އުރީދޫ ތީ އަބަދުވެސް ކަސްޓަމަރުންނަށް އޮޅުވާލާ ބައެއް! 35ރ ކޮންމެދުވަހަކު، މަހަކަށް 35*30=1،050ރ، މި ލިބެނީ 30ޖީބީ މަހަކަށް... ވަރަށް މޮޅު!

The name is already taken The name is available. Register?

ލަތީފާތަ

23 April 2020

ލާރި ކާނެ ގޮތްގޮތް ހައްތަހާވެސް މިހުންނަނީ ލާރި ލިބޭނެ ގޮތްގޮތެއް އަހަރެމެނަކައް ނެތް

The name is already taken The name is available. Register?

ހަނުހުންނަ މީހާ1

23 April 2020

ވަރަށް ސަޅި ޕެކޭޖެއް ސުވާލަކަށް އެންމެ 35 ރ މަކަށް އެންމެ 1050 ރ ތީދެވެނީ ހަމަ ހިލޭ.

The name is already taken The name is available. Register?

ތިރަށުއައްމަޑޭ

23 April 2020

35 އަގު ބޮޑު..ހެޔޮ ނުދިނަސް

The name is already taken The name is available. Register?

ކެލާ

22 April 2020

ދިރާގު ބްރޯޑް ބޭންޑް ގަ 3 ޖީބީ 15 ރުފިޔާއަށް

The name is already taken The name is available. Register?

ލާލަ

22 April 2020

މީ ކާކު ހެދި ޕެކޭޖެއްތަ؟ ދިވެހިން ހަމަ އެހާ ގަމާރޭތަ ތި ބުނަނީ. ތިކަހަލަ ޕެކޭޖު ނަހަދާ ދިމާލަށް ބުނެބަލަ މުސީބާތެއް ގައިވިޔަސް ބޭނުން ގޮތެކޭ ހަދާލާނީ. ސަރުކާރު ކޮބާތަ މިކަމާ އެއްޗެއް ބުނުވަބަލަ ނޫސްވެރިޔަކު މިކަން މިޖިލިހަށް ވައްދާ މިދަނޑިވަޅު އުރީދޫން ދިވެހިންނަށް މަލާމާތާ ފުރައްސާރަ ކުރުން ހުއްޓާލާ!

The name is already taken The name is available. Register?

އާދު

22 April 2020

މަބުނާނެ އެތި މާ ބޮޑީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454