13 މެއި 2020 - 09:09
ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށް ލޮކްޑައުން އިއުލާންކުރި ނަމަވެސް އެކަމަށް ތަބާނުވެ ހިދުމަތް ދެމުން ގެންދިޔަ ނައިޖީރިއާގެ ދެ ގެސްޓް ހައުސްއެއް ކަމާބެހޭ ފަރާތްތަކުން އާދީއްތަ ދުވަހު ތަޅާލައިފި އެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ދެ ތަނަކީ ނައިޖީރިއާގެ ރިވާޒް ސްޓޭޓްގައި ހިންގަމުން ދިޔަ އެޑްމީޓީ ހޮޓަލާއި ޕްރޮޑެސްޓް ހޯމެވެ.
މިކަމާ ބެހޭ ގޮތުން ރިވާޒްގެ ގަވަރުނަރު ނީސަމް ވައިކް ވިދާޅުވީ ދެ ގެސްޓް ހައުސް ވެސް ތަޅައިލީ އެންގުންތަކާ ހިލާފުވެ، ލޮކްޑައުނަށް ތަބުނުވެ، ކުރިއެކޭ އެއްގޮތަށް ވިޔަފާރިކުރަމުންދާތީ އެވެ. އަދި ނައިޖީރިއާ އިން ކޮވިޑް-19 އަށް ޕޮޒިޓިވް މީހުންގެ ތެރޭގައި ދެ ތަނަށް ޒިޔާރަތްކުރި ބަޔަކު ހިމެނޭ ކަމަށް ވިދާޅުވި އެވެ.
އެޑްމީޓީ ހޮޓަލާއި ޕްރޮޑެސްޓް ހޯމްގެ މެނޭޖަރުން ހައްޔަރުކޮށް މިހާރު އަންނަނީ މައްސަލަ އިތުރަށް ތަހުގީގުރަމުންނެވެ.
ނަމަވެސް ދެ ހޮޓަލުގެ މެނޭޖްމަންޓުން ވެސް އެ ބުނީ އެތަންތަން ހުޅުވައިގެން ހިދުމަތް ނުދޭ ކަމަށާއި މައްސަލައަކަށްވީ، ކަންކަން ސުޕަވައިޒްކުރަން ދިޔަ ސަރުކާރުގެ އޮފިޝަލުންތަކެއް ރިޝްވަތު ހޯދަން އެދުމުން އެކަމާ ދެކޮޅު ހެދުން ކަމަށެވެ. ނަމަވެސް ސަރުކާރުން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފަ އެވެ.
ނައިޖީރިއާ އިން މިހާތަނަށް ކޮވިޑް-19 އަށް 4،600 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވާ އިރު، މަރުވި މީހުންގެ އަދަދު 150 އަށް ވުރެ ގިނަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮން ކަހަލަ ބައެއް
13 May 2020
އެކަމަކު ތިވަރު ކޮށްލާކަށް ނުވާނެއެވެ. ތި ދެތަށް ތަޅާލުމުން ކޮވިޑީ 19 ހުއްޓޭތޯ ބަލާނަމެވެ.
ބަސް
13 May 2020
ދިވެހިންގޮތަށް ހަރުކަށިނުވެ މައިތިރި ނުވާބައެއް. ދިވެހިން މައިތިރިކުރަން ހަރުކަށި ފިޔަވަޅު އެޅޭވަރުގެ މީހަކުނެތް.
ބައިރޯ
13 May 2020
މަށަށް ހަމަ ހީވަނީ ރިޝްވަތުގެ ކަމެއް އެބައުޅޭހެން
ބަދަލު ހިފުން
13 May 2020
މަށަށް ޔަޤީން..އެހެން ނޫނީ އެވަރެއް ނުކުރާނެ އެވެ.