ސިމްޑީން ވިއްކާ ބައެއް ސާމާނު-- ފޮޓޯ: ސިމްޑީ
14 މެއި 2020 - 16:33
މާލެ ސަރަހައްދު ލޮކްޑައުން ކުރުމާ ގުޅިގެން ސިމްޑީން ވިއްކާ ތަކެތި ހިލޭ ޑެލިވަރީ ކޮށްދޭން ފަށައިފި އެވެ.
ސިމްޑީން ބުނީ، އެ ފިހާރައިން ވިއްކާ ތަކެތި ވެބްސައިޓުގައި ފެންނާނެ ކަމަށާއި ތަކެއްޗަށް އޯޑަރު ދިނުމުން ޑެލިވަރީ ކޮށްދޭނެ ކަމަށެވެ. މިކަމާ ގުޅޭ ތަފްސީލު ހޯދުމަށް ހޮޓްލައިން ނަންބަރު 3334455 އަށް އަދި ވައިބާ ނަންބަރު 7338472 އަށް ގުޅައިގެން ކުރިއަށް ގެންދެވޭނެ އެވެ.
ސިމްޑީގެ ބައެއް މުވައްޒަފުން. --ފޮޓޯ: ސިމްޑީ
ސިމްޑީން 12،000 އަށް ވުރެ ގިނަ އުފެއްދުން އަންނަނީ ރީޓެއިލް ކުރަމުންނެވެ. އެގޮތުން މަޝްހޫރު ބްރޭންޑްތައް ކަމަށްވާ އިލީ އާއި ދިލްމާ އާއި އިލެކްޓްރޯލަކްސް އާއި ކެނޮން އާއި މޮނިން ސިރަޕް ބްރޭންޑްތައް ހިމެނެ އެވެ. މިގޮތުން މިހާރު ވެސް 200 އަށް ވުރެ ގިނަ ބްރޭންޑް ވަނީ ތައާރަފްކޮށްފަ އެވެ. މިގޮތަށް ކޮންމެ ދުވަހަކު ވެސް 100 އަށް ވުރެ ގިނަ ޑެލިވަރީ ސިމްޑީން ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން އެންމެ ލަސް ވެގެން ކުރާ އޯޑަރުތައް ޖެހިގެން އަންނަ ދުވަހު ޑެލިވަރީ ކޮށްދޭނެ ކަމަށް ސިމްޑީން ބުނެ އެވެ.
ސިމްޑީގެ ޑެލިވަރީ މުވައްޒަފުން
ޑެލިވަރީގެ ހިދުމަތް ކޮންމެ ދުވަހު ހެނދުނު 9:00 ން ރޭގަނޑު 11:00 އަށް ކުރިއަށްދާނެ އެވެ. މިހާލަތުގައި ޑެލިވަރީގެ ހިދުމަތް ދޭ އިރު މުވައްޒަފުންނާއި ކަސްޓަމަރުންގެ ރައްކާތެރި ކަމަށް ވަރަށް ހާއްސަ ސަމާލުކަމެއް ދޭނެ ކަމަށް އެކުންފުނިން ބުނެ އެވެ.
އާންމުންގެ އިތުރުން، ހޭލްސޭލްކޮށް ވެސް ތަކެތި ވިއްކާނެ ކަމަށް ސިމްޑީން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރނަގޫ ރޯޅި
15 May 2020
އެސްޓީއޯގެ އީހޯލްސޭލް ފިހާރައިންވެސް ފްރީޑެލިވަރީ މާލޭގަ ހުންނަ ފިހާރަތަކައް ކޮއްދެ. ބަލާ ދިޔައިމަ ލިބޭ އަގާ ގެނެސްދޭ އަގައް އަންނަ ބަދަލެއް އަންނަނީ. ފްރީ ޑެލިވަރީ.
theenamen
15 May 2020
އަޅެ ލިޔުނުގައި ވެބްސައިޓްގެ ލިންކު ހިމަނާލިނަމަ
ނެކްސްޓް
14 May 2020
ވަރަށް ބަރާބަރުބައެއް ބައެއް އެހެންތަންތަނުން ނަގާހެން އިތުރު އެއްވެސް ޗާޖެއް ނުނަގާ
އޭނަ މީނަ
14 May 2020
މިދިޔަ މަހު ކުރިއޯޑަރ އަދިވެސްނުލިބޭ އިލީކޮފީދަޅަކާ ޖޫސްޕަކެޓަކާ
ާހަހސހސަނސނސވހޖޖގ27:8:؛$
15 May 2020
އިލީކޮފީ ބްރައުން ބްރެޑް ފެރޭރޯ ޗޮކްލަާެޓް އެއް ނޫން ކެވޭތޯ އުޅެންވީ... މި ބަލިމަޑުކަން ހީކުރާހާ އަވަހަކަށް ނުނިމޭނެ.. ދުއާކޮށް ފަހަށް ރައްކާކުރުން ވ. ާބުއްދިވެރި