ޖެފް ބެޒޮސް.
16 މެއި 2020 - 08:42
ދުނިޔޭގެ ފުރަތަމަ ޓްރިލިނިއަރަކަށް، މަޝްހޫރު ކުންފުނި އެމެޒޯންގެ ވެރިޔާ ޖެފް ބެޒޯސް ވެދާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އެމެރިކާ އަށް އުފަން ބެޒޯސް، 56، އަކީ މިހާރު ވެސް ދުނިޔޭގައި ހުރި އެންމެ މުއްސަނދި މީހާ އެވެ. އޭނާގެ މިލްކިއްޔާތު 148.6 ބިލިއަން ޑޮލަރަށް އަރަ އެވެ.
ދުނިޔޭގެ ވިޔަފާރި ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި ކޮރޯނާވައިރަހާ އެކު، މުޅި ދުނިޔެ އަށް ކުރިމަތިވި މާލީ ތާށިކަމުގައި ފައިދާ އެންމެ ބޮޑަށް ކޮށްފައިވާ އެއް ކުންފުންޏަކީ އެމެޒޯނެވެ. އެގޮތުން ކޮރޯނާވައިރަސް ފެތުރެން ފެށުމާ އެކު، މީގެ ކުރިން ދުވަހަކު ވެސް އެމެޒޯންގެ އޮންލައިން ވިޔަފާރި އަށް ބާރު ބޮޑު ނުވާ ވަރަށް ބާރު ބޮޑުވެ، އެތައް ގުނައަކުން އަންނަނީ ފައިދާވަމުންނެވެ.
Jeff Bezos is about to become the world’s first trillionaire while we’re about to enter a depression pic.twitter.com/901vsfmD5p
— Thomas Moore (@Thomas_A_Moore) May 14, 2020
ވިޔަފާރި ދިރާސާކުރާ ކުންފުނި ކޮމްޕޭރިސަން އިން ބުނެފައިވާ ގޮތުގައި ކުރިން އަންދާޒާކޮށްފައިވާ އޮތް ގޮތުން ދުނިޔޭގެ އެންމެ ފުރަތަމަ ޓްރިލިއަނަރުގެ މަގާމު 2026 ގައި ބެޒޯސް ކަށަވަރުކުރާނެ އެވެ. ނަމަވެސް އޭނާގެ ކުންފުނިން މިހާރު ވޔަފާރީގައި ހޯދަމުން އަންނަ ކުރިއެރުންތަކާއި ފައިދާތަކަށް ބަލާ އިރު، 2026 ގެ މާ ކުރިން ބެޒޯސް ޓްރިލިއަނަރެއްގެ މަގާމަށް އަންނާނެ އެވެ.
Here is the most disturbing and disgusting headline I think I've ever seen.https://t.co/ydrgqDIrBC
— Isiah 🌹 (@forevertawl) May 13, 2020
ބްލޫމްބާގް އިން ބުނެފައިވާ ގޮތުގައި ކޮރޯނާވައިރަހާ ދިމާކޮށް، އެމެޒޯންގެ ވިޔަފާރި އަށް އައި ބޮޑު ކުރިއެރުމާ އެކު، މި އަހަރުގެ ފުރަތަމަ ހަތަރު މަސް ދުވަހުގެ ތެރޭގައި އެ ކުންފުންޏަށް 75.5 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެ އެވެ.
Jeff Bezos is expected to become the 1st trillionaire as he consolidates the retail market during coronavirus.
— Rep. Bonnie Watson Coleman (@RepBonnie) May 13, 2020
Now Amazon is telling its workers (who have faced significant risk) that it'll be ending their hazard pay at the end of MAY!
Atrocious greed.https://t.co/JOcsZBwSGo
ބެޒޯސް ޓްރިލިއަނަރަކަށްވުމުގެ މަގުމަތީގައި ހުރި ކަމަށް ބުނާ ވާހަކަ މީޑިއާތަކުގައި ދެކެވެން ފެށުމާ އެކު ޓްވިޓާގައި އަންނަނީ އެކި ކަހަލަ ޝުއޫރުތައް ވެސް ފާޅުކުރަމުންނެވެ. އޭގެ ތެރޭގައި އޭނާ އަށް ފާޑުކިޔާ މީހުން ވެސް ހިމެނެ އެވެ.
އެއް ބަޔަކު ބުނެފައިވާ ގޮތުގައި މި ދަތި ހާލަތުގައި އެމެރިކާގެ އެތައް ބައެއްގެ ވަޒީފާތައް ގެއްލި، ބިކަވަމުންދާ އިރު، ބައެއް މީހުންގެ ތަނަވަސްކަން އަތްނުފޯރާ ހިސާބަށް މައްޗަށް އަރައިގެން ދިއުމަކީ ސީރިއަސްކޮށް ވިސްނަން ޖެހޭ ކަމެކެވެ
މިކަމާ ގުޅުވައިގެން އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ޑިމޮކްރެޓިކް ޕާޓީގެ މެމްބަރު ބޮނީ ވަޓްސަން ކޯލްމަން ވަނީ ބެޒޯސް ހޯދަމުން އަންނަ ތަނަވަސް ކަމަކީ "ވަރަށް ވެސް ދަހިވެތި" ކަމެއްގެ ގޮތުގައި ސިފަކުރައްވައިފަ އެވެ.
މި ވަގުުތު ދުނިޔޭގައި ޓްރިލިއަން ޑޮލަރުގެ އަގުހުރި ކުންފުނިތަކުގެ ތެރޭގައި ހިމެނެނީ އެޕަލް އާއި ގޫގުލް ހިންގާ އަލްފަބެޓާއި މައިކްރޮސޮފްގެ އިތުރުން ސައުދި އަރަބިއްޔާގެ ތެޔޮ ކުންފުނި ސައުދީ އަރަމްކޯ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަޕްރައިޒްޑް
17 May 2020
ކެޕިޓަލިޒަމް ބްލަޑް ސަކަެޒް.
ފަލަ
17 May 2020
ހަސަދަ ނުވެބަލަ. އޭނާ އަކީ އޭނާގެ ވިޔަފާރި ސުމަކުން ފަށައިގެން ކާމިޔާބު ހޯދާފައި ހުރި މީހެއް. ކަޑަ ނުވެބަލަ.
ޖަސްޓިން
16 May 2020
ނޫނޭ ނޫނޭ ފުރަތަމަ ޓްރިއަލަނަރަކީ ގާރޫނު ހެހެ
އެދުރޭ
16 May 2020
1 ޓްރިލިއަން ޑޮލަރަކީ މިހާރުގެ ރާއްޖޭގެ އަހަރުދުވަހުގެ ބަޖެޓުން ބަލާނަމަ ގާތްގަނޑަކަށް 500 އަހަރުގެ ބަޖެޓް.