16 މެއި 2020 - 08:46
ބޮޑެތި ކޮންސަޓްތަކާއި ކުޅިވަރު މެޗްތަކުގެ ލައިވް ރިކޯޑިން ހެދުމަށް އަރާހުރި ވާޗުއަލް ރިއަލިޓީ (އޭއާރް) ކުންފުނި ނެކްސްޓް ވީއާރް، މަޝްހޫރު އެޕަލް އިން ކުންފުނިން ގަނެފި އެވެ.
ދެ ކުންފުނިން މިކަން ކަށަވަރުކޮށް ދިން ނަމަވެސް މި މުއާމަލާތުގެ އަގާއި އޭގެ އެއްވެސް ތަފްސީލެއް ހާމައެއްނުކުރެ އެވެ. ނަމަވެސް ނެކްސްޓް ވީއާރްގެ ވެބްސައިޓްގައި އާންމުކޮށްފައިވާ ބަޔާނެއްގައި ބުނީ އެޕަލް އަށް ކުންފުނި ވިއްކާލުމަކީ އާ މިސްރާބަކަށް ދަތުރު ފެށުން ކަމަށެވެ.
އެޕަލް އަށް ނެކްސް ވީއާރް ވިއްކައިލި ކަމަށް ބައެއް މީޑިއާތަކުން ބުނެފައި ވަނީ 100 މިލިއަން ޑޮލަރަށެވެ.
#Apple acquires #NextVR, a virtual reality startup, for $100 million.https://t.co/n7sv7AsbsY#Sakal #SakalTimes #SakalNews #viral #news #ViralNews #TechnologyNews #AugmentedReality #VirtualReality @nextvr @Apple pic.twitter.com/ROaaYyQWVf
— Sakal Times (@sakaltimes) May 15, 2020
ވީއާރަކީ ލައިވް އިވެންޓްތަކުގެ ތެރޭގައި ހަމަ ލޮލަށް ފާހަގަނުކުރެވޭ ކަންކަން، އިތުރަށް ތަފުސީލުކޮށްދެވޭ ޓެކްނޮލޮޖީއެކެވެ. އެންމެ ފަހުން ބޭއްވި ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ވީއާރް ޓެކްނޮލޮޖީ ބޭނުންކޮށް، މެޗްތަކުގެ ތެރޭގައި ހެދޭ ގޯސްތައް ދައްކާފައިވެ އެވެ.
ބްލޫމްބާގުން ބުނިގިތުގައި އެޕަލް އަށް ނެކްސްޓް ވިއާރް ވިއްކައިލީ، އެ ކުންފުނި ދެން އެއްކޮށް ހުއްޓާލައި، ވީއާރުން ކުރަމުން ދިޔަ ހުރިހާ މަސައްކަތްތަކެއް ސީދާ އެޕަލްގެ ދަށުން ކުރިއަށް ގެންދާ ގޮތަށެވެ. އަދި އެޕަލް އިން ވީއާރް ކުންފުންޏެއް ގަނެފައި ވަނީ އެ ކުންފުނި އައުގްމެންޓެޑް އައިނާއި ހެޑްސެޓްފް ފަދަ އުފެއްދުންތަކެއް 2022 ގައި ނެރެން އަމާޒު ހިފާފައި ވަނިކޮށެވެ.
ދެހާސް ނުވައެއްގައި ނެކްސްޓް ވީއާރް ވިއްކައިލި އިރު، ކުންފުނީގެ އަގު 115 މިލިއަން ޑޮލަރަށް އަރަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy