17 މެއި 2020 - 09:47
ސިއްހަތާ ގުޅުން ހުރި ސްމާޓް ޑިވައިސްތައް އުފައްދާ ކުންފުނި ފިޓްބިޓުން ވެންޓިލޭޓަރު އުފެއްދުމުގެ މަސައްކަތް ފަށައިފި އެވެ.
ކޮވިޑް-19 ފެތުރެން ފެށުމުން ކުންފުނީގެ ރަސްމީ މަސައްކަތްތައް ކުޑަކޮށް އެއްފަރާތްކޮށްލުމަށް ފަހު، ވެންޓިލޭޓަރު އުފެއްދުމާ ބެހޭ ގޮތުން ސީއީއޯ ޖޭމްސް ޕާކް ސީއެންބީސީގައި ވިދާޅުވީ އެމެރިކާ އާއި ދުނިޔޭގެ ހުރިހާ ހިސާބުތަކަށް ވެސް މި ވަގުތަކީ ވެންޓިލޭޓަރުގެ ދަތިކަން ބޮޑު ކަމަށެވެ.
އެހެންވެ އެންމެ ފުރަތަމަ ކަމަކަށް މުޅި އެމެރިކާ އަށް ވާ ވަރަށް ވެންޓިލޭޓަރު އުފައްދަން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.
We’ve been doing a lot at Fitbit to help tackle COVID-19, including working with @scrippsresearch and Stanford on wearable algorithms to detect COVID-19. A small and passionate group at Fitbit has also been working on an advanced emergency ventilator. https://t.co/hQma2mP1tB pic.twitter.com/Cv3VtIBqKx
— James Park (@parkjames) May 15, 2020
ޖޭމްސް ވިދާޅުވި ގޮތުގައި ފިޓްބިޓުން އުފައްދާ ވެންޓިލޭޓަރު މިހާރު ގާތްގަނޑަކަށް ނިމުމަކާ ހަމައައިސްފައިވާތީ އެއަށް އެޕްރޫވަލް ހޯދަން ވަރަށް އަވަހަށް އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އަށް ހުށަހަޅާނެ އެވެ. އެތަނުން ދާފި ފަހުން ވަނީ ނާސާ އިން އުފެއްދި ހައި-ޕްރެޝަރު ވެންޓިލޭޓަރަކަށް ވެސް ހުއްދަ ދީފަ އެވެ.
ޖޭމްސް ވިދާޅުވި ގޮތުގައި ފިޓްބިޓް އުފައްދާ ވެންޓިލޭޓަރުވެގެން ދާނީ އިމަޖެންސީ ހާލަތުގައި ބޭނުންކުރާ އެންމެ އެޑްވާންސް އެކަމަކު އެންމެ އަގުހެޔޮ އުފެއްދުމަށެވެ. ނަމަވެސް އޭގެ މާ ބޮޑު ތަފުސީލުތަކެއް އަދި ހާމަކުރަން ބޭނުންނުވާ ކަމަށް ވިދާޅުވި އެވެ. އަދި އެފްޑީއޭގެ ޖުއްދަ ލިބުމާ އެކު، ޕްރޮޑަކްޝަން ފުޅާކޮށް، ސަޕްލައިކުރުމުގެ މަސައްކަތް ފަށާނެ ކަމަށް ވިދާޅުވި އެވެ.
ވެންޓިލޭޓަރުތަކުގެ އަގުތަކަށް ބަލާ އިރު، އެންމެ އަގު ބޮޑު އެއްޗެހި އުޅެނީ 50،000 ޑޮލަރަށެވެ.
ކޮވިޑް-19އާ ދިމާކޮށް ވެންޓިލޭޓަރު އުފައްދަން ނުކުތް ކުންފުނިތަކުގެ ތެރޭގައި ކާރު އުފައްދާ ޓެސްލާ އާއި ފޯޑް ފާހަގަކޮށްލެވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބިޓުން333
17 May 2020
ހާދަ ފިޓޭ