އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު-- ފޮޓޯ:އަހުމަދު އަވްޝަމް އިލިޔާސް/މިހާރު
18 މެއި 2020 - 15:18
ކޮވިޑް-19އާ ގުޅިގެން ބޭނުންވާ ކާބޯތަކެއްޗާއި ބޭސް ހޯދުމަށް އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައިޓީއެފްސީ)ން އެސްޓީއޯ އަށް 15 މިލިއަން ޑޮލަަރު (231 މިލިއަން ރުފިޔާ)ގެ ލޯނެއް ހަމަޖައްސައިދީފި އެވެ.
އައިޓީއެފްސީން ވަނީ ލޯނުގެ އިތުރުން ކޮވިޑް-19އާ ދެކޮޅަށް ކުރާ މަސައްކަތުގައި ކުރީ ސަފުގައި މަސައްކަތްކުރާ މީހުން ބޭނުންކުރާ އާލާތްތައް ކަމަށްވާ "އިމީޑިއަޓް ލައިފް-ސޭވިން ފްރަންޓް ލައިން ޕާސަނަލް ޕްރޮޓެކްޓިވް މެޑިކަލް އިކުއިޕްމަންޓް" ހޯދުމަށް މާލީ އެހީތެރިކަން ފޯރުކޮށްދޭން ވެސް ނިންމައިފަ އެވެ. މިއީ ކޮވިޑް-19 އާ ދެކޮޅަށް ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން އެ ކުންފުނީގެ މެމްބަރު ގައުމުތަކަށް އެހީވުމުގެ ގޮތުން ދޭ ލޯނާއި ގްރާންޓުތަކެވެ.
އެ ކުންފުނީގެ ސީއީއޯ އިންޖިނިއާ ހާނީ ސަލެމް ސޮންބޮލް ވިދާޅުވީ މި ދަނޑިވަޅު މެމްބަރު ގައުމުތަކަށް އެހީވުމަކީ އެ ކުންފުނިގެ މެންޑޭޓުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ. އަދި އެ ކުންފުނީގެ 3R ޕެކޭޖު (ރެސްޕޮންޑް، ރީސްޓޯ އެންޑް ރީސްޓާޓް) މެދުވެރިކޮށް ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެސްޓީއޯއިން ބުނީ އައިޓީއެފްސީން ދޭން މި އެހީގެ ސަބަބުން ރާއްޖެއަށް ބޭނުންވާ ކާޑާއި ބޭހާއި ސިއްހީ މަސައްކަތްތެރިންނަށް ބޭނުންވާ އެންޓި-ފޮގް ފޭސް ޝީލްޑާއި ސޭފްޓީ ގޮގަލްސް އަދި ޕްރޮޓެކްޓިވް ޔުނިފޯމް ސޫޓް ފަދަ ތަކެތި ފޯރުކޮށްދެވޭނެ ކަމަށެވެ.
އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވީ ކޮވިޑް-19 ގެ އައުޓްބްރޭކް އަކަށް ދިވެހިރާއްޖެ އައީ ވަރަށް ކުރިން ތައްޔާރުވަމުން ކަމަށާއި، މިކަމަށްޓަކައި ރިސްކް އެސެސްމަންޓްތައް ހެދި، ނޭޝަނަލް ރެސްޕޯންސް ގައިޑްލައިން އާ އެކު ހެލްތް އިމަޖަންސީ ކޯޑިނޭޝަން ކޮމިޓީއެއް ގާއިމްކުރެވި، ރާއްޖޭގައި ވައިރަސް އަށް ޓެސްޓް ކުރެވޭނެ ގޮތްތައް ހަމަޖެއްސުމަށްޓަކައި ޓެސްޓް ކިޓްތައް ހޯދުމުގެ މަސައްކަތްތައް ކުރިއަށްގެންގޮސްފައިވާ ކަމަށެވެ. އަދި އައިޓީއެފްސީން އެ ކުންފުންޏަށް ފޯރުކޮށްދީފައިވާ އެހީގެ ސަބަބުން ރިސްކުތައް ދެނެގަތުމަށާއި ސްކްރީން ކުރުމާއި ކޮންޓެކްޓް ޓްރޭސިން އާއި ޓެސްޓް ހެދުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތައް އިތުރަށް ހަރުދަނާ ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން، އައިޓީއެފްސީން ދޭ މިފަންޑިންގެ ސަބަބުން ކާޑުގެ ބާވަތްތައް މެދުކެނޑުމެއް ނެތި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އިތުރު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް ވެސް އަމްރު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖަމަލު
19 May 2020
ބޯޓެއް ގަނެބަލަ. ޝިޕިން ލައިން ފުޅާކުރޭ.
ރަބަރ
18 May 2020
ހެޔޮނުވާނެ ތިވަރުގެ ލޯނެއް ތި ސޮރާއި ހަވާލުކުރަން.ފެންތައްޓަކާއި ނުލައި ތީގެއިން 10 މިލިއަން ޑޮލަރު ދިރުވާލާނެކަން ޔަގީން.
ޖުލާ
18 May 2020
އެސްޓީއޯއިން ރައްޔިތުންނަށް ވިއްކާ މުދަލަށް ބަދަލެއް ނާދޭ. ގެއްލުންވާން ޖެހޭ ސަބަބެއް ނޭގުނު. މިހާރުވެސް އެސްޓީއޯއަށް ކާޑު ހޯދަން ލައްކަ ލާރި ސަރުކާރުން ހަރަދު ކޮށްފި، މިއީ ކިހިނެއް ހިންގާ ކުންފުންޏެއް
ތިރިބެ
18 May 2020
އިކޮނޮމިކުސްގަ ދެފޮޅުވައި ދޭތެރޭގަ ލިޔެފައޮތްގޮއް ކިތައްމެފައިދާވިޔަސް ލޯނުނަގައްޖެހޭނެ ޢޭރުން ވައްކަމާ ވާނުވާނޭގޭގޮތައް ޖީބުތައް ފުރާލެވޭނީ
ދަރަނި ދަންތުރަ
18 May 2020
އަމުރު 3 ދުވަހު ރޯދަވީއްލާއިރަށް ތިޔަހުސްވާނެ އަދިވެސް ޔާމީނު ވާހަކަދައްކާތި
ތިރިބެ
18 May 2020
ފައިދާވައްޏާ ކިޔެއްކުރާލޯނެއްތަ
ނިރު
18 May 2020
އަނެއްކާ އަނެއްލޯން ނެގީ .. ތިނަގާހާ ލޯނަކުން ރައްޔެތު މީހާއަށް ވީ ފައިދާއެއްނެތް .. ދައިންގެ ދަރިންނަށް ދަރާ ވިކުން ފިޔަވާ.. ކަމޭމެން ވެރިކަމުގެ ޓާމް ހަމަވާއިރު ތިހުރިހާ ލޯނެއް ދައްކާ ނިންމަން ޖެހޭނެ.. ތިބުރައެއް ނޫފުލޭނެ ދެން އަންނަ ބަޔަކަށް
އެމީހ
18 May 2020
ލޯނު ނަގާ، ގައުމު ހުސްކޮށްލާ، އަބަދުވެސް ކަންތައް ކުރާގޮތް. ދިވެހިންނަށް ދަސްވާނެ ރަނގަޅު ފިލާވަޅެއް، އެކަމަކު ދަސްކުރިއްޔާ ތާ ފާސްވާނީ.
ބަބުރުލް ސަލީމް
18 May 2020
ފުރަތަމަ ކުއާޓަުގާވެސް ބޮޑު ފައިދާއެއް އެސްޓީއިން ނެގި. ދެން ލޯނުނަގާންޖެހޭބާ؟