ޚަބަރު

އާރްއޯއެލްގެ އިލެކްޓްރޯނިކް ލާނިން ސިސްޓަމްގެ ހިދުމަތަށް ހުޅުވާލައިފި

އާރްއޯއެލްގެ ބިލްޑިން: އޮންލައިންކޮށް ކިޔަވާދެވޭނެ ސިސްޓަމް އެ ކުންފުނިން ތައާރަފްކުރީ ހިލޭ ބޭނުންކުރެވޭނެ ހިދުމަތެއްގެ ގޮތުގައި -- ފޮޓޯ: އާރްއޯއެލް

ގޭގައި ތިބެގެން ޓީޗަރުންނަށް ކިިޔަވައި ދެވޭނެ އޮންލައިން ސިސްޓަމެއް އާރްއޯއެލް އިން ގާއިމްކޮށް، އެ ހިދުމަތަށް ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލާއިފި އެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ތެރެއިން ސްކޫލްތަކާއި ކޮލެޖުތަކާއި ޔުނިވާސިޓީތަކުގައި ކިޔަވައި ދިނުން މެދުކަނޑާލާފައިވާ މި ދުވަސްވަރު ޓީޗަރުންނަށް އަމާޒުކޮށްގެން ތައްޔާރުކުރި "އޮންލައިން ލާނިން މެނޭޖްމެންޓް ސިސްޓަމް" އަށް އާރްއޯއެލްގެ ވެބްސައިޓް މެދުވެރިކޮށް ހުށަހެޅޭނެ އެވެ.

އެ ކުންފުނީގެ ޑިރެކްޓާ އޮފް ކޮމާޝަލް ސާވިސް މުހައްމަދު ޖިނާހު އިބްރާހިމް ވިދާޅުވީ، މިއީ މި ދުވަސްވަރު ދިިމާވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުމަށާއި ސަރުކާރުގެ ގޮވައިލުމަށް ތަރުހީބު ދިނުމުގެ ގޮތުން ތައާރަފްކުރި ހިދުމަތެއް ކަމަށެވެ.

"އަޅުގަނޑުމެން މި އަންނަނީ އެހެން ސާވިސް ޕްރޮވައިޑަރުންނާ ވެސް މަޝްވަރާކުރަމުން މި ސިސްޓަމް ބޭނުންކުރާ މީހުންގެ އިންޓަނެޓް ޕެކޭޖުން ޑޭޓާ ނުކަނޑާ ގޮތައް ހަދައިދޭން،" ޖިނާހު ވިދާޅުވި އެވެ.

ޖިނާހު ވިދާޅުވި ގޮތުގައި، ކިޔަވައި ދިނުމަށް އޮންލައިން ސިސްޓަމެއް ތައާރަފުކުރީ، ދަރިވަރުންނަށް ފަސޭހަކަމާ އެކު ކިޔަވާދެވޭނެ ގޮތެއް މަގުފަހިކޮށްދޭން ކަމަށެވެ. މިއީ އާރްއޯއެލްގެ ޑޭޓާ ސެންޓަރުން ހަދާފައިވާ ސިސްޓަމެއް ކަމަށް ވުމުން، މި ބޭނުންކުރާ އިރު ދަރިވަރުންނާއި ޓީޗަރުންގެ އިންޓަނެޓް ޕެކޭޖުން ޑޭޓާ އެއް ނުކަނޑާނެ ކަމަށެވެ.

"މި ގޮތުން މި ހިދުމަތް އަޅުގަނޑުމެން މި ހުޅުވާލަނީ ހުރިހާ ޔުނިވާސިޓީތަކާއި ކޮލެކްތަކަށާއި ސްކޫލްތަކަށާއި އަދި ޓިއުޝަންދޭ އެންމެހައި ޓީޗަރުންނަށް ހިލޭ ބޭނުންކުރެވޭނެ ސާވިސްއެއްގެ ގޮތުގައި،" ޖިނާހު ވިދާޅުވި އެވެ.

މި ސިސްޓަމް މެދުވެރިކޮށް، ދަރިވަރުންނަށް ކިޔަވައިދޭ ސިލަބަހާ ބެހޭ މައުލޫމާތާއި ފިލާވަޅުތަކުގެ އިތުރުން އެސައިންމެންޓް ހުށަހެޅުން ފަދަ ކަންކަން ކުރެވޭނެ އެވެ. މީގެ އިތުރުން، ވީޑިއޯ ކޯލް މެދުވެރިކޮށް، އޮންލައިންކޮށް ގިނަ ދަރިވަރުންނަށް ކިޔަވައިދެވޭނެ ކަމަށް ވެސް އާރްއޯއެލް އިން ބުނެ އެވެ. ނަމަވެސް މިއީ އެ ކުންފުނީގެ ޑޭޓާ ސެންޓަރުން ހަދާފައިވާ ޕްލެޓްފޯމެއް ކަމަށް ވުމުން، އާރްއޯއެލްގެ ވިއުގާގެ ތެރެއިން އިންޓަނެއްޓަށް ނުގޮސް އެ ބޭނުން ކުރެވޭނެ ކަމަށް އެ ކުންފުނިިން ބުންޏެވެ. އެހެންވެ، އާންމުކޮށް ވީޑިއޯ ކޯލް ކުރާ އިރު ދިމާވާ މައްސަލަތައް ނުޖެހޭނެ ކަމަށް ވެ އެވެ.

ޖިނާހު ވިދާޅުވި ގޮތުގައި، މިއީ ގޫގުލް ކްލާސްރޫމާއި ޒޫމް ފަދަ ޕްލެޓްފޯމްތަކަށް ވުރެ ފަސޭހަ ސިސްޓަމެކެވެ. މި ސިސްޓަމްގައި ހުރި އެންމެ ފާހަގަކުރެވޭ އެއް ކަމަކީ "އައިސޮލޭޓް" ފީޗާއެއް ގާއިމް ހިމަނާފައި ވުމެވެ.

"އައިސޮލޭޝަން ފީޗާ ބޭނުން ކުރުމުން، އެއް ދަރިވަރަކަށް އެހެން ދަރިވަރުން ނުފެންނަ ގޮތް ހެދޭނެ،" ޖިނާހު ވިދާޅުވި އެވެ.

އާރްއޯއެލްގެ މަގްސަދަކީ ތައުލީމުގެ ހިދުމަތް ފޯރުކޮށްދޭ ވީހާ ވެސް ގިނަ ބަޔަކަށް މި ހިދުމަތް ދިނުން ކަމަށް ބުންޏެވެ. އާރްއޯއެލް އަކީ ރާއްޖޭގެ އެތެރޭގެ ނެޓްވޯކްއަކަށް ވާތީ، އެހެން ސާވިސް ޕްރޮވައިޑަރުންގެ ހިދުމަތް ބޭނުންކުރާ މީހުންނަށް ވެސް އިންޓަނެޓަށް ނުގޮސް މި ހިދުމަތް ބޭނުންކުރެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

"އަޅުގަނޑުމެން މި އަންނަނީ އެހެން ސާވިސް ޕްރޮވައިޑަރުންނާ ވެސް މަޝްވަރާ ކުރަމުން މި ސިސްޓަމް ބޭނުންކުރާ މީހުންގެ އިންޓަނެޓް ޕެކޭޖުން ޑޭޓާ ނުކަނޑާ ގޮތައް ހަދައިދޭން،" ޖިނާހު ވިދާޅުވި އެވެ.

މި ޕްލެޓްފޯމް ތައްޔާރުކުރުމަށް ފަހު އާރްއޯއެލް އިން މިދިޔަ މަހު، ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލަށް ހުށަހެޅި އެވެ. މި ސިސްޓަމް ބޭނުންކޮށްގެން އިސްލާމިކް ޔުނިވާސިޓީގެ ދަރިވަރުންނަށް ކިޔަވައިދޭން ވެސް މިދިޔަ މަހު ފެށި އެވެ.

0 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 75%
icon sad icon sad 0%
icon angry icon angry 25%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454